sun magazine 28

ރ20 :ުގަ އ2011 ،ިއަލު ޖ27 ،28 :ުރަބްމަ ނީވްއެރު ކްމާލްސި އެޖްއާ ރ؟ަތ ރަބުރަ؟ ބަތ ޒޭރްބަ ތއަތުލ ވު ސޭޅު ގ އ ޓިސ ވިނު ޔނިރެވްސު ހިއަގޭޖްއާ ރ؟ަތްނުނޭ ބްއެނޫ މިތީ ރ

Upload: sun

Post on 26-Mar-2016

313 views

Category:

Documents


0 download

DESCRIPTION

Sun Magazine 28

TRANSCRIPT

2ރ0 ގު: އަ2011 ،ލައި ޖު27 ،28 :ބަރުނަމް

ރާއްޖެ އިސްލާމް ކުރެއްވީ

ތަބްރޭީޒތަ؟ ބަރުބަީރތަ؟

ޔުނިާވސިީޓާއ ގުޅޭ ސުާވލުތައް!

ރާއްޖޭގައި ހުސްވެރިން!

ރީތި މޫނެއް ބޭނުންތަ؟

އެޑިޓަރުގެ ނޯޓް

އެޑިޓަރު: ސިނާން އަލީ

އެގްޒެކެޓިވް އެޑިޓަރުން:

އަހުމަދު ޒާހިރު )ހިރިގާ(މުހައްމަދު އާމިރު ފަރެސް

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޒު އަހުމަދު މާޖިދު

ލިޔުންތެރިން:

އަބްދުهللا އަޒްމީންއިޔާޒު ނަސީމްފުއާދު ގާސިމްޢަލީ ޚާލިދު

ޢަބްދުهللا ޝިނާން

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު

ކެޮޔނިރު: މުހައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

އުޑުދަށުން: މުހައްމަދު ގާސިމްދިޔަތިކި: އަބްދުهللا ފާރޫގު ހަސަން

ސިއްކަ: ސިއްކަގޭ މުހައްމަދު ނަސީމް ދިޔަވަރު: މުހައްމަދު އާމިރު ފަރެސް

ރަންދެލި: މުންޑޫ އާދަމް ހަލީމްފަންވަތް: އިމާދު ލަތީފުޮކމާޯކޅި: ސިނާން އަލީ

މާކެޓިން:

ސަން އެފްއެމް މާކެޓިން ޓީމް

ކަލަސަޕެރޭޝަން އެންޑް ޕްރިންޓިން: ޮނވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑް

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.

ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެއީމެއިލް:

ވެބްސައިޓް: ޯފނު: 3312747، ފެކްސް: 3343789

[email protected]

އަދަދު: 28 27 ޖުލައި 2011

ސިނާން އަލީއެޑިޓަރު

މިފަހަރު "ސަން" ގެ 28 ވަނަ އަދަދާ މިލައްވައިލީ މިނިވަން ދުވަހާއި މާތްވެގެންވާ ރަމަޟާން މަހާވެސް އެކީ އެވެ. އެހެން ކަމުން ޯރދަމަހުގެ ހެޮޔ އެދުމާއި

މިނިވަން ދުވަހުގެ ތަހުނިޔާ ފަށްފަށްޮކށްލަމެވެ. މިނިވަން ދުވަސް ފާހަގަކުރާއިރު ރާއްޖޭގެ މިނިވަންކަމަށްޓަކައި އެކި ޮގތް

ޮގތުން ޤުރުބާންވި ދިވެހި ދަރިންނާއި މިނިވަންކަމުގެ މަަސައްކަތުގައި ވަގުތު ހޭދަ ކުރެއްވެވި ދިވެހިންގެ ބަތަލުންނަށް ޝުކުރާއި ތައުރީފު ރައްދުކުރަން ޖެހެ އެވެ. މިއީ

ގައުމުގެ ކުރިމަގާ މެދު ވިސްނާ ޚިޔާލު ކުރަން ވީ ދުވަހެވެ.

ދުނިޔޭގެ ޮބޑު ބާރެއްގެ އަތްދަށުން މިނިވަންކަން ޯހދުމުގައި ގިނަ ހުރަސްތަކެއްކުރިމަތިވާނެ އެވެ. ރާއްޖޭގެ

މިނިވަންކަން ގެއްލުނު ޮކންމެ ފަހަރަކުވެސް އަލުން އެ މިނިވަންކަން ޯހދާފައިވަނީ ޮބޑެތި

ޤުރުބާނީތަކެއް ވެގެންނެވެ. އަދި އެންމެ ފަހުން އަޅުގަނޑުމެންނަށް މިނިވަންކަން ލިބުނު އިރު އިނގިރޭސިންގެ އަތްދަށުން ރާއްޖެ

ސަލާމަތްކުރައްވަން މަސައްކަތް ކުރެއްވި ރާއްޖޭގެ ސިޔާސީވެރިންގެ ވިސްނުންފުޅާއި މަސައްކަތްޕުޅު ވެސް ވަރަށް ފުރިހަމަ އެވެ.

އެކަމަކު އެ ހުރިހާ ކަމެއް ވެސް ހިނިތުންވުމެއްގެ ޮގތުގައި ނިމިގެން ދިޔައީ ދިވެހިންގެ ފަރާތުން ވެސް ދެއްކި އެއްބާރުލުމާއި ސިޔާސީ ވިސްނުންފުޅުތަކުގެ ކާމިޔާބާއި

ބާރުންނެވެ. އެއްބައިވަންތަ ކަމުންނެވެ. މިއަދު އަޅުގަނޑުމެން ވިސްނަންވީ ރާއްޖޭގެ ހުރިހާ ކަމެއް އަމާންކަމާއި

ޮއމާންކަމާ އެކު ކުރިއަށް ގެންދާށެވެ. ރާއްޖެ މިހާރު ޯހދާފައިވާ ތަރައްގީ ދެމެހެއްޓުމާއި އިސްލާހުކުރުން ބިނާވެފައި ޮއންނާނީ، ދިވެހިން ބާރުއަޅައިގެން ތިބި ޑިޮމކްރަސީ

ހަރުދަނާ ކުރުމުގެ މަސައްކަތަށެވެ. ގައުމެއްގެ ކުރިއެރުމަށް ވެރިކަމުގެ ނިޒާމް ހަރުދަނާކުރުން ވާނީވަރަށް މުހިންމު މަސައްކަތަކަށެވެ. މިނިވަން ދިވެހިންނަށް އެ މީހުންގ ެތަރައްގީގައި ފައި

ހަމަކުރެވޭ ވަރުގެ ހަރުދަނާކަން މިއަދު ރާއްޖޭގެ ޮކންމެދާއިރާއަކުން ވެސް ފެންނަން އެބަ ޖެހެ އެވެ. ހަމައެހެން ޮކންމެ މީހަކު ވެސް މުޅި ގައުމުގެ ފައިދާއަށާއި

ކުރިއެރުމަށް ޚިޔާލުޮކށް، މަސައްކަތް ކުރަން ޖެހެއެވެ.ދެން ޮއތީ ޯރދަ މަހުގެ ވާހަކަ އެވެ. ވެދިޔަތަން މަރުވީ އެވެ؛ ބަރަކާތްތެރި ޯރދަ މަހަކީ ކުޅިވަރާއި އިސްރާފުގެ މަހަކަށް ނުހަދައި މަހުގެ ފައިދާ ހުރިހާ ޮގތަކުން ވެސް ލިބިގަތުމަށް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހެ އެވެ. އަޒުމު ކަނޑައަޅަން

ޖެހެ އެވެ.މިފަހަރުގެ ނަމްބަރަށް ބަލާއިރު އަޅުގަނޑުމެންގެ ރަހަޔަށް މަޑުމަޑުން

ބަދަލުތަކެއް ގެނުވަމުން އަންނަކަން ފާހަގަ ކުރެއްވޭވަރު ވާނެ އެވެ. ސިޔާސީ ދަނޑަށް މުޅިން ހުސްވުމުގެ ބަދަލުގައި އިލްމީ، ލިޔުންތަކާއި ލުއި މައުލޫމާތާއި ސަމާސާ

ވާހަކަތަކަށް ޖާގަ ދީފައި ވާނެ އެވެ. އަޅުގަނޑުމެން އުންމީދު ކުރަނީ މި ރަހަތަކާއެކު މިފަހަރުގެ އަދަދަކީ މަގޫބުލު އަދަދަކަށް ވެގެންދާނެ ކަމަށެވެ. ކިޔުއްވައިލައްވާ ކަމަށް

ޓަކައި ވަރަށް ޮބޑަށް ޝުކުރިއުޔާ އެވެ.

5

ކުށް ހީ

އަބްދުهللا ފާރޫގު ހަސަންދިޔަ ތިކި

13 މާރޗް 2002 ގައި ހިނގައިފައިވާ ޙާދިޘާއެކެވެ. ޮޑކްޓަރ ޝަމްސުލް އާފާޤު ޚާން ނިއުދިއްލީގެ ކެޓް ޮއފީހަށް އޭނާގެ އަމިއްލަފުޅު

ކަމެއްގައި ވަޑައިގެންނެވިއެވެ. އާދައިގެ މަތީން އޭރު އެ ޮއފީހުގައި ވަރަށް ގިނަ މީހުން ތިއްބެވެ. އެކިއެކި ބޭނުންތަކުގައި ޮގސް ތިބި މީހުން ވެސް

ވަރަށް ގިނައެވެ. ޮޑކްޓަރ ޝަމްސުލް އާފާޤު ކުރިޔަށް ވަޑައިގަތުމަށްޓަކައި ތަން ޯހއްދަވަން މީހެއްގެ ބުރަކަށީގައި މަޑުމަޑުން އަތްޕުޅު ޖައްސަވައިލެއްވިއެވެ.

ތަންޮކޅެއް ދީފާނުޯތ ސުވާލުކުރެއްވިއެވެ. ޮޑކްޓަރ ޝަމްސުލް އާފާޤު އޭނާ ވަޑައިގެންނެވި ކަންތައް ނިންމަވައިފައި ބޭރަށް ނުކުމެވަޑައިގެންނެވި އިރު ޮއފީހުގެ ބޭރު ޮބޑު ޮދރު ކައިރީގައި )ގޭޓް ކައިރީގައި( ދެ މީހަކު ތިއްބެވެ. އޭގެ ތެރެއިން އެކަކީ ޮޑކްޓަރ ޝަމްސުލް އާފާޤު އެތެރެއަށް

ވެދެވަޑައިގަތުމަށްޓަކައި ތަން ޯހއްދަވަން އެމީހެއްގެ ބުރަކަށީގައި އަތްޕުޅުލެއްވި މީހާއެވެ. ދެން ހުރީ

އޭނާގެ އެކުވެރިއެކެވެ. އެދެމީހުންނަކީ ޖާޓު ނަސްލުގެ ދެމީހުންނެވެ.

ޮޑކްޓަރ ނިކުމެވަޑައިގަތުމާއެކު އެމީހާ އެއްޗެހި ޮގވައިގަތެވެ. ވަރަށް ޮބޑަށް ރުޅިއައިސްފައި ހުރެ ހެއްދެވިނުހެއްދެވިއަށް ޮގވިއެވެ. އޭނާ އެންމެ ފަހުން ބުންޏެވެ. "ރާޖެންދުރައެވެ. ކަލޭ ހީޮކށްގެން ތިޔައުޅެނީ ކީކޭ ހެއްޔެވެ؟ އަހަންނަށް ކަލޭގެ ގަޔަށް ބަޑިވެސް ޖެހިދާނެއެވެ." އެހައިތަނަށް ދިޔައިރުވެސް

ޮޑކްޓަރ ޝަމްސުލްއާފާޤު ހުންނެވީ އެއްވެސް ބަސްފުޅެއް ވިދާޅުނުވެއެވެ. އަޅުއްވައިނުލެއްވުމުގެ

ޮގތުންނެވެ. އެމީހާ ރާޖެންދުރަގެ ނަން ބޭނުންކުރުމުން މިއީ ކުށްހީއެއްގެ މުޢާމަލާއެއްކަން އޭނާއަށް ވިސްނިވަޑައިގެންފިއެވެ. ނަމަވެސް އޭނާ

އެއްޗެކޭ ވިދާޅެއް ނުވެއެވެ. އެވަގުތު އޭނާގެ އަރިހުގައި ހުރި މިސްޓަރ އަޯޝކް ކުމާރު އެއްޗެހި ޮގވާ މީހާ ގާތު ވިދާޅުވިއެވެ. "އަޚާއެވެ. ތިޔައުޅެނީ ޮއޅުމެއް އަރައިގެންނެވެ. މިއީ ރާޖެންދުރައެއް ނޫނެވެ. ޮޑކްޓަރ ޝަމްސުލް

އާފާޤު ޚާނެވެ. ސަރުކާރުގެ އެވެނި މަޙްކަމާއެއްގެ އިސް ވެރިޔެކެވެ." އެއްޗެހި ޮގވާ މީހާއަށް އެވާހަކަ ޤަބޫލެއް ނުކުރެވުނެވެ. އޭނާގެ ޚިޔާލީ ރާޖެންދުރައާ ޮޑކްޓަރ ޝަމްސުލް އާފާޤު ޚާން ވައްތަރުވުމުގެ ސަބަބުން ކަމުގައިވެސް

ވެދާނެއެވެ. އޭނާ އެދުމުން ޮޑކްޓަރ ޝަމްސުލް އާފާޤު އޭނާގެ އައިޑެންޓިޓީ ކާޑު ދެއްކެވިއެވެ. ކާޑު ބަލައިލުމާއެކު އެމީހާގެ ރުޅިގަނޑު މައިތިރިވެއްޖެއެވެ. ފުއްޕާ ހަމަކުން ވައި ދޫޮކށްލި ފަދައިންނެވެ. އޭނާ އިސް ދަށަށް ޖަހައިލައިފައި

އެނބުރި ހިނގައްޖެއެވެ. މި ޙާދިޘާގައި ވަރަށް ޮބޑު ފިލާވަޅެއް އެކުލެވިފައި ވެއެވެ. މީހަކު

ކަލާއަށް ނުބައިކަމެއް ޮކށްލާއިރަށް އެމީހަކީ ކަލާގެ ދުޝްމަނެއް ކަމުގައި

ނުބައްލަވާށެވެ. އެހެނީ އޭނާ އެޮގތަށް ޢަމަލުކުރީ ކުށްހީއެއްގެ ސަބަބުން ކަމުގައިވެސް ވެދާނެއެވެ. ކަލާ ހަމަޖެހިވަޑައިގެން އެމީހާއާ މަޑުމައިތިރި

ޮގތުގައި މުޢާމަލާ ކުރައްވައިފިނަމަ ކަލާގެ ޙަޤީޤީ ތަޞްވީރު އޭނާއަށް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އޭނާގެ ޢަމަލުތައް މުޅީން ބަދަލުވުމަކީ އެކަށީގެންވާ

ކަމެކެވެ. ކަޓަރު އަޅާ ވާހަކަ ދައްކާ މީހާ ކަލާޔަށް ފިނިފެންމަލެއް ހަދިޔާކުރުމަކީ ދުރުކަމެއް ނޫނެވެ.

ތަޖުރިބާއިން ސާބިތުވާޮގތުގައި ކެތްތެރިކަން ކުޑަޮކށްލައިފައި މުޢާމަލާކުރުމުން ހޭލަނީ އިންސާނާގެ ނަފްސުއައްމާރާއެވެ. އެއާ ޚިލާފަށް ކެތްތެރިކަމާއި މަޑުމައިތިރިކަމާއެކު މުޢާމަލާކުރުމުން ހޭލަނީ އިންސާނާގެ

ނަފްސުލައްވާމާއެވެ. ނަފްސުއައްމާރާ ހޭލެއްވުމުން އެމީހަކު ކަލާއާ ދުޝްމަނުވެދާނެއެވެ. ނަމަވެސް ނަފްސުލައްވާމާ ހޭލުމުން އެމީހަކު ކަލާގެ

ރަޙުމަތްތެރިއަކަށް ވެދާނެއެވެ. އިންސާނީ ދިރިއުޅުމުގައި ކުށްހީތައް އުފެދޭ ޮގތް ވުމަކީ ޢާއްމު ކަމެކެވެ. ޮކންމެ މީހެއްގެ ހިތުގައި ޮކންމެ މީހަކާ މެދުވެސް ކުށްހީއެއް އުފެދިދާނެއެވެ. ކުށްހީއެއް އުފެދުމަކީ އޭގެ ޒާތުގައި ކުށެއް ނޫނެވެ. ކުށަކީ ކުށްހީއެއް އުފެދޭޮގތް ވުމާއެކު ނުރަނގަޅު

ޮގތަކަށް މުޢާމަލާއެއް ކުރުމެވެ. ކުށްހީއެއް އުފެދިއްޖެނަމަ ހުޅުވިފައިވާ ހިތަކާއެކު އެކަމެއްގެ އެޮކޅުމިޮކޅު

ބަލައިލަން ޖެހޭނެއެވެ. ތިމާގެ ޯހދައިބެލުމުން ތިމާގެ ހިތުގައި އުފެދުނީ ކުށްހީއެއްކަން އެނގިއްޖެނަމަ އެކަމެއް

މުޅީން ހަނދާންނައްތައިލަން ޖެހޭނެއެވެ. އެއްވެސް ބާވަތެއްގެ ހީއެއްގެ މައްޗަށް ބިނާޮކށް

ރަނގަޅަށް ބަލައި ޔަޤީންކުރުމެއް ނެތި އެކަމެއް ފާޅުޮކށް ޢާއްމުކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. ތަޙްޤީޤަކާ ނުލައި

އަނެކަކާމެދު ހެޮޔ ބަހެއް ބުނުމަކީ މަސްއަލައެއް ނޫނެވެ. ނަމަވެސް ރަނގަޅަށް ނުބަލައި ނުބައި ބަހެއް ބުނުމަކީ ކުށެކެވެ. އަރަހުށި މާތްهللاގެ ޙަޟްރަތުގައި މަސްއޫލިއްޔަތު އުފުލަން

ޖެހޭނެ ކަމެކެވެ. އަރަހުށި މާތްهللا ރުހިޮވޑިގެންވާ މުޖުތަމަޢަކީ ދޭދޭމީހުންގެ

ގުޅުންތައް ރަނގަޅު ހީގެ މައްޗަށް ބިނާވެފައިވާ މުޖުތަމަޢެކެވެ. އިތުރު ސާހިބާ ޞައްލަهللا ޢަލައިހި ވަސައްލަމަ އިރްޝާދު ދެއްވައިިފައިވާ ޮގތުގައި މީހެއްގެ

ޢައިބެއް ޮފރުވައިފިނަމަ އެކަލާނގެ ޤިޔާމަތްދުވަހުން އެމީހެއްގެ ޢައިބެއް ވަންހަނާޮކށްދެއްވައެވެ.

އެހެން މީހުނާ މެދު ރަނގަޅުޮގތުގައި މުޢާމަލާ ކުރުމަކީ ޢަމަލީ ދުޢާއެކެވެ. އެމީހަކު ބުނާ ކަހަލައެވެ. ހައްދަވައި ޮބޑުކުރެއްވި ރަސްކަލާޯކއެވެ!

މިއަޅާ އިނބަރަސްކަލާނގެ އަޅަކާމެދު ރަނގަޅު ޮގތުގައި މުޢާމަލާއެއް ޮކށްފީމެވެ. އިނބަރަސްކަލާނގެ މިއަޅާއާ މެދު ރަނގަޅުޮގތުގައި މުޢާމަލާ

ކުރައްވާނދޭވެ! ދުނިޔޭގައިވެސް، އާޚިރަތުގައިވެސް މެއެވެ.

އަރަހުށި މާތްهللا ރުހިޮވޑިގެންވާ މުޖުތަމަޢަކީ ދޭދޭމީހުންގެ ގުޅުންތައް ރަނގަޅު ހީގެ މައްޗަށް ބިނާވެފައިވާ

މުޖުތަމަޢެކެވެ. އިތުރު ސާހިބާ ޞައްލަهللا ޢަލައިހި ވަސައްލަމަ

އިރްޝާދު ދެއްވައިިފައިވާ ޮގތުގައި މީހެއްގެ ޢައިބެއް ޮފރުވައިފިނަމަ އެކަލާނގެ ޤިޔާމަތްދުވަހުން އެމީހެއްގެ ޢައިބެއް

ވަންހަނާޮކށްދެއްވައެވެ.

6

އިބްނުއްނަީފާސއި އޭާނގެ އައްރިާސާލ"އައްރިސާލާ އަލްކާމިލިއްޔާ ފީ ސީރާ އައްނަބަވިއްޔާ" ނުވަތަ

"ތިޮއޯލގަސް ޮއޯޓޑިޑެކްޓަސް" އަކީ އިސްލާމީ ހަޒާރަތުގެ އިލްމީ އުޑުގެ އެންމެ ފާންކަން ގަދަ އެއް ތަރި ކަމުގައި ހިމެނިވަޑައިގެންނެވި އިބްނުއް ނަފީސްގެ

ތަސްނީފެކެވެ. އިބްނުއްނަފީސްގެ ފުރިހަމަ ނަންފުޅަކީ ޢަލާއުއްދީން އަބުލްޙަސަން ޢަލީ ބިން އަބިލްޙަޒްމް އަލްޤަރްޝީ އައްދިމިޝްޤީއެވެ. އޭނާއަކީ ދިމިޝްޤުގެ ބޭފުޅެކެވެ. އުފަން ވެވަޑައިގެންނެވީ ހިޖުރީ ތާރީހުން ކިޔާ ނަމަ 607 ވަނަ އަހަރުގައެވެ. މީލާދީ ތާރީހުން ކިޔާ ނަމަ އެއީ 1213 ވަނަ އަހަރެވެ. އޭނާ އަކީ މަޝްހޫރު ބޭސްވެރިއެކެވެ. ޮބޑު ފިޤުހުވެރިއެކެވެ. ތާރީހާއި، ފަލްސަފާ

އާއި، އަދަބިއްޔާތާއި، އިލްމުލްކަލާމާއި، އެނޫންވެސް އެތައް ދާއިރާއެއްގެ އިލްމު ލިބިވަޑައިގެން ހުންނެވި "ޮޕލިމެތެކެވެ". ދުނިޔޭގެ ތާރީހުގައި ފެނިފައިވާ އިލްމީ

އެއްމެ ވަރުގަދަ އެއް ސިކުނޑިއެވެ. އިބްނުއްނަފީސް ތައުލީމު ހާސިލުކުރެއްވި އެންމެ މުހިއްމު އެއް

ތަނަކީ ދިމިޝްޤުގައި ސުލްޠާން ނޫރުއްދީން ޒަންގީ އުފެއްދެވި މެޑިކަލް ޮކލެޖް، ބީމާރިސްތާނުއް ނޫރެވެ. އިލްމު ހާސިލު ކުރެއްވުމަށް ފަހު އޭނާ މިސުރަށް ވަޑައިގެންނެވިއެވެ. އެއީ މީލާދީން 1236 ވަނަ އަހަރުގައެވެ. މިސުރުގެ

އައްނަސްރީ ހަސްފަތާލާއި އަލްމަންސޫރީ ހަސްފަތާލުގައި މަސައްކަތް ކުރައްވައި، ފަހުން އަލްމަންސޫރީ ހަސްފަތާލުގެ ޮޑކްޓަރުންގެ އިސް ވެރިޔާގެ މަގާމު ވެސް

އަދާ ކުރެއްވިއެވެ. އަވަހާރަ ވީ މީލާދީން 1288 ވަނަ އަހަރުއެވެ. އެއީ ހިޖުރައިން 678 ވަނަ އަހަރެވެ. އަވަހާރަ ވުމުގެ ކުރީން އޭނާގެ ގެޮކޅާއި، ލައިބްރަރީ އާއި، އަމިއްލަފުޅު ކްލިނިކާއި އެތާގެ ހުރިހާ ތަކެއްޗެއް މަންސޫރިއްޔާ ހަސްފަތާލަށް

އަލްއުސްތާޛު އަޙުމަދު މާޖިދު

އެމާ ފޮތުގެ ދުނިޔެއިން

އެމާ ވުޑްހައުސް އަކީ މުއްސަނދި، ރީތި، ޒުވާން އަންހެނެކެވެ. ވިސްނުން ތޫނު މީހެކެވެ. ނަމަވެސް އޭނާގެ މިޒާޖުގައި ޯގސް ސިފަތަކެއް ވެސް ހުރެއެވެ. ބައެއް

ފަހަރު ކިބުރުވެރި ވެވުމާއި މާ ޮބޑަށް އަމިއްލަ ނަފުސުގެ މައްޗަށް ފަހުރުވެރި ވެވުން ފަދަ ސިފަތަކެވެ. ހަޔާތުގައި އޭނާއާ ދިމާވާ ކަންތައްތަކުގެ ތެރޭގައި މި ސިފަތަކުގެ ސަބަބުން

ކުރިމަތިވާ ދެރަ ނަތީޖާތަކާއި މުސީބާތްތައް ވެސް ހިމެނެއެވެ. އެޮގތުން ތަޖުރިބާ ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި އެމާގެ ހަޔާތު ދެމިގެން ދާ ޮގތް ޖޭން ޮއސްޓެން ވިދާޅުވެދެއްވާފައި ވަނީ އޭނާގެ ހާއްސަ ހުނަރުވެރިކަމާ އެކުގައެވެ. މި ވާހަކަ އަކީ ވެސް ޖޭން ޮއސްޓެނަށް

ގުދުރަތުން ދެއްވި ލިޔުންތެރިކަމުގެ ހުނަރުވެރިކަމުގެ ފުރިހަމަ ހެއްކެކެވެ. ވިސްނައިގެން ކިޔާލާ މީހަކަށް، ދުނިޔެއޭ ކިޔުނު އިމްތިހާނާ މެދު ގިނަގުނަ އިބުރަތްތަކެއް ލިއްބައިދޭނޭ ވާހަކައެއް

މެއެވެ. ޖޭން ޮއސްޓެންގެ "އެމާ" އެންމެ ފުރަތަމަ ޝާއިއު ކުރެވުނީ މީލާދީން 1815 ވަނަ އަހަރުގައެވެ. އެ ވާހަކަޔާ ބެހޭޮގތުން ޮއސްޓެން ސަމާސާގެ ރާގުގައި ވިދާޅުވީ "މި

ވާހަކައަކީ އަހަރެން ނޫން އެހެން އެއްވެސް މީހަކު ގަޔާ ނުވާނޭ ބަތަލާއަކު އުޅޭ ވާހަކައެއް" ކަމަށެވެ. ނަމަވެސް "އެމާ" ކިޔާލާ ޮކންމެ މީހަކު ވެސް އެމާ ވުޑްހައުސްއާ އަލްވަދާއު

ކިޔާނީ އުފާވެރި ހިނިތުންވުމަކާ އެކުގައެވެ. މި ބަހުގެ ތެދުކަން ބައްލަވައިލައްވަން ބޭނުންފުޅު ނަމަ "އެމާ" ވިދާޅުވެލައްވާށެވެ.

ހަދިޔާ ކުރެއްވިއެވެ. އިބްނުއްނަފީސްގެ އެންމެ މުހިއްމު ޯހއްދެވުންތަކަކީ އިންސާނީ ހަށިގަނޑުގައި ލޭ ދައުރުވުމާއި، ހިތާއި ފުއްޕާމޭގެ ހަގީގަތާއި، ހަށިގަނޑުގައި ލެޔާއި ޮއކްސިޖަންގެ ހަރަކާތްތައް ހިނގާ ޮގތާ ބެހޭ ޮގތުން އޭނާ ޯހއްދެވި

ޯހއްދެވުންތަކެވެ. މި ދެންނެވި ޯހދުންތަކަކީ ޔޫރަޕުގެ ބޭސްވެރީންގެ ޯހދުންތަކެއް ކަމަށް އެތައް ގަރުނެއް ވަންދެން ޔޫރަޕުގެ އަހުލުވެރީން ދައުވާ ޮކށްފައި ވެއެވެ.

އަދި އެ ޯހދުންތައް ޔޫރަޕުގެ އިލްމުވެރީންނަށް ނިސްބަތް ޮކށްގެން އެތައް ސަތޭކަ ޮފތްތަކެއް ލިޔެ އާއްމު ކުރެވިފައި ވެއެވެ. ނަމަވެސް މިދިޔަ ގަރުނުގެ އިލްމީ ދިރާސާތަކުން ހަގީގަތް ވަނީ ސާބިތު ކުރެވިފައެވެ. 1924 ވަނަ އަހަރު،

ޖަރުމަނުގެ އަލްބަރޓް ލުޑްވިގް ޔުނިވަރުސިޓީގައި އިސްލާމީ ބޭސްވެރިކަމުގެ ތާރީހު ކިޔަވައިވިދާޅުވަމުން ގެންދެވި ބޭފުޅެއް ކަމަށް ވާ މުޙްޔިއްދީން އަލްޠާވީގެ

ޯހއްދެވުންތަކުންނެވެ. އޭނާއަށް ބާރލިންގެ ޕްރަޝިއަން ސްޓޭޓް ލައިބްރަރީ ގައި ޮއތް ޮފތެއް ފެނިވަޑައިގަތީ އިއްތިފާގަކުންނެވެ. އެ ޮފތަކީ އިބްނު ސީނާގެ ބޭސްވެރިކަމުގެ ޮފތުގެ ޝަރަހައެއްގެ ޮގތުގައި އިބްނުއްނަފީސް އެކުލަވާލައްވާފައި

ޮއތް ޮފތެކެވެ. މި ދަންނަވާ ޯހއްދެވުންތަކުގެ ހުރިހާ ތަފްސީލުތަކެއް އިބްނުއްނަފީސް ވަނީ އެޮފތުގައި ހުށަހަޅުއްވާފައެވެ. މިހާރު، ދުނިޔޭގެ އިލްމީ

މަޖިލިސްތަކުގައި އިބްނުއްނަފީސަށް ދޭން ޖެހޭ ހައްގު މަގާމު ދެވިފައި ވިޔަސް، އަޅުގަނޑުމެންގެ ދިވެހި ރާއްޖޭގައި މިހާރު ވެސް ދަރިވަރުންނަށް ކިޔަވައިދެވެނީ

ޔޫރަޕުގެ ޮދގުވެރި ދައުވާތަކަކީ ތެދު ކަމަށް ލިޔެފައި ހުންނަ ޮފތްތަކެވެ.އިބްނުއްނަފީސްގެ އެންމެ މުހިއްމު މަސައްކަތަކީ ބޭސްވެރިކަމުގެ

އަދަބާއި ފަންނު

7

ހިންދުކަރައިގެ ސައުދާގަރަކު ވިޔަފާރިކަމު ބަޣްދާދަށް ދަތުރުޮކށް އުޅުނެވެ. އެޮގތުން އެއްފަހަރަކު ބަޣުދާދަށް ޮގސް އޭނާ ހުރީ މުސާފިރުހާނާއެއްގައެވެ. ރޭގަނޑުގެ ކެއުމަށް މުސާފިރުހާނާއިން ގެނެސްދިނީ ޯރސް ޮކށްފައި ޮއތް ކުކުޅަކާއި ހަ ކުކުޅު

ބިހެވެ. ސައުދާގަރު ކަލޭގެ ފިސާރި ރަނގަޅަށް ނާސްތާ ޮކށްލައިގެން ނިދީއެވެ. ބަނޑުގެ ބުރަހެލިކަމާ އެކު މާ ވަރުގަދަޔަކަށް ނިދިފައި، އޭނާއަށް ހެއިލެވުނީ އަނެއް ދުވަހުގެ

ފަތިސް ވަގުތު ވެސް ފާއިތު ވެދިޔަ ފަހުންނެވެ. އެއިރު އޭނާގެ ގާފިލާގެ އެހެން މީހުން ފުރަނީއެވެ. މުސާފިރުހާނާގެ ވެރިކަލޭގެ ވެސް އެތާކު ނެތެވެ. އެތައް އިރަކު މަޑުޮކށް، އެކި މީހުން ކުރެން އަހައިގެން ވެސް ވެރިކަލޭގެ ހަބަރެއް ނުވިއެވެ. އެހެންކަމުން

ސައުދާގަރު ކަލޭގެ އޭނާގެ ގާފިލާއާ އެކު ފުރައިގެން ދިޔައީ ނާސްތާއަށް އަގު ނުދީއެވެ. ޖެހިގެން އައި އަހަރުވެސް ހިންދީ ސައުދާގަރު ކަލޭގެ އޭނާގެ ގާފިލާއާ

އެކު ބަޣްދާދަށް އައެވެ. މިފަހަރު ވެސް އޭނާ ފެއިބީ ހަމަ އެއްކަލަ މުސާފިރުހާނާއަށެވެ. މުސާފިރުހާނާގެ ވެރިކަލޭގެޔާ ބައްދަލު ޮކށްފައި، ކުރީ އަހަރުގެ ދަތުރުގައި ނާސްތާގެ ފައިސާ ނުދެވުނީ ކީއްވެގެންކަން ޮއޅުން ފިލުވައިދީ، މި ފަހަރު ރޭގަނޑުގެ ނާސްތާގެ ބިލު ހަދާ އިރު ކުރީ ފަހަރުގެ ފައިސާ ވެސް ހިމަނަން އެދުނެވެ. މިޮގތް މަތީން، މުސާފިރުހާނާގެ ވެރިކަލޭގެ އަނެއް ދުވަހުގެ ހެނދުނު ބިލު ހަދައިގެން ގެނައި އިރު

އޭގައި މިފަހަރުގެ ނާސްތާގެ އަގު ކަމަށް ވާ އެއް ދީނާރުގެ އިތުރުން، އެއްހާސް ދީނާރު ލިޔެފައި ޮއތެވެ. އެކަމާ ހިންދީ ސައުދާގަރު ކަލޭގެ ސުވާލު ކުޅައުމުން ވެރިކަލޭގެ ބުނެއްޕެވެ. "ކަލޭގެ މިދިޔަ އަހަރު މި ތަނުން ކުކުޅަކާއި ހަ ބިސް ކެއީމުއެވެ.

އެއަށްފަހު އެއަށް އަގު ނުދީ މިހާރު އެއް އަހަރު ވެއްޖެއެވެ. ވީމާ އެއީ އަގު ދިނުމާ ހަމަޔަށް މަގޭ މުދަލެވެ. އަގު ނުދީ ފާއިތު ވެދިޔަ މުއްދަތުގައި އެ ކުކުޅާއި ބިސްތަކުން ލިބޭ ޮކންމެ އެއްޗެއް ވާނީ މަގޭ ތަކެއްޗަށެވެ. އެ ކުކުޅާއި ބިސްތައް މަގޭ އަތުގައި ހުރި ނަމަ، އެ ބިސްތައް ފީވެ، ފިޮޔއްތަކެއް އައިސް، އެ ފިޮޔއްތައް ޮބޑެތިވެގެން

ކުކުޅަށް ވެ، އެ ކުކުޅުތަކުން އާ ބިސް ލިބި، މިހެން ޮގސް މަށަށް ހާހެއްހައި ދީނާރުގެ ފައިދާ ނެރެވުނީހެވެ. މިކަން ނުކުރެވުނީ ކަލޭގެއަށް އެ ކުކުޅާއި ބިސްތައް ދިނީމައެވެ. ވީމާ ފައިސާ ނުދީ ވެއަތު ވި މުއްދަތުގެ ތެރޭގައި ލިބޭނޭ ފައިދާ ކަލޭގެ މަށަށް ދޭން

ޖެހޭނެއެވެ. އެއީ މަދުވެގެން އެއްހާސް ދީނާރެވެ." ޮކންމެއަކަސް މި މައްސަލަ އަރައިރުމަކަށް ވެއްޖެއެވެ. ބަހުލޫލަށް މިތަނަށް އައުދެވުނީ މި އަރައިރުންގަނޑެއް ހިނގަހިނގައި ޮއއްވައެވެ. އެތަނުގައި ތިބި މީހުން

ބަހުލޫލުގެ ގާތުގައި މައްސަލައިގައި ޮގތެއް ނިންމައިދޭން އެދުނު ހިނދު ބަހުލޫލު "އެބަ އަންނަމޭ" ކިޔާފައި ޮކންމެވެސް ދިމާޔަކަށް ހިނގައްޖެއެވެ. މުސާފިރުހާނާގައި ތިބި

މީހުންތައް ބަހުލޫލުގެ އިންތިޒާރުގައި ތިބީއެވެ. ބަހުލޫލު އެނބުރި އައީ ބައިގަޑިއެއް ހައި އިރު ފަހުންނެވެ. ލަސްވީ ކީއްވެގެންޯތ މުސާފިރުހާނާގެ ވެރިކަލޭގެ ސުވާލު ކުރުމުން ބަހުލޫލު ދިން ޖަވާބަކީ މިއެވެ. "އަހަރެން މިއައީ ޮގދަން މުޑުވައްޮކޅެއް އިންދާފައެވެ.

އިންދުމުގެ ކުރީން މުޑުވައްޮކޅު ކައްކާލީއެވެ. ކައްކާފައި އިންދީމާ، މުޑުވަކުން ފަޅާ ގަހުގެ ސިއްހަތު ރަނގަޅު ވެފައި، ފަޅާ ގަހުގެ މިންވަރު ވެސް އިތުރު ވާނެއެވެ."

ބަހުލޫލު ބުނި އެއްޗެއް އަހައިފައި، މުސާފިރުހާނާގެ ވެރިކަލޭގެ ބުންޏެވެ. "ކަލޭގެ ތިޔަ ދައްކަނީ ޮކންފަދަ ތާކުންތާކު ނުޖެހޭ ވާހަކައެއް ހެއްޔެވެ؟ ކައްކާފައި

ޮއންނަ ޮގދަން މުޑުވަކަކުން ގަހެއް ފަޅާނެ ޮގތަކީ ޮކބައި ހެއްޔެވެ؟" ބަހުލޫލު ބުންޏެވެ. "ކަލޭގެ މިހިރަ ހިންދީ ސައުދާގަރަށް ވިއްކި ކުކުޅު ޮއތީ ކައްކާފައެވެ. އޭނާއަށް ވިއްކި ހަ ބިސް ވެސް ޮއތީ ކައްކާފައެވެ. އެހެން ނޫން

ހެއްޔެވެ؟" ޖަވާބުގައި "އާނއެކޭ، ކައްކާފައޭ" ވެރިކަލޭގެ ބުނީމާ، ބަހުލޫލު އަނެއްކާވެސް ބުންޏެވެ. "ކައްކާފައި ޮއތް ކުކުޅެއް ބިސް އަޅައި، ކައްކާފައި ހުރި ބިސްތަކެއް ފީވެ އެއިން ފިޮޔއް އާލާ ވަންޏާ، ކައްކާފައި ހުންނަ ޮގދަން މުޑުވަކުން ގަސް ނުފަޅަންވީ

ސަބަބަކީ ޮކބައި ހެއްޔެވެ؟"ބަހުލޫލުގެ ސުވާލަށް ދޭނެ ޖަވާބެއް ވެރިކަލޭގެއަކަށް ނޭނގުނެވެ. އޭނާ އިރުޮކޅަކު ހިމޭނުން ހުރެލާފައި، ހިންދީ ކަލޭގެ އަތުން ބޭނުމީ ދެ ދިރުހަމް ކަމަށް

ބުނެފިއެވެ.

ޮރނގުން ތަސްނީފު ކުރެއްވި އެންސައިކްޮލޕީޑިއާއެކެވެ. ނަމަވެސް އޭނާގެ "އައްރިސާލާ އަލްކާމިލިއްޔާ ފީ ސީރާ އައްނަބަވިއްޔާ" އަކީ މުހިއްމުކަން

ވަކީން ކުޑަ ޮފތެއް ނޫނެވެ. ހުޅަނގުގައި އެ ޮފތް މަޝްހޫރު ވެފައި ޮއންނަ ނަމަކީ "ތިޮއޯލގަސް ޮއޯޓޑިޑެކްޓަސް" މިއެވެ. މި ޮފތަކީ ދުނިޔޭގައި ލިޔެވުނު

ފުރަތަމަ ތިޮއޮލޖިކަލް ނާވިލެވެ. ދުނިޔޭގެ ފުރަތަމަ ސައިންސް ފިކްޝަން ނާވިލެވެ. އިބްނުއްނަފީސް މި ނާވިލު ލިޔުއްވާފައި ވަނީ މީލާދީން 1268

ވަނަ އަހަރާއި 1277 ވަނަ އަހަރާ ދެމެދުގައެވެ. "އައްރިސާލާ" ގެ ބަތަލަކީ "ކާމިލް" އެވެ ކިޔުނު ޒުވާނެކެވެ.

އަމިއްލަޔަށް ވިސްނައި ފިކުރު ޮކށްގެން "ޙައްޤު" ޯހދަން މަސައްކަތް ކުރާ ޒުވާނެކެވެ. އިނގިރޭސި ބަހުން ކިޔާ ޮގތުން ނަމަ "ޮއޯޓޑިޑެކްޓް"

އެކެވެ. ވާހަކައިގައި ގެނެސްދެވިފައިވާ ޮގތުން، އޭނާ އަކީ މީހުން ނޫޅޭ ފަޅު ރަށެއްގައި ހުންނަ ޮހހަޅައެއްގައި، ކުއްލިޔަކަށް މައުޖޫދު ވާ އިންސާނެކެވެ. އެ ތަނުގައި އެކަނިމާއެކަނި އުޅެ، އަމިއްލަ ވިސްނުމުން

އޭނާއަށް ވިސްނޭ އެއްޗެއް ވިސްނައިގެން އުޅެނިޮކށް، އޭނާއާ ފުރަތަމަ ދިމާވާ އިންސާނުންނަކީ އެ ރަށުގެ ކައިރީގައި ޮއތް ފަރަކަށް އުރުނު ނަވަކުން

އެ ރަށަށް އަރާ ބައެކެވެ. އެއަށްފަހު ކާމިލް އެމީހުންނާ އެކު އިންސާނުން އުޅޭ ސަރަހައްދަކަށް ދެއެވެ. އަދި އިންސާނީ މުޖުތަމައުގައި އޭނާއާ ދިމާވާ ހާދިސާތަކާއި، އެކަންތައްތަކާ އެކު އޭނާގެ ހަޔާތް ބަދަލުވާ ޮގތް ވާހަކައިން

ފެނިގެން ދެއެވެ. އައްރިސާލާގެ ތެރޭގައި އިބްނުއްނަފީސް ވަނީ ބަޮޔޮލޖީ،

ޮކސްޮމޮލޖީ، އެމްޕިރިސިޒަމް، އެޕިސްޓެޮމޮލޖީ، އެކްސްޕެރިމެންޓޭޝަން، ފިއުޗަޮރޮލޖީ، ނެޗުރަލް ފިޯލސަފީ، ޯސޝިޮއޮލޖީ، ފިޒިޮއޮލޖީ، ސައިޮކޮލޖީ އަދި ޓެލިޮއޮލޖީ ފަދަ އެތައް ދާއިރާއެއްގެ އިލްމު ބޭނުން ކުރައްވާފައެވެ.

ނާވިލުގެ މައިގަނޑު މަގުސަދަކީ އިންސާނީ ބުއްދިޔަށް، "ރީޒަން" ނުވަތަ ވިސްނައި ފިކުރު ކުރުމުގެ ޒަރީއާ އާއި، "ޮލޖިކަލް ތިންކިންގ"

ނުވަތަ މަންތިގީ ވިސްނުމެ ޒަރީއާއިން އިލާހެއް ވާ ކަމާއި، އަދި ކާއިނާތުގެ ޒާތާއި ހަގީގަތާއި މަގުސަދުތަކާ ބެހޭ އަސާސީ ހަގީގަތްތަކާއި، އިންސާނާގެ އަސްލާއި އޭނާގެ ފިތުރަތާ ބެހޭ ޮގތުން އަސާސީ އިލްމުތައް

ޯހދައިގަނެވިދާނެކަން ސާބިތު ކުރެއްވުމެވެ.

ބަހުލޫލުގެ ހުކުމް

"އިބުނު ބިޯތތާ" ލިއެފައި ޮއތްކަމަށް ލަފާކުރެވިދާނެއެވެ. އަހަރެން ދުނިޔޭގެ އެކިހިސާބުގައި ދަތުރުޮކށް ވަރަށްގިނަ ތަފާތު

ގައުމުތަކާއި ރާއްޖެތަކުގެ ވަނަވަރުބަލައި ޯހދާ އެކަންކަމާމެދު ވިސްނާ ފިކުރުޮކށްހެދީމެވެ. އެކި ރަށްރަށުންފެނުނު އެކި ވަކި ތަފާތުކަންކަމާއި

ދޭތެރޭ ހައިރާންވެ އަންތަރީސްވެވި ތަލިންކުޅުހިކޭ ވަރުވެސް ވެފައި އެބަހުއްޓެވެ. އެފާޑުގެ ކަންތައްތަކުގެ ތެރެއިން އެއްކަމަކީ

ވެރިންގެރާއްޖޭން ފެނުނު އާދައާއިތަފާތު އާދަކާދައާއި އެމީހުންގެބައެއް އުސޫލުތަކެވެ.

އަހަރެން އެރާއްޖެޮގސް ހުރީ އެރާއްޖޭރަސްގެފާނުގެ މެހެމާނެއްގެ ޮގތުގައި އެރަސްގެފާނު ގެ ގަނޑުވަރުގައެވެ. ހައެއްކަ

މަސްދުވަހުން އަހަންނަށް އެމީހުންނާއި ވަރަށްއެކުވެރިވެވި އެރާއްޖޭގެ ޅަ އަންހެންކުއްޖަކާ ކައިވެނިކުރުމުގެ ފުރުސަތުވެސް ލިބިއްޖެއެވެ. ރަސްގެފާނު

އަހަންނަށް ކަމޭހިއްތަވާ ވަރުން އެރަށުގެ އެހެންއެއްމެން ވެސް އަހަންނަށް ވަރަށްހެޮއޮކށް ހިތައެވެ. ވުމާއިއެކު އަހަރެންނަށް އެއްވެސް

ކަމެއް ދައްޗެއްނުވެއެވެ. ވަންނަންބޭނުންވާ ހުރިހާތާކަށް ވަދެވެއެވެ. ބަލަންބޭނުންވާ ހުރިހާ ތަނަކާއި އެއްޗެއް ބަލާހެދުމުގެ ފުރިހަމަ

މިނިވަންކަން ޮއންނަނީ ލިބިފައެވެ. ވެރިކަމުގެ ފަރާތުންނާއި ވެރިންގެ ފަރާތުން ޮއންނަނީ ހުއްދަ ދީފައެވެ.

އެރާއްޖޭގެ ނަމުގައި އަހަންނަށް އަޅައިގަނެވުނީ އެއްދުވަހަކު އަހަރެންއަންހެނުން ބުނި ވާހަކައަކާ ގުޅިގެންނެވެ. އެދުވަހު

މަސައްކަތްތައް ނިންމާލާފައި އައިސް ގެއަށްވަދެ ފެންވަރާލާނަމޭ ހިތާ ގިފިލި ތައްޔާރުޮކށްލަން އަހަރެން އޭނަގާތު ބުނީމެވެ. ހީލާފައި އަންހެނުން

ބުނެލީ ވަރަށް ވަރުބަލި ކަމަށާއި އޭނާއެކަމަށް އުޒުރުވެރިވާ ކަމުގައެވެ. ކީއްވެގެންޯތ ބަލީޯތ އަހާލުމުން އޭނާބުނީ " އޭނާއަކީ ޙައިޟުވެރިއެއް"

ކަމުގައެވެ. އެކަމާއިގުޅިގެން ލޭމަދުވެ ވަރުބަލިވުމަކީ އޭނާއަށް ޮކންމެފަހަރަކު ވެސް ވާޮގތެއްކަމުގައި ބުނެ އިތުރަށް ޮއޅުން ފިލުވައިދިނެވެ.

އެވަގުތު އެދެކެވުނު ވާހަކަތަކުގައި "ވެރިއެއް" ދެފަހަރަކު ބޭނުންކުރުމާއި އެރާއްޖޭގެ ނަމަކީވެސް ވެރިންގެރާއްޖެ ކަމުގައި ވާތީ އަހަރެން އެކަން

ޮއޅުންފިލުވާހިތް ވީއެވެ. އެރަށުގެ ކަމުޮވށިމުސްކުޅިއަކާ ބައްދަލުޮކށް އެވާހަކަ އަހާލީމެވެ.

އެބޭބެ ފިސާރިގަޔާވެގެން އިނދެ އެސުވާލުގެ ޖަވާބުދިނެވެ. އަޑުއަހަން އިނދެފައި އަހަންނަށް ހަމަބާރަށް ހީ ގަނެވުނެވެ. އަދި ވެރިންގެރާއްޖެ

ކަނީރު އަބްދުއް ރަހީމް

8

އޭ ކިއަނީ ހަމަ ރަނގަޅަށް ކަމުގައި ގަބޫލުކުރީމެވެ. ދެގަޑިއެއްހާއިރު ވަންދެން އެބޭބެ ކިއާދިން ވާހަކަތަކުން މިހާރު ހަނދާންހުރި ބައި ލިއެލެވޭޯތ ބަލާނަމެވެ.

އެބޭބެ ބުނެދިނެވެ. މިރާއްޖޭގައި ވެރިއަކަށްނުވާ ހަމަ އެކަކުވެސް ނުއުޅޭނެއެވެ. އެންމެ ފުރަތަމަ ވަކި ވަކި މަސައްކަތްތައް ކުރާ މީހުންނަށް ބަލައިލަމާ ހިނގާށެވެ. ކިތަންމެ ނިކަމެތި ދެރަ ފަގީރު މީހަކަސް ނުވަތަ

ހަށިގަނޑުން ޮބޑުބިޔަ ވަރުގަދަ އަދި ފައިސާހުރި ޮމޅުމީހަކަށް ވެރިއަކަށްވުމުގައި ތަފާތެއް ޯނވެއެވެ.

ދަނގަޑު ގަނޑެއް ޮދންޮކށްފައި ކިރުނެއްގެ މަތީގައި ބާއްވާ މަރުތޭލައަކުން ޖަހާލައިފިއްޔާ އެމީހަކަށް ކަނބުރުވެރިއެއް ގެ ނަންދެވެއެވެ.

މަސްޯދންޏަކަށް ދުވަހަކު ނޭރިއަސް އެއްގަމުގައި ހުރެ މޫދަށް ކަންވާރުފަށެއްގައި ބުޅިއެއްލާފައި އެއްލައިގެންހުއްޓަސް މަސްވެރިއެއް ކަމުގައި ވެވިދާނެއެވެ. ދެމީހަކު

ގާތު ދީނާއި ބެހޭޮގތުން ދެފަހަރަކު ވާހަކައެއް ދައްކާލުމުން އިލްމުވެރިއެއް ކަމުގައި ބަލައިގަނެވެއެވެ. ކުޑަކުއްޖަކު ޮގވައިގެން މަދަރުސާ ޮދށަށް އެއްމެ

ވެރިންގެ ާރއްޖެ! "އެވާޮގތަކީ ޮކންމެ އަންހެނަކަށް ޙައިޟުވެރިކަން ދޭންޖެހޭ ކަމާއި

ކައިވަނިޮކށް ނުކެރި އިނދެ ވިހައިފިނަމަ ނިފާސްވެރިކަން ވެސް ދޭން ފާޑަކަށް މަޖުބޫރު ވާތީ ދެނީ

9

ފަހަރަކު ޮގސްގެން ބެލެނިވެރިއެއް ގެ ނަންލިބިދާނެއެވެ. މިޮގތަށް މާގިނަ ތަފުސީލު ތަކެއް އެބޭބެ ހަނދާނެއް ނެތޭ ބުންޏެވެ. އެކަމަކު

އެރާއްޖޭގައި ކުރިން އުޅުނު ވެރިންގެ ނަންތަކެއް ކިއާދިނެވެ. އިރުތަވެރިން، ކާރުދަވެރިން، ކަންވެރިން، ބެހެނިވެރިން، އަވަށުވެރިން،

ރަށްވެރިން، ބިންވެރިން، ތިލޭރުވެރިން، ފާރަވެރިން، ގާރީވެރިން،

ޮގއެވެރިން، ފަރުވެރިން، ބެރުވެރިން، ދުންމާރިވެރިން، ދާރަވެރިން، ބޭސްވެރިން، އަޅުވެރިން، ރާވެރިން، މިއީ އެހެންކުއްލިއަކަށް ކިއާލަދެވޭނެ ނަންތަކޭ ބުންޏެވެ. ފަޚުރުވެރިން، ޝަރަފުވެރިން ވެސް ވަރަށް ގިނައިން އޭރު އުޅުނު ކަމުގައި ބުނެފައި މިހާރު އެބައި މިދަނީ މަދުވަމުން ނޭ

ބުންޏެވެ. މަދުމަދުން މިހާރުވެސް އުޅޭކަމުގައި ކިއާދިނީ ފަންޑިތަވެރިން، ސިހުރުވެރިން، ފައިސާވެރިން، އަދި ފަޅުވެރިން، ޮއޑިވެރިން، ތެދުވެރިން،

ދަނޑުވެރިން، ވާރުތަވެރިން، ލަދުވެރިން، ޯރދަވެރިން، ހައްޖުވެރިން، ހަސަދަވެރިން، އެކުވެރިން، ދެޮކޅުވެރިން، ގެ ވާހަކައެވެ.

އަހަރެން އަހާލީމެވެ. ވެރިންގެރާއްޖެ އޭ މިކިއަނީ ހަމަކިއަންވެގެން ޯދއެވެ. މިހެންބުނެ ރަނގަޅަށް ނުނިމެނީސް އެބޭބެ ހީލާފައި އަދި އިތުރު ތަފުސީލު ދޭން ފެށިއެވެ. ފިސާރި ގަޔާވެލާފައި ބުނެލީ މިރާއްޖޭގައި ޮބޑުވެ

ފުރާވަރުވެފައި ހަމައެކަކުވެސް ވެރިއެއްނޫނީ ނުހުންނާނެ ކަމަށެވެ. ހައިރާންވެފައި އެއީ ކިހިނެއްޯތ އަހާ ލެވުނީ އަޖައިބު ވެވިގެނެވެ. އެސުވާލުގެ ޖަވާބު ދިނުމުގެ

ކުރީގައި އެބޭބެ އަނެއްކާވެސް ވާހަކަފެށިއެވެ. މިހާރު މިރާއްޖެއަށް ބޭރުން އަންނަ މީހުންނަށް ވެސް އެގެންދަނީ ވެރިކަން ދެމުންނެވެ. އެކަހަލަ މީހުންނަށް

ވަކިން އާ ވެރިކަމެއް އެ ދެނީ އެވެ. ފަތުރުވެރިއެއް ކަމެވެ. އެހެންބުނެފައި ކުޑައިޮކށް އިސް އުފުލާލާ މަތިހަށި ނަގަމުން ދެން އަހަރެންގެ ސުވާލަށް ޖަވާބު

ދޭން ފެށިއެވެ. " އެވާޮގތަކީ ޮކންމެ އަންހެނަކަށް ޙައިޟުވެރިކަން ދޭންޖެހޭ ކަމާއި ކައިވަނިޮކށް ނުކެރި އިނދެ ވިހައިފިނަމަ ނިފާސްވެރިކަން ވެސް ދޭން

ފާޑަކަށް މަޖުބޫރު ވާތީ ދެނީ " އޭ ބުންޏެވެ. އަދި މިރާއްޖޭގައި އަންހެނުންނާއި ފިރިހެނުން ވެސް ވެރިއަކަށް ވާން ބޭނުންވާތީ ޮބޑުވުމަށް ފަހު ދެންތިބޭނީ

އަންހެންވެރިންނާއި ފިރިހެންވެރިންނޭ އެމީހުންއަމިއްލައަށް ވެސް ކިއާނެ ކަމުގައި ބުންޏެވެ. އަދި އެކަކަށް ގިނަ ވެރިކަން ލިބުމަކީ ނުވަތަ ހަވާލުކުރުމަކީ

އަންޒަމާނުއްސުރެ މިރާއްޖޭގެ އާދައެކޭ ބުނެފައި އެބޭބެ އޭނާއަށް ލިބިފައި ހުރި ވެރިކަންތަކުގެ ލިސްޓެއް ކިއާލިއެވެ.

" އަހަންނަކީ ވެސް ވަރަށް ގިނަ ވެރިކަން ޮކށް، މިހާރު މިއުމުރުގައި ވެސް ބައެއް ވެރިކަންކުރާ މީހެއް. އޭރު ރުއްއެރިން، ރާވެރިއެއް. މަހަށްޮގސް އުޅުނިން، މަސްވެރިއެއް. ކަނބުރުގޭގައި ވެސް ކުދި ކުދި ބައެއްމަސައްކަތް ކުރިން، ކަނބުރުވެރިއެއް. މަހަށްދިއައިން ޯދނީގައި، ފަޅުވެރިއެއް. ކުޑައިޮކށް

އިސްތިރި ފަންޑިތަ ހަދާލައިއުޅުނިން، ފަންޑިތަވެރިއެއް. މަގޭ ޮބޑުބޭ ގެ ވާރުތަމުދަލުން މަށަށް ބައިލިބުނު، ވާރުތަވެރިއެއް. މަ އިނދެގެން

މިއުޅޭ މަރިޔަން ކުރިން އިންމީހާ އާއި މަށާވަރަށް ގުޖަޑު ޖެހުނު، އެހެންވީމާ ހަސަދަވެރިއެއް. ދެޮކޅުވެރިއެއް. ޮބޑުބޭގެ މަސްޯދނި ލިބުނީ މަށަށް،

ޮއޑިވެރިއެއް. ދެން ވަރަށްގިނަމީހުންނާ މަށާ ގުޅުން ޮއންނާނެ، އެކުވެރިއެއް. ދެން މިހެންޮގސް އޭރު ވަރަށް ގިނަ ވެރިކަން ލިބިފަޮއތީ މަށަށްވެސް." އެބޭބެ މިހެންބުނީމާ މިހާރު ބޭބެއަށް އެއްވެސް ވެރިކަމެއް ނެތީޯތ އަހާލީމެވެ. އެއީ ހަމަ

އެބޭބެ ބުނަނީ ކީކޭޯތ ބަލައިލަންވެގެން ނެވެ. " ނާ! ކުޑަކުދިންފިއަވައި ސަލާމަތުން ހުންނަ ޮކންމެ އިންސާނަކަށް ވެސް އެއްމެ އާއްމުޮކށް ލިބޭ ވެރިކަން އަދި މަށަށްވެސް އެބަލިބޭ. " އަހަރެން ނިތްއަރުވާލާފައި ނޭނގުނު ކަމުގެ އިޝާރާތް ޮބލުން ޮކށްލީ ހަގީގަތުގައި ވެސް ހަމަ ނޭނގިގެންނެވެ. އެބޭބެ ހީގެންފައި ބުންޏެވެ. އެއީ ފެންވެރުމާއި ގުޅިގެން

ލިބި ބީވާ ވެރިކަމެވެ.

ވެރިންގެ ާރއްޖެ! "އަހަންނަކީ ވެސް ވަރަށް ގިނަ ވެރިކަން ޮކށް،

މިހާރު މިއުމުރުގައި ވެސް ބައެއް ވެރިކަންކުރާ މީހެއް.

އޭރު ރުއްއެރިން، ރާވެރިއެއް. މަހަށްޮގސް އުޅުނިން،

މަސްވެރިއެއް. ކަނބުރުގޭގައި ވެސް ކުދި ކުދި

ބައެއްމަސައްކަތް ކުރިން، ކަނބުރުވެރިއެއް.

10

ީޑާއރްީޕގެ އެެތެރޭގެ ކޯޅުން ނިމޭީނ ާއންމު މެންބަރުންގެ ކޮޅަށް!

ރާއްޖޭގައި ޮއތް އެންމެ ޮބޑު އިދިޮކޅު ސިޔާސީ ޕާޓީ މިއަދު މިވަނީ ބައިބައިވެ ޮފތިޮފތި ވެފައެވެ. ޒައީމް މައުމޫނުގެ ފެކްޝަނުން

އެއްބަޔަކު ލީޑަރ ތަސްމީނާއި ދެޮކޅަށް ހަރަކާތްތައް ހިންގަނީއެވެ. ހަމަ އެޮގތަށް ލީޑަރ ތަސްމީނުގެ ފެކްޝަނުން ޒައީމް މައުމޫނާއި ދެޮކޅަށް

ހަރަކާތްތައް ހިންގައެވެ. ދެފަރާތުގެ ޯކޅުން ޮބޑުވެ ދުވަހެއް ދުވަހަކަށް ވުރެ

ދެފެކްޝަނުގެ މެދުގައި ދަނީ އަދާވަތްތެރިކަން އިތުރުވަމުންނެވެ.އެހެންނަމަވެސް ސިޔާސީ މައިދާނުގައި ކަމެއް ވަކި ޮގތަކަށް ނުވާނެއޭ ބުނެ "ކަށަވަރު" ކުރެވޭނެ ޖާގައަކީ ވަރަށް ހަނި ޖާގައެކެވެ. އެހެންކަމުން ޒައީމް ފެކްޝަނާއި ތަސްމީނު ފެކްޝަން ގުޅިގެން އިހު ޮއތްފަދަ ބަދަހި ޑީއާރުޕީއެއް ފެނުމަކީ ނުވާނެކަމެއް ކަމަށް ބުނެވޭކަށް ނެތެވެ. އެހެންނަމަ ޒައީމް މައުމޫނު

ދޫކުރައްވާ ތަސްމީނެއް ނުދިޔައީހެވެ. މަޖިލިހުގެ ރައީސް ޝާހިދުވެސް ނުދިޔައީހެވެ. އަދި ޒައީމް މައުމޫނު ލީޑަރ ތަސްމީނަށް ދެއްވި ތާއީދު

އަނބުރާ ނުވެސް ގެންދެވީހެވެ. އަދި "ތަބަކަކަށް ލައްވާފައި" ލީޑަރުކަން ދެއްވީމަ ވާނެޮގތް މިޮއތީ ވެފައިކަމަށް ޒައީމް މައުމޫނު ވެސް ވިދާޅެއް

ނުވީހެވެ. މިއަދު ސިޔާސީ މައިދާނުން މިފެންނަ ކަންކަން އަޅުގަޑުމެންގެ ޯލމަތިން މިފެންނަމުންދާޮގތަށް ތަމްސީލުވާނެކަމަށް ބެލެވުނީ ކާކަށް ޯތއެވެ. ނަމަވެސް މިކަންތައް މިދަނީ ފެންނަމުންނެވެ. ތަޖްރިބާ ކުރެވެމުންނެވެ. ވިސްނާ ފިކުރު ކުރާ ބަޔަކަށް އެތަކެއް ފިލާވަޅުތަކެއް ބުނެދެމުންނެވެ.

ޒައީމް މައުމޫނު ފެކްޝަނުން ވަކާލާތު ކުރާ ކަންތައްތައް ވަރަށް ސާފެވެ.

އެފަރާތުގެ ވާހަކައަކީ ޕާޓީގެ ރިޔާސީ ޓިކެޓް "ޔަގީންވާނީ" ޕާޓީ ތެރޭ ހުޅުވާލާ ޕްރައިމަރީއަކުން ކަމަށެވެ. އެޕްރައިމަރީ ކާމިޔާބު ކުރާ ބޭފުޅެކެވެ. އެނޫން އެއްވެސް

ޮގތަކަށް ޕާޓީގެ ރިޔާސީ ޓިކެޓް އެއްވެސް މީހަކަށް ލިބިގެން ނުވާނެކަމަށެވެ. ލީޑަރ ތަސްމީނު ފެކްޝަނުން ވަކާލާތު ކުރަނީ ޕާޓީގެ ހުރިހާ

މެންބަރުންވެސް ތަބާވާން ޖެހޭ، ގަބޫލްކުރަން ޖެހޭ އެންމެ މުހިއްމު އަސާސަކީ އަސާސީ ގަވައިދުކަމަށެވެ. އަދި ތަސްމީނަށް ޕަޓީގެ ލީޑަރުކަމާއި

ރިޔާސީ ޓިކެޓް ކަށަވަރުވެފައިވަނީ އެ އަސާސާއި އެއްޮގތްވާ ޮގތުގެ މަތިން ކަމަށެވެ. އަދި ޕާޓީގެ

މެންބަރުން އެ އަސާސާ ހިލާފު ނުވުމަށް އެފަރާތުން ދަނީ

ވަކާލާތުކުރަމުންނެވެ.ދެފަރާތުގެ މައިގަނޑު

ހިޔާލު ތަފާތުވުން ބިނާވެފައިވަނީ މިއަސްލުގެ މައްޗަށެވެ.

އެހެންކަމުން މި މައްސަލައަށް ހައްލެއް އަންނާނީ ޮކންމެވެސް އެއްފަރާތަކުން ދޫދީގެންނެވެ.

ދޫދިނުމުގެ ހިތްވަރު ޮކންމެވެސް އެއްފަރާތެއްގެ ކިބާގައި ހުރެގެންނެވެ.

މަންޒަރު ފެންނަ ޮގތުން ޒައީމް މައުމޫނުވެސް އަދި ލީޑަރ ތަސްމީނުވެސް ގެންގުޅުއްވަނީ ޑިޕްޮލމަސީގެ އުސޫލުތަކެވެ. ހާލަތު މެދުވެރިކުރާ ޮގތަކުން އެއްބޭފުޅަކު އަނެއް ބޭފުޅަކާ އެކު މަސައްކަތް ނުކުރެވޭނެ ދަރަޖައަކަށް ދެބޭފުޅުންގެ ޯކޅުން އާންމުވެފައެއް ނެތެވެ. ބޭރަށް އާންމުނަށް ފެނިފައެއް ނެތެވެ. ޒައީމް މައުމޫނު ވިދާޅުވާއެއްޗެއް ވިދާޅުވަމުން ގެންދަވާފައި ވަނީ މައްސަލައިގެ އަސްލުގެ މައްޗަށް ބިނާ ކުރައްވައެވެ. އަދި ލީޑަރ ތަސްމީނުގެ ބަސްފުޅުތައް ބިނާވެފައި ހުންނަނީވެސް މިއަސްލުގެ މައްޗަށެވެ. އަޅުގަޑުމެނަށް މަޖިލިހުގައި

މިފެންނަހެން އެއްބޭފުޅެއް، އަނެއް ބޭފުޅެއްގެ އަމިއްލަ ޒާތީ ކަންކަމުގެ ވާހަކަތައް ޮގވާ ނަހައްދަވައެވެ. އެހެންކަމުން މިކަމުން އެންގޭ އެއްކަމަކީ އެހާލަތު

މެދުވެރިވެއްޖެނަމަ ދެފަރާތުން ކުރެ ޮކންމެ ފަރާތެއްވެސް އެކުގައި މަސައްކަތް ކުރުމުގެ "ސްޕޭސް" ބޭއްވުންކަމުގައި ފެނެއެވެ.

ރާއްޖެގެ ސިޔާސީ މަސްރަހު ގާތުން ބައްލަވާ ބައެއް ބޭފުޅުން ވިދާޅުވެއެވެ. އަދި ޒައީމް މައުމޫނު ތަސްމީނަށް ތާއީދު ކުރައްވާނެއެވެ. ޒައީމް

އަބްދުهللا ޝިާނން

11

ީޑާއރްީޕގެ އެެތެރޭގެ ކޯޅުން ނިމޭީނ ާއންމު މެންބަރުންގެ ކޮޅަށް!

މައުމޫނު ތަސްމީނުގެ އަތްޕުޅުގައި ހިފާ ހިއްލަވާލާ މަންޒާރު 2013 ގެ އިންތިހާބުގެ ދުވަސްވަރު ފެންނާނެއެވެ. އެކަމަކު އެބޭފުޅުން އެހެން އެބުނުއްވަނީ

ޮކން އަސްލަކަށް ބިނާ ކުރައްވައި ކަމެއް ނޭގެއެވެ. ނުވަތަ ޮކންއެއްޗެއް އެބޭފުޅުންނަށް ފެންނާތީކަމެއްވެސް ނޭގެއެވެ. ހަމަ މިމޭރުމުން ޑިއާރުޕީތެރޭ ހިމެނޭ

ތަސްމީނަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުން ވާހަކަ ދައްކަވަމުންގެންދަވައެވެ. މި ވާހަކައަށް ބަލާއިރު އެކަން ވެދާނެ ދެޮގތެއް އެބަޮއތެވެ. އެއްޮގތަކީ ލީޑަރ ތަސްމީނުގެ މަގްބޫލުކަން މިހާރަށް ވުރެ އެތައް ދަރަޖައަކަށް އިތުރުވުމެވެ. އަދި އޭގެ ނަތީޖާ ޯލމައްޗަށް ފެނުމެވެ. އެނަތީޖާއަކަށް ވާންވާނީ ލީޑަރ ތަސްމީނު

ޑީއާރޕީގެ ޖަލްސާއަކަށް ޮގވާލުމުން އެއްވާ މެންބަރުންގެ އަދަދެވެ. އެ އަދަދު މިހާރު މިފެންނަ ޮގތަށް 300 އެއްހާ މެންބަރުންނާއި 500 އެއްހާ މެންބަރުންނާއި

ދެމެދު އަދަދެއްގާ އުޅޭ ނަމަ ޒައީމް މައުމޫނު ނިސްބަތްވާ ޒެޑް-ފެކްޝަނުން، ތަސްމީނާއި އަތުގުޅާލައްވަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

ދެވަނަ ޮގތަކީ ޕާޓީތެރޭ ހުރިހާ މެންބަރުންނަށް ޯވޓުލެވޭ، ހަމަ ހަމަ ފުރުސަތު ޮއންނަޮގތަށް ހުޅުވާލެވޭ ޕްރައިމަރީއެއް ބޭއްވުމެވެ. އަދި އެޕްރައިމަރީގައި ވާދަޮކށް ކާމިޔާބު ކުރުމެވެ. އެހެން ވެއްޖެނަމަ އެބޭފުޅަކަށް ޒައީމްގެ ތާއިދު ޮއންނަ އުސޫލުން ތަސްމީނަށް އެތާއީދު ދެއްވާނެކަމަށް ބެލެވެއެވެ. އަދި އެފަދަ ވާދަވެރި ޕްރައިމަރީއެއް ތަސްމީނު ކާމިޔާބު ކުރައްވައިފިނަމަ ޒެޑް-ފެކްޝަނުން އެދައްކަވާ

ވާހަކައަށް ނިމުމެއް އަންނާނެއެވެ. ދެން އެހެން ޮގތެއް އެބަޮއތެވެ. އެއީ ޒައީމް ގެ ޮބލުގައި

ބަޑިޖައްސަވައިގެން އެމަނިކުފާނުގެ ތާއީދު ޯހއްދެވުމެވެ. ޒެޑް.ޑިއާރުޕީގެ ގިނަ ސަޯޕޓަރުން މިއަދު ތުހުމަތު

ކުރާ ޮގތުގައި ތަސްމީނު ޕާޓީގެ ލީޑަރޝިޕްވެސް ޯހއްދެވީ

އެޮގތަށެވެ. އެއީ އޭރު މަޖިލިހުގެ ތަޅުމަށް ހުށައަޅުއްވަން ޮއތް

މިހާރު ގާނޫނަކަށް ވެފައި ޮއތް ކުރީގެ ރައީސުންނަށް ލިބިދޭ އިނާޔަތާއި ސަލާމަތާއި ބެހޭ ބިލު އަސްލެއްގެ ޮގތުގައި

ބޭނުންކުރައްވައިގެން ކަމަށެވެ. އަދި މިކަމުގައި މޭސްތިރިޔަކަށް ހުންނެވީ ރައްޔިތުންގެ މަޖިލިހުގެ

ރައީސް އަދި ރައީސް މައުމޫނުގެ ކުރީގެ އެގްޒެކެޓިވް

ސެކެޓްރީކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އަބްދުهللا

ޝަހީދުކަމަށް އެފަރާތްތަކުން ތުހުމަތުކުރައްވައެވެ.އެހެންނަމަވެސް ބައެއްފަރާތްތަކުން ތުހުމަތު ކުރައްވާފަދަ ބިރެއް ދައްކުވައިގެން ޒައީމް އާއި ޒެޑް ޑީއާރުޕީ އަނބުރާ ލެވިދާނެކަމަށް ގަބޫލެއް

ނުކުރެވެއެވެ. އަދި މިފެންނަޮގތަށް ޕާޓީގެ އާންމު މެންބަރުން ތިބިއްޔާ ޒައީމް މައުމުނުގެ ޒެޑް.ފެކްޝަން އެހެން ދިމާއަކަށް ދީލާލަން ޖެހޭސަބަބެއް

ނެތެވެ. އެކަމަކު އެހެން ފަރާތްތަކުން އެދިމާއަށް މިސްރާބު ޖަހާތަން މިދަނީ ފެންނަމުންނެވެ. ސުވާލަކީ ލީޑަރ ތަސްމީނު އެދިމާއަށް މިސްރާބު ބަދަލުޮކށް ޑީއާރުޕީ ބަދަހި ޑިއާރުޕީއެއްގެ ޮގތުގައި ދެއްކުމުގެ ލީޑަރޝިޕް

ދެއްކެވިދާނެހެއްޔެވެ.ބަދަހި ޑީއާރުޕީއެއް ދެއްކުން މައިގަޑު ބިނާވެފައި ޮއންނާނީ ޕާޓީގެ

މެންބަރުންގެ އަދަދަށެވެ. އެ އަދަދު ގިނަކަމަށް ދައްކުވާނަމަ އެޕާޓީއެއްގެ ބާރާއި ފަންވަރު ފެނިގެންދާނެއެވެ. އަދި އެފަދަ ބައެއްގެ މައްޗަށް އެހެން މީހުން

ލެނބޭޮގތް ވާނެއެވެ. ނަމަވެސް ތަސްމީނު ފެކްޝަނަށް ބަލާއިރު އެކަން އެޮގތަށް ކުރެއްވުމަށް ވުރެ ޮބޑަށް ނުކުރެއްވުން ގާތެވެ. އެއީ ވޭތިވެ ދިޔަ ދުވަސްތަކުގައި

އަޅުގަޑުމެނަށް ތަސްމީނު ފެކްޝަންގެ އެއްވުންތައް ފެނުނީ ވަރަށް ނިކަމެތި ޮގތަކަށެވެ. ސަބުބު ވަރަށް ސާފެވެ. ވަރަށް ހާމަކަން

ޮބޑުޮގތެއްގައި އެބަ ފެނެއެވެ. ޑީއާރުޕީގެ އާންމު މެންބަރުންގެ ތާއީދު ކުޑަވުމެވެ. ތާއީދު ދަށްވުމެވެ. މެންބަރުންގެ މެދުގައި ތަސްމީނު

ފެކްޝަން މަގްބޫލު ނުވުމެވެ.އެހެންކަމުން ބަދަހި ޑީއާރުޕީއެއްގެ ޮގތުގައި ޑީއާރުޕީ 2013 ގެ އިންތިހާބުގައި ފެންނަން ބޭނުންނަނަމަ ޒެޑް ޑިއާރުޕީގެ ތާއީދާނުލާ ތަސްމީނު ފެކްޝަނަށް އެކަނި އެކަން ކުރެވިދާނެކަމަށް

ގަބޫލުކުރުމަކީ ޮމޔަކަމެކެވެ. އަދި ތަސްމީނު ފެކްޝަނާއި ޑރ.ހަސަން ސައީދާ ދެބޭފުޅުން ނުކުންނަވައި އިންތިހާބު ކާމިޔާބު

ކުރެވިދާނެކަމަށް ބެލުމަކީ ވަކީން ޮމޔަ ކަމެކެވެ. ޒެޑް ޑީއާރުޕީގެ ބާރަކީ އާންމު މެންބަރުންގެ ތާއީދެވެ.

އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތް މި "ބައިގަނޑުގެ" ޮގވާލުމަށް އެތައްސަތޭކަ ބަޔަކު އެއްވުމުން ހަގީގަތުގައި ރައްޔިތުންގެ

ބާރު ނުވަތަ ޑީއާރުޕީގެ ހަގިގީ ބާރު ޮއތީ ޮކންދިމާލެއްގެ ކަން އެބައެނގެއެވެ. މެޯޖރިޓީ ޮއތީ ޮކންދިމާލެއްގައި ކަން އެބަ

ފާހަގަކުރެވެއެވެ. މިއަދު ވަކިން ހާއްސަޮކށް މައުމޫނު ފެކްޝަނުން އިންތިޒާމް ޮކށްގެން ބާއްވަވަމުން ގެންދަވާ ބައްދަލުވުންތަކަށް

ދާ އާންމު މެންބަރުން އެދަނީ ވަރަށް ޮބޑު ގުރުބާނީއެއް

ވަމުންނެވެ. އެގުރުބާނީ އަކީ އެބަދަލުވުންތަކަށް ދިއުމުން ލިބޭނެ މާއްދީ އެއްވެސް އެއްޗެއް ނެތް އިރު އަތުގައި މިހާރު ޮއތް

އެއްޗެއް ގެއްލިދާނެ ކަމުގެ ބިރު ޮއވެގެނެވެ. ނަމަވެސް އެ ބިރު އެއްފަރާތްޮކށް އެތަނަށް މީހުން ޖަމާވުމުން އޭގެން އެރަމްޒު ޮކށްދެނީ

މައުމޫނު ފެކްޝަންގެ މަގްބޫލުކަމެވެ. އެ ފެކްޝަންގެ ބާރެވެ. އެހެންކަމުން ޑީއާރުޕީ ތެރޭ މިއަދު ދިމާވެފައިވާ

މައްސަލައަށް ހައްލެއް އަންނާނީ މައުމޫނު ފެކްޝަނުން ދައްކާ ވާހަކަ ލީޑަރ ތަސްމީނު ފެކްޝަނަށް ގަބޫލުކުރެވުނު ދުވަހަކުންނެވެ.

އާންމު މެންބަރުންގެ ތަރުހީބެއް ނެތި ސިޔާސީ ޕާޓީއެއްގެ މުގޫ ހިފަހައްޓާލުމަކީ އުނދަގޫކަމެކެވެ. މީގެ ހެއްކަކީ އަޅުގަނޑުމެންގެ އަދުގެ މަޖިލީހެވެ. އުޑެއް ބުޑެއް ނުދަންނަ ކިތައް މީހުން، އާންމު މެންބަރުންގެ ތާއީދާއި އެކު އެ މަޖުލިހަށް އިންތިހާބު ކުރިޯތއެވެ. އަދި އިލްމީ ކިތައްކިތައް ގާބިލް ބޭފުޅުން، އާންމު މެންބަރުންގެ

ތާއީދު ނެތުމުން އެމަޖިލިހުން ފެއިލްޮކށްލިޯތއެވެ.

12

ފޮއިދުވަސް

މިހާ ތަނަށް އިނގިރޭސި ވިލާތުން ފެނުނު އެންމެ ގަދީމީ ގަބުރުސްތާނަކީ ޮސމަރސެޓުން ފެނުނު ގަބުރުސްތާނު ކަމުގައި އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން

ހާމަޮކށްފިއެވެ. މިތަނުން ފެނުނު މިނި ކަށިތައް ތަހުލީލު ކުރުމުން އެކަށިތަކަކީ އީސާއީ މީލާދުގެ 8300 އަހަރު ކުރީގެ ކަށިތަކެއްކަމަށް ވަނީ އެނގިފައެވެ. ކުރީން އިނގިރޭސި ވިލާތުން ފެނިފައިވާ ދުވަސްވީ ގަބުރުތައް ފެނިފައިވަނީ ޮހޮހޅަތައް ފަދަ ތަންތަނުންނެވެ. މި ފަހަރު މި ފެނުނު ކަހަލަ ގަބުރުސްތާނުތައް މުޅި ޔޫރަޕުން ވެސް ފެންނަނީ ވަރަށް މަދުން ކަމަށާއި، މިއީ މިހާ ތަނަށް އިނގިރޭސި ވިލާތުން ފެނުނު މިފަދަ ހަމަ އެކަނި ތަން ކަމުގައި ޮސމަރސެޓް ކައުންޓީ ކައުންސިލްގެ ހެރިޓޭޖް ޑިޕާޓްމަންޓުން ބުނެއެވެ.

ދުނިޔޭގެ ފުޓުޯބޅައިގެ މައި އިދާރާ ފީފާގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވައި، ޯވޓު ޯހއްދަވަން ރިޝްވަތު ދެއްވަން އުޅުއްވިކަން ސާބިތުވުމާ ގުޅިގެން، އޭޝިޔާގެ

ފުޓުޯބޅައިގެ އެންމެ އިސް ފަރާތެއްގެ ޮގތުގައި ކުރީން ހުންނެވި، ޤަޠަރުގެ މުޙައްމަދު ބިން ޙައްމާމަށް ދުވަހަކު ވެސް ފުޓުޯބޅައިގެ އެއްވެސް ކަމެއްގައި ރަސްމީޮކށް

ބައިވެރިވުން ފީފާއިން މަނާ ޮކށްފިއެވެ. ރިޝްވަތުގެ ތުހުމަތުތަކާ ގުޅިގެން، ޢުމުރުފުޅުން 62 އަހަރުގެ މުޙައްމަދު ބިން ޙައްމާމު ވަނީ ފީފާގެ ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައެވެ. އެހެންކަމުން ފީފާގެ ރައީސްކަމަށް ކުރީގެ ރައީސް ސެޕް

ބްލެޓަރ ޮހވިފައި ވަނީ އެއްވެސް ވާދަވެރިކަމެއް ނެތިއެވެ.

އީރާނުގެ ނިއުކްލިޔަރ ޕްޮރގްރާމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން ގެންދާ ކަމަށް ބެލެވޭ ސައިންވެރިޔަކު އޭނާގެ ގެއާ ދިމާލުން މަގު މަތީގައި މަރާލައިފައިވާ ކަމަށް އީރާނުގެ މީޑިޔާއިން ބުނެފިއެވެ. އުމުރުން 35 އަހަރުގެ ދާރިޔޫޝް ރަޒާއީގެ

އިތުރުން އޭނާގެ އަންހެނުން ވެސް ޒަހަމްވި ކަމަށް އީރާނުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެއެވެ. 2010 ވަނަ އަހަރުގައި ވެސް ވަނީ މިފަދަ ހަމަލާއެއްގައި އީރާނުގެ ސައިންސްވެރިޔަކު މަރާލާފައެވެ. އެ ފަހަރު މަސްއޫދު އަލީ ނަމަކަށް ކިޔާ ސައިންސްވެރިޔާ މަރާލައިފައިވަނީ ރިޯމޓު ޮބމަކުން ހަމަލާ ދީގެންނެވެ. އީރާނުން

ތުހުމަތު ކުރާ ޮގތުގައި އީރާނަށް ވަގަށް އެތެރެވެ، އީރާނުގެ ސައިންސްވެރީން މެރުމުގެ ހަރަކާތްތައް ހިންގަމުން ގެންދަނީ އިސްރާއީލުގެ ޖާސޫސީ އިދާރާ ޮމސާދުންނެވެ.

ޯނވޭގެ ވެރިރަށް ޮއސްޯލގައި ޮބމެއް ޮގއްވުމާއި، ޔޫތު ކޭންޕެއްގައި ގަތުލުއާންމެއް ހިންގުމުގެ ތުހުމަތު ކުރެވިފައިވާ މީހާ އެކަމަށް އިއުތިރާފުވާ ކަމަށް އޭނާގެ ވަކީލު

ބުނެފިއެވެ. އެ އަމަލު ހިންގި އެންޑަރސް ބްރޭވިކް ބުނާ ޮގތުގައި އެކަމަކީ "ވަރަށް އަނިޔާވެރި، އެހެން ނަމަވެސް ޮކންމެހެން ކުރަން ޖެހޭ" ކަމެކެވެ. ޯނވޭގެ ވެރިރަށުގައި

ދެވުނު ޮބމުގެ ހަމަލާއާ ގުޅިގެން ޔޫރަޕުގެ މީޑިޔާގައި އެންމެ ފުރަތަމަ ތުހުމަތުގެ އިނގިލި ދިއް ކުރެވިފައިވަނީ އާދައިގެ މަތީން މުސްލިމުންނަށެވެ. ވެރިރަށް ޮއސްޯލގައި ދިން ޮބމުގެ ހަމަލާގައި 7 މީހުން މަރުވެފައިވާ އިރު، އުޮޓޔާ ޖަޒީރާގައި ދިން ބަޑީގެ ހަމަލާތަކުގައި 85 މީހުން ވަނީ މަރުވެފައެވެ. މާ ކުރީއްސުރެ ރާވައިގެން ދީފައިވާ މި

ހަމަލާތަކުގެ ސަބަބު ޯކޓުގައި ހާމަ ކުރާނެ ކަމަށް ބްރޭވިކް ވަނީ ބުނެފައެވެ.

22 ޖުލައި 2011 - އިނގިރޭސި ވިލާތުގެ އެންމެ ދުވަސްވީ ގަބުރުސްތާނު

23 ޖުލައި 2011 - މުޙައްމަދު ބިން ޙައްމާމުގެ ސަސްޕެންޝަން

23 ޖުލައި 2011 – އީރާނުގެ ސައިންސްވެރިޔަކު މަރާލުން

24 ޖުލައި 2011 – ޯނވޭގައި ދިން އިރުހާބީ ހަމަލާ

ދުނިޔޭގެ ޚަބަރުތަކަށް ކަޅިއެއް ...

13

ސަން މާފާނު

ޔުނިވަރސިޓީއަކީ އިލްމާއި ދިރާސާގެ ޮގވައްޗެވެ. މެދުކެނޑުމެއް ނެތި ހިނގާތާ އެއް ހާސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޔުނިވަރސިޓީތައް ނުވަތަ ޖާމިއާތައް ދުނިޔޭގައި އެބަ ހުއްޓެވެ. ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ދެ ޔުނިވަރުސިޓީ ހުރީ އެފްރިކާ ބައްރުގައެވެ. އެ ދެ ތަން ވެސް ހިމެނެނީ

އިސްލާމީ ހަޒާރަތުގެ ޒަހީރާތަކުގެ ތެރޭގައެވެ. ޔޫރަޕުގެ އެންމެ ގިނަ ދުވަސްވީ ޔުނިވަރުސިޓީ އަންނަނީ ދުނިޔޭގެ ލިސްޓުން ތިންވަނައަށެވެ.

ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ޔުނިވަރުސިޓީއަކީ މައުރިބު ކަރައިގެ ފާސްގައި ހުންނަ ޖާމިޢަތުލްޤަރަޥިއްޔީން ނުވަތަ ޔުނިވަރސިޓީ ޮއފް ކަރަޮއއިންއެވެ. ޖާމިޢާ

ޤަރަޥިއްޔީން އެންމެ ފުރަތަމަ ގާއިމުވީ ކިޔަވައިދޭ މިސްކިތެއްގެ ޮގތުގައެވެ. މީލާދީން 859 ވަނަ އަހަރު ގާއިމުވި މިތަނުގެ ބާނީއަކީ ތޫނިސްގެ އިސްލާމީ

ހަޒާރަތުގެ މަރުކަޒެއް ކަމުގައި ހިމެނުނު ޤައިރުވާންގެ އަންހެން ބޭފުޅެއް ކަމުގައިވާ ފާޠިމާ ބިންތު މުޙައްމަދް އަލްފިހްރީއެވެ. މިތަނާ ގުޅުން ހުރި

އާލިމުންގެ ތެރޭގައި އިބްނު މައިމޫނާއި، އަލްއިދްރީސީއާއި، އިބްނުލްޢަރަބީއާއި،

ރަބިންދްރަނާތު ޓާކޫރު ނުވަތަ ޓޭޯގރ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 7 މެއި 1861 ގައި ހިންދުސްތާނުގެ ކަލްތާގައެވެ. ޓޭޯގރއަކީ އޭޝިޔާގެ އަދީބުންގެ ތެރެއިން އެންމެ ފުރަތަމަ ޯނބެލްގެ އިނާމު ހާސިލު

ކުރެއްވި އަދީބެވެ. ޓޭޯގރއަކީ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މުގައްރިރެކެވެ. ކުރެހުންތެރިއެކެވެ. މޫސީގާރެކެވެ. ފަންނުކާރެކެވެ.

އިންޑިޔާ އާއި ބަންގާޅާ ދެ ގައުމުގެ ގައުމީ ސަލާމަކީ ވެސް ޓޭޯގރގެ ޅެންވެރިކަމެވެ.

ބަންގާޅު ބަހުގެ އަދަބިއްޔާތަށް ޓޭޯގރ ވަނީ ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ. ބަންގާޅު ބަހުގެ ބަސްޮކށާރަށް އޭނާ ވަނީ އައު

އެތައް ލަފްޒެއް ހަދިޔާ ކުރައްވާފައެވެ. ޓޭޯގރއަކީ މާދަރީ ބަހުން ކިޔަވައިދިނުމުގެ މުހިއްމުކަމާ މެދު މީހުން

ހޭލުންތެރި ކުރެއްވުމަށް ވަރަށް ޮބޑަށް މަސައްކަތް ކުރެއްވި މުފައްކިރެކެވެ. ފަލްސަފާވެރިއެކެވެ. ޓޭޯގރ އަވަހާރަވީ އުމުރުފުޅުން 80 ގައި 7 ޯއގަސްޓް

1941 ގައި ކަލްކަތާގައެވެ.

އިބްނުޚަލްދޫން ފަދަ ބޭފުޅުން ހިމެނެއެވެ.ދެވަނައަށް އެންމެ ގިނަ ދުވަސްވީ ޔުނިވަރުސިޓީއަކީ މިޞްރުގެ ޖާމިޢަތުލްއަޒްހަރު ނުވަތަ އަޒްހަރު ޔުނިވަރސިޓީއެވެ. މިތަން ގާއިމުވެފައިވަނީ މީލާދީން 970 އާއި

972 އާ ދެމެދުއެވެ. މިޞްރުގެ ފާޠިމީންގެ ވެރިކަމުގައެވެ.ތިންވަނައަށް އެންމެ ގިނަ ދުވަސްވީ ޔުނިވަރުސިޓީ އަދި ޔޫރަޕުގައި ހުރި އެންމެ ގިނަ ދުވަސްވީ ޔުނިވަރުސިޓީއަކީ އިޓަލީގެ ޮބޯލންޔާގައި ހުންނަ ޔުނިވަރސިޓީ

ޮއފް ޮބޯލންޔާއެވެ. މިތަން ގާއިމުވީ މީލާދީން 1088 ގައެވެ.

އެންމެ ދުވަސްީވ ތިން ޔުނިވަރުސިީޓ

އިޔާޒު ނަސީމް

ބުއްދީގެ ފުރާގު "ތެދުވެރިކަމަކީ އަބަދުވެސް އުފާވެރިކަން ލިބިދޭ ކަމެކެވެ. އެހެންވީމާ ތެދުވެރިވާށެވެ. ތެދު ބުނާށެވެ. އެޔާ ނުލައި ހަޔާތަކީ ބަނަ އެއްޗެކެވެ."

-- ޕަރލް އެސް. ބަކް

ރު ކޫ ރަބިންދްރަާނތު ާޓ

14

ގައުީމ ޔުނިވަރުސިީޓ: ދިވެީހންގެ އުއްީމދުތަާކ ގުޅިފައިދުނިޔޭގެ ޔުނިވަރުސިޓީތަކާއި ޮކލެޖްތައް ރޭންކް ކުރާ،

ސްޕޭނުގެ ރިސާރޗް އިދާރާއަކުން 2011 ވަނަ އަހަރުގެ ޖެނުއަރީ މަހު ހާމަޮކށްފައިވާ ލިސްޓެއްގައި ޯމލްޑިވްސް

ޮކލެޖް ޮއފް ހަޔަރ އެޑިޔުކޭޝަނަށް ދީފައި ވަނީ 10857 ވަނައެވެ. ވެޯބމެޓްރިކްސް ވެބްސައިޓުގައި ޝާއިއު ޮކށްފައި ވާ މި ލިސްޓުގައި ދުނިޔޭގެ 10857 ވަނަ އެމް.ސީ.އެޗް.އީ. އަށް ދީފައި ވާ އިރު، އޭޝިޔާ އިން ލިބޭ ވަނަޔަކީ 3166 އެވެ. އަދި މި އުޅެވެނީ

ވަރަށް ފަހަތުގައި، އެހެން ނޫންޯތއެވެ؟

މި އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު،

ޯމލްޑިވްސް ޮކލެޖް ޮއފް ހަޔަރ އެޑިޔުކޭޝަން ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރުސިޓީއަށް ބަދަލު ކުރެވިފައި ވަނީ މި ދެންނެވި "ފަހަތް ޮލނޑީގެ" ރޭންކާ އެކުގައެވެ. މިއީ ޮކލެޖް ހިންގެވި ބޭފުޅުންގެ ނާގާބިލުކަމުން ވީ

ކަމެއް ނޫނެވެ. މިއީ ގައުމުގެ ހާލަތު ހުރި ޮގތުގެ ނަތީޖާއެވެ. ދައުލަތުން ޮކލެޖް ތަރައްގީ ކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތުމުގެ ނަތީޖާއެވެ. މި ކަހަލަ ހާލަތެއްގައި ހުރި ޮކލެޖް ޔުނިވަރުސިޓީއަކަށް ބަދަލު

ކުރެވިފައި ވާ އިރު، އުފެދޭ ސުވާލުތައް ބައިވަރެވެ. އެއާއެކު، ކުރެވޭ އުއްމީދުތައް ވެސް ބައިވަރު މެއެވެ.

ޯމލްޑިވްސް ޮކލެޖް ޮއފް ހަޔަރ އެޑިޔުކޭޝަން، ޔުނިވަރުސިޓީއަކަށް ބަދަލު ކުރެއްވުމުގެ ވާހަކަ ފުރަތަމަ ވިދާޅުވީ 14 ޑިސެންބަރު 2005 ގައި، އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު

މައުމޫން ޢަބްދުލްޤައްޔޫމެވެ. އެއަށްފަހު ދިގު މުއްދަތެއް ފާއިތުވެގެން ޮގސް، ޔުނިވަރުސިޓީގެ ހުވަފެން ހަގީގަތަކަށް ވީ 28 ޑިސެންބަރު 2010 ގައި

ރައްޔިތުންގެ މަޖިލީހުން ފާސް ކުރައްވައި، 17 ޖަނަވަރީ 2011 ގައި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ތަސްދީގު ކުރެއްވި "ދިވެހި ރާއްޖޭގެ

ގައުމީ ޔުނިވަރުސިޓީގެ ގާނޫނާ" ހަމައިންނެވެ. ދިވެހި ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ޔުނިވަރުސިޓީގެ ޮގތުގައި "ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރުސިޓީ" ވުޖޫދަށް އައީ އެކަމުގެ ވަގުތު ޖެހި، ވަގުތު ފާއިތު ވެ، އެތައް ޒަމާނެއް ވެއަތު ވެގެން ދިޔަ ފަހުން ކަމަށް ވަރަށް

ގިނަ ބަޔަކު ދެކެއެވެ. ދިވެހިރާއްޖެއަށް ވުރެ ކުޑަ، ނުވަތަ ފަގީރު، ނުވަތަ ނިކަމެތި ހާލުގައި ތިބި އެތައް ގައުމެއްގައި ރާއްޖެއަށް ވުރެ މާ ކުރީން ޔުނިވަރުސިޓީތައް ގާއިމު ކުރެވިފައި ވެއެވެ. މިސާލަކަށް ތުވާލޫ އާއި، ޯސމާލިޔާ އާއި، އެރިތުރިޔާ

އާއި، ޮމޒަމްބީކާއި، އަފްޣާނިސްތާނާއި، ލައިބީރިއާ އާއި، ރުވާންޑާ ފަދަ ގައުމުތަކެވެ. އަޅުގަނޑުމެން ދިވެހީންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ ނަޒަރުގައި ވަރަށް "ދަށު

ދަރަޖައިގެ" ގައުމެއް ކަމަށް ވެފައި ޮއންނަ، އަވަށްޓެރި ބަންގާޅަކީ ދުނިޔޭގައި ޔުނިވަރުސިޓީތައް އެންމެ ގިނަ ދިހަ ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ޮކންމެއަކަސް، މިހައިތަނުން ވެސް ޔުނިވަރުސިޓީއެއް ގާއިމު ކުރެވުނު ކަމީ އަޅުގަނޑުމެން ދިވެހީންނަށް ލިބޭ ވަރަށް ޮބޑު އުފަލެކެވެ. މިހާރު ދިވެހީންގެ އުއްމީދަކީ ދިވެހީންގެ ގައުމީ ޔުނިވަރުސިޓީ އަކީ ދިވެހީންނަށް އެ ތަނަކަށް ޓަކައި ފަހުރުވެރި ވެވޭ ފަދަ ތަނަކަށް ވުމެވެ. އެ ތަނެއްގެ ސަބަބުން ތައުލީމަށް ޓަކައި ދިވެހީން ގައުމުން ބޭރު ކުރާ އެތައް ސަތޭކަ މިލިއަން ޮޑލަރެއް ރައްކާ ކުރެވޭނޭ

ދުވަހެއް އަންނަ ތަނަކަށް ވުމެވެ. އެ ތަނެއްގެ ސަބަބުން ދިވެހި މުޖުތަމައު އިލްމީ މުޖުތަމައަކަށް، ފިކުރު ކުރާ މުޖުތަމައަކަށް ވެގެން ދިޔުމެވެ. އެ ތަނަކީ ދުނިޔޭގެ އިލްމީ މަޖިލިސްތަކުގައި އިހުތިރާމާ އެކު އެ ތަނެއްގެ ވާހަކަ ދެކެވޭ ތަނަކަށް

ވުމެވެ. މި ދެންނެވި އުއްމީދުތަކުގައި ކުލަ ޖެހޭނީ ވަރަށް ގިނަ ފަރާތްތަކެއްގެ މަސައްކަތުންނެވެ. ޔުނިވަރުސިޓީގެ އިސް ވެރީންނާއި، ސަރުކާރާއި، މުޅި ގައުމުގެ

އެންމެންގެ އަޅާލުން ޔުނިވަރުސިޓީއަށް ލިބިގެންނެވެ. އެޮގތުން ކުރަން ޖެހޭ

އަލްއުސްާތޛު އަޙްމަދު ާމޖިދު

15

ގައުީމ ޔުނިވަރުސިީޓ: ދިވެީހންގެ އުއްީމދުތަާކ ގުޅިފައިއެންމެ މުހިއްމު އެއް ކަމަކީ ދައުލަތަށް ލިބޭ އާމުދަނީން ޔުނިވަރުސިޓީއަށް ކުރާ ހަރަދުގެ ނިސްބަތާއި މިންވަރު އިތުރު ކުރުމެވެ. ހާއްސަ ޮގތެއްގައި ޔުނިވަރުސިޓީއަށް ރަނގަޅު ލެކްޗަރަރޒް ގެނައުމާއި ދަރިވަރުންނަށް ޯފރު

ޮކށްދެވޭ ލައިބްރަރީ ފަދަ އިލްމީ ވަސީލަތްތަކުގެ ފެންވަރު ރަނގަޅު ކުރުމެވެ. ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ މަގާމުތަކުގައި ތިބި އެތައް ބަޔަކަށް ގައުމުގެ

ބަޖެޓުން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހަރަދު ކުރުމުގެ ބަދަލުގައި، އެ ފައިސާ ޔުނިވަރުސިޓީއަށް ހަރަދު ކުރުމަކީ މިއަދު ގައުމުގެ ހާލުގެ

ދުލުން ކުރާ އާދޭހެކެވެ. އެ އާދޭހަށް ބީރު ކަންފަތެއް ދޭ މީހަކަށް ސިޔާސީ ޕްލެޓްޯފމުތަކަށް އަރައި ތިމަންނާ މި އުޅެނީ ގައުމު ދެކެ ޯލބިންނޭ، ގައުމު ތަރައްގީ ކުރާށޭ ބުނެ ދައުވާ ކުރެވޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް

ނުކުރެވެއެވެ. ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އިލްމީ ތަރައްގީގެ މުހިއްމުކަން

ވަޒަން ކުރާ ގައުމުތަކުގައި، އާއްމު ޮގތެއްގައި ޔުނިވަރުސިޓީ ޕްޮރފެސަރަކަށް އެ ގައުމުގެ ގްޮރސް

ޮޑމެސްޓިކް ޕްޮރޑަކްޓުން ޮބލަކަށް ޖެހޭ މިންވަރަށް ވުރެ ދެ ގުނަ ޮބޑު އަދަދެއް މުސާރައިގެ ޮގތުގައި ލިބެއެވެ. ނަމަވެސް ރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގެ ލެކްޗަރަރ

އަކަށް މުސާރައިގެ ޮގތުގައި މިހާރު ވެސް ލިބެނީ، ރާއްޖޭގެ ޖީ.ޑީ.ޕީ.

އިން ޮބލަކަށް މަހަކު ޖެހޭ މިންވަރާ ދާދި

އެއްވަރުގެ އަދަދެކެވެ. މާލޭގެ ދިރިއުޅުމުގެ އަގަށް ބަލާ އިރު،

މާލޭގައި ގެޮދރު ނެތް މީހަކު ކުރަން ޖެހޭ ހަރަދުގެ ދެބައިކުޅަ

އެއްބައި ވެސް ގައުމީ ޔުނިވަރުސިޓީގެ

ފުލްޓައިމް ލެކްޗަރާރ އަކަށް ނުލިބެއެވެ. މިއީ ސީރިޔަސްޮކށް ވިސްނާލަން ޖެހޭ

ކަމެކެވެ. ގައުމީ ޔުނިވަރުސިޓީގެ ކުރިމަގާ މެދު ވިސްނާ ޮކންމެ ފަރުދަކު ވެސް ކަންޮބޑު ވާން ޖެހޭ މައްސަލައެކެވެ. ގައުމީ ޔުނިވަރުސިޓީގެ

އިންފްރާސްޓްރަކްޗަރ ބިނާ ކުރުމަކީ ވެސް ކުރަން ޖެހޭ ވަރަށް މުހިއްމު

މަސައްކަތެކެވެ. އިލްމުގެ އަހައްމިއްޔަތާއި މަގާމާއި، އަދި ޔުނިވަރުސިޓީގެ ހައިބަތާއި

ހާއްސަކަން އެ ބިނާއަކުން ފެންނަން ހުންނަ ބިނާއެއް، ޔުނިވަރުސިޓީގެ މަރުކަޒުގެ ޮގތުގައި ހުންނަ ތަން

ފެނުމަކީ އަޅުގަނޑު ހަމަގައިމުވެސް ދެކޭ

ޯމލްޑިވްސް ޮކލެޖް ޮއފް ހަޔަރ އެޑިޔުކޭޝަން އުފެދުނު އިރު ހުރި ފެކަލްޓީތައް

* މެރިޓައިމް ޓްރޭނިންގ ސެންޓަރ )މިހާރު ސެންޓަރ ޯފރ މެރިޓައިމް ސްޓަޑީޒް( * އިންސްޓިޓިއުޓް ޮއފް ޮހޓޭލް އެންޑް ކޭޓަރިންގ ސާރވިސަސް )މިހާރު ފެކަލްޓީ ޮއފް ޮހސްޕިޓާލިޓީ

އެންޑް ޓޫރިޒަމް ސްޓަޑީޒް( * އިންސްޓިޓިއުޓް ޮއފް މެނެޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން )މިހާރު ފެކަލްޓީ ޮއފް

މެނޭޖްމަންޓް އެންޑް ޮކމްޕިޔުޓިންގ( * ޯމލްޑިވްސް އިންސްޓިޓިއުޓް ޮއފް ޓެކްނިކަލް އެޑިޔުކޭޝަން )މިހާރު ފެކަލްޓީ ޮއފް އިންޖިނިއަރިންގ

ޓެކްޮނޮލޖީ( * އިންސްޓިޓިއުޓް ޮއފް ހެލްތު ސައިންސަސް )މިހާރު ފެކަލްޓީ ޮއފް ހެލްތު ސައިންސަސް(

* އިންސްޓިޓިއުޓް ޮއފް ޓީޗަރ އެޑިޔުކޭޝަން )މިހާރު ފެކަލްޓީ ޮއފް އެޑިޔުކޭޝަން(

ޯމލްޑިވްސް ޮކލެޖް ޮއފް ހަޔަރ އެޑިޔުކޭޝަން އުފެދުމަށް ފަހު، އިތުރު ކުރެވުނު ފެކަލްޓީތައް

* ފެކަލްޓީ ޮއފް ޝަރީޢާ އެންޑް ޯލ* ފެކަލްޓީ ޮއފް އާޓްސް

* ސެންޓަރ ޯފރ ޯއޕަން ލާރނިންގ* ފެކަލްޓީ ޮއފް އިސްލާމިކް ސްޓަޑީޒް

ހުވަފެނެކެވެ. އުސް ގުއްބުތަކާއި، އިސްލާމީވަންތަކަން ދައްކައިދޭ މުންނާރުތަކާއި، މެދުޒަމާނުގެ އިސްލާމީ އާރކިޓެކްޗަރގެ ސިފަތަކުން ޒީނަތްތެރި ކުރެވިފައި ވާ އިމާރާތެއް ދިވެހި ގައުމީ ޔުނިވަރުސިޓީގެ މަރުކަޒު ކަމުގައި ވާ ދުވަހަކީ އަޅުގަނޑު އެންމެ ދެކެން ބޭނުންވާ އެއް ދުވަހެވެ. އެކަމަކު އެންމެ މުހިއްމީ އިލްމީ ތަނބުތަކެއް ކަމުގައި ބެލެވޭ ފަދަ ބަޔަކު ޔުނިވަރުސިޓީގެ ޮދޯރށިން ނިކުމެގެން ޖީލުތަކަށް މަގު ދެއްކުމުގެ މަގާމަށް ދާނޭ ދުވަހެއް ގެނައުމެވެ. ދިވެހި ރާއްޖޭގެ ތަރައްގީއަށް ޓަކައި އެކި ފަންނުތަކާއި އެކި

ދާއިރާތަކުން މީހުން ބިނާ ކުރުމަކީ ޔުނިވަރުސިޓީގެ އެންމެ މުހިއްމު އެއް އަމާޒު ކަމުގައި ވާން ޖެހެއެވެ. ނަމަވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަކީ "އިންޓެލެކްޗުއަލް" މުޖުތަމައެއް ބިނާ ކުރުމުގެ މުހިއްމުކަން މާ ޮބޑު ކަމެވެ. ގައުމުގެ ކުންފުނިތަކާއި މެޝިންތައް ހިންގާނޭ އަތްތަކެއް ތަމްރީނު ކުރުމުގެ މަސައްކަތާ އެކު، އެއަށްވުރެ ވެސް ޮބޑު ސަމާލުކަމެއް ދީގެން

ކުރަން ޖެހޭ މަސައްކަތަކީ ގައުމުގެ "ބުއްދިތައް" ބިނާ ކުރުމުގެ މަސައްކަތެވެ. ހިކުމަތާއި އިލްމުގެ އަލީގައި ގައުމަށް މަގު ދައްކާނޭ އާލިމުންތަކެއް އުފެއްދުމުގެ

މަސައްކަތެވެ. އެފަދަ މަސައްކަތްތަކެއް ކުރެވިއްޖެނަމަ، ހަގީގަތުގައި ވެސް ދިވެހީންގެ އިލްމީ ހަޔާތުގެ ދަންމަރަކަށް ގައުމީ ޔުނިވަރުސިޓީ ވެގެން ދާނެއެވެ.

އިލްމާއި ހިކުމަތުގެ އަލީން މުޅި ގައުމު ދިއްލައި ހުޅުދާން ކުރާނެ ތަނަކަށް އެތަން ވެގެން ދާނެއެވެ.

18

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގެ ޗާންސެލަރ ޮޑކްޓަރ މުޞްޠަފާ ލުޠުފީ ވިދާޅުވަނީ ޔުނިވަރުސިޓީގެ މައްޗަށް ސިޔާސީ ނުފޫޒެއް ޯފރުވޭ ޮގތަކަށް ކަންތައް ޯނންނާނެ ކަމަށެވެ. އެ ވިދާޅުވީ ރަނގަޅު ވާހަކަފުޅެއް ނަމަ، އެއީ

ގައުމީ ޔުނިވަރުސިޓީގެ ކުރިމަގަށް ޓަކައި ވިސްނާ މީހުންނަށް ޮއތް ވަރަށް އުފާވެރި ހަބަރެކެވެ. އެހެން ނޫން ނަމަ، މިއީ

ޔުނިވަރުސިޓީގެ ހަޔާތުގެ ފެށުން ކަމުގައި ހިމެނޭ މި ދަނޑިވަޅުގައި ވިސްނާލުން ވަރަށް މުހިއްމު ނުކުތާއެކެވެ.

ޑރ. މުސްޠަފާ އަކީ މި ސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓަރ ކަމުގެ މަގާމުގައި ހުންނަވައިގެން، ޯމލްޑިވްސް ޮކލެޖް ޮއފް ހަޔަރ

އެޑިޔުކޭޝަންގެ ޮގތުގައި އެއިރު ހުރި ޔުނިވަރުސިޓީގެ ފެކަލްޓީ ޮއފް ޝަރީއާ އެންޑް ޯލވ އާއި އަދި ޮކލެޖުގެ އެހެން ބައެއް އިދާރާތައް ހިނގަމުން ދިޔަ ބާ ޖަމާލުއްދީން ބިން އަތުލައްވަން ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ބުނެވެއެވެ. އަދި ޮކލެޖުގެ ފެކަލްޓީ ޮއފް އިންޖިނިއަރިންގ ޓެކްޮނޮލޖީގެ

އިމާރާތާއި އިކުއިޕްމަންޓްތައް، ސަރުކާރުން އަލަށް އުފެއްދެވި ޯމލްޑިވްސް ޮޕލިޓެކްނިކަށް ނެންގެވީ ވެސް ޑރ. މުޞްޠަފާގެ މިނިސްޓަރު ކަމުގައެވެ. އެހެންކަމުން ޑރ. މުޞްޠަފާ އަކީ "ޔުނިވަރުސިޓީގެ ބޭފުޅެއްޯތ" ނުވަތަ

ޔުނިވަރުސިޓީގައި ހުންނެވި "އެމްޑީޕީ ސަރުކާރުގެ ބޭފުޅެއްޯތ" މި ސުވާލު ވަރަށް ގިނަ ބަޔަކު ކުރެއެވެ. ގައުމީ ޔުނިވަރުސިޓީގެ މައްޗަށް ސިޔާސީ ނުފޫޒު

ޯފރާޯތ ކުރެވުނު ސުވާލުގެ ޖަވާބުގައި ޑރ. މުޞްޠަފާ ވިދާޅުވެފައި ވެއެވެ.

"ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ މިނިވަން މުއައްސަސާއެއްކަމުގައިވަނީ ޔުނިވަރސިޓީގެ ނިންމުންތައް އަމިއްލައަށް ނިންމުމުގެ ބާރު ޤާނޫނަކުން

ޔުނިވަރސިޓީއަށް ލިބިގެންވާތީ. އެއީ ދައުލަތުގެ ކަމާގުޅޭ ފަރާތްތަކާ ނުގުޅި އަމިއްލަ ފަރާތަކުން އަމިއްލަ މުއައްސަސާއެއް ހިނގާ އުސޫލުން ޔުނިވަރސިޓީ ހިންގުމެއްނޫން. ޔުނިވަރސިޓީ އުފެއްދި މަޤުޞަދު ޙާޞިލުކުރެވޭނީ ރާއްޖެއާއި

ރާއްޖެއިން ބޭރުގެ ކަމާގުޅޭ އެންމެހާ ފަރާތްތަކާ ގުޅިގެން. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ދައުލަތުގެ ބޭނުމަށް ދައުލަތުން އުފައްދައި ދައުލަތުން

ޚަރަދުޮކށްގެން ހިންގާ ދައުލަތުގެ މުއައްސަސާއެއް. އެހެންކަމުން އެ މުއައްސަސާ ހިނގަނީ އެންމެ ރަނގަޅުޮގތުގައިކަން ކަށަވަރު ކުރުމަކީ ދައުލަތުގެ ޒިންމާއެއް.

ޔުނިވަރސިޓީ ޤާނޫނު އެކަށައަޅާފައިވަނީ ދައުލަތުގެ ކަމާގުޅޭ ފަރާތްތަކަށް

ޔުނިވަރސިޓީ ޖަވާބުދާރީ ވާންޖެހޭފަދަޮގތަކަށް.

އެޮގތުން މަތީތަޢުލީމާބެހޭ މިނިސްޓްރީއަށާއި

ރައްޔިތުންގެ މަޖިހަށް ޖަވާބުދާރީވާންޖެހޭ. އެ ގާނޫނުގައިވާޮގތުން،

ޔުނިވަރސިޓީ ކައުންސިލް

އެކުލަވައިލުމުގައި ވެސް މަތީ ތަޢުލީމާބެހޭ

ވަޒީރެއްގެ ހިއްސާ ވަކި މިންވަރެއްގައި

އެބަ ޮއވޭ. ދައުލަތުގެ މަތީތަޢުލީމުގެ ސިޔާސަތުތައް

ކަނޑައެޅުމަށްޓަކައި މަތީ ތަޢުލީމާބެހޭ މަޖިލިހެއް އެކުލަވާލާފައިވޭ. މަތީ

ތަޢުލީމުދޭ ހުރިހާ މުއައްސަސާއަކުން، ޚާއްޞަޮކށް ދައުލަތުގެ މުއައްސަސާތައް ހިންގުމުގައި އެ ސިޔާސަތުތަކަށް ރިޢާޔަތްކުރަންޖެހޭނެ. މިކަންކަމަށް ބަލާއިރު ތިޔަ ވިދާޅުވާ

ސިޔާސީ ނުފޫޒު އަޅުގަނޑު މާނަކުރާނީ ވަކި ސިޔާސީ ފަރާތެއްގެ އެޖެންޑާއެއް ހިނގުމަށް ޯފރުވަފާނެ ނުފޫޒެއްކަމަށް. ޔުނިވަރސިޓީ ހިނގަނީ މިފަދަ ނުފޫޒު

ޯފރުވޭ ޮގތަކަށްނޫން."

ގައުމީ ޔުނިވަރުސިޓީގެ މައްޗަށް ސިޔާސީ ނުފޫޒު ޯފރައިފި ނަމަ އޭގެ ނަތީޖާތަކަކަށް ވާނީ ޮކބައިޯތ ދެންނެވުނު ސުވާލަށް ޑރ. މުޞްޠަފާ ސީދާ ޖަވާބެއް ނުދެއްވައެވެ. އޭގެ ބަދަލުގައި، އޭނާ ތަކުރާރުޮކށް ވިދާޅުވީ ޔުނިވަރުސިޓީ ހިނގަނީ އެތަނުގެ މައްޗަށް "ނުރަނގަޅު ސިޔާސީ ނުފޫޒު" ޯފރާ ޮގތަކަށް ނޫން ކަމަށެވެ. އޭގެ މާނައަކީ "ރަނގަޅު ސިޔާސީ ނުފޫޒެއް" ޯފރުމަކީ ވެދާނެ ކަމެކޭ

ވިދާޅުވުން ބާވައެވެ! ޔުނިވަރުސިޓީގެ މައްޗަށް ޯފރާނެ "ރަނގަޅު ސިޔާސީ ނުފޫޒެއް" ޮއވެދާނެ ބާވައެވެ!

ގައުީމ ޔުނިވަރުސިީޓއަށްޒު؟! ފޫ ސިާޔީސ ނު

އަލްއުސްާތޛު އަޙްމަދު ާމޖިދު

19

"ޔުނިވަރސިޓީ ހިނގަނީ ނުރަނގަޅު ސިޔާސީ ނުފޫޒު ޯފރާޮގތަކަށް ނޫނޭ ދަންނަވައިފިން. ޔުނިވަރސިޓީ ހިންގުމުގެ އެންމެ އިސް މުއައްސަސާއަކީ

ޔުނިވަރސިޓީ ކައުންސިލް. އެ ކައުންސިލްގައި 16 މެންބަރުން ތިއްބެވި އިރު 8 މެންބަރުންނަކީ ޔުނިވަރސިޓީގެ އެކިއެކި ގުނަވަންކުން އިންތިޚާބުކުރެވިފައިވާ

މެންބަރުން. އަނެއް 8 މެންބަރުންނަކީ އެމީހުންގެ ތަޖުރިބާއާއި ފަންނީ އަދި ޢިލްމީ ޤާބިލުކަމަށް ބަލައިގެން، ޔުނިވަރސިޓީ ޤާނޫނުގައި ވާޮގތަށް އައްޔަންޮކށްފައިވާ 8 މެންބަރުން. މި ކައުންސިލްގައި ކަންކަން ނިންމަނީ ވަރަށް ފުޅާޮކށް، މިނިވަންޮކށް

ބަޙުޘުކުރުމަށްފަހު ގިނަ މެންބަރުންގެ ރައުޔަށް. ޔުނިވަރސިޓީއަކީ ޢިލްމު ފަތުރާތަނެއް، އުނގަންނައިދޭތަނެއް. މިކަން ކުރަނީ ޔުނިވަރސިޓީގެ ފެކަލްޓީތަކުން. އެތަންތަނުގައި

ހިންގާނީ އެ ފެކަލްޓީތަކުގައިވާ ކަމުގެ ހިއްސާދާރުންގެ މައްޗައް އެކުލަވާލަފައިވާ ލަފާދޭ ޮކމިޓީތަކުގެ ލަފަޔާއެކު އުފައްދައި ޔުނިވަރސިޓީގެ އެކަޑަމިކް ސެނެޓުން

ޤަބޫލުޮކށްފައިވާ ޯކސްތައް. އެ ޯކސްތަކުގައި ކިޔަވައިދެވޭނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކެއްގެ ތެރޭގައި. މިކަން ކުރަނީ އެތަނުގެ ފަންނީ މުވައްޒަފުން. އެހެންކަމުން،

އެދުރުން ދެއްވާ ޢިލްމު ވަކިފަރާތަކަށް ނުޖެހި ހުންނަންވާނީ. ދިރާސާތަކުން ފެންނަ ކަންކަން އެ ޮގތުގައި

ހާމަކުރެވޭނީ. މި ކަންކަން މިޮގތުގައި

ނުހިނގައިފިނަމަ އެއީ މަތީ ފެންވަރުގެ ޢިލްމީ

މުއައްސަސާއެއްގެ އިހުމާލަކަށްވާނީ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި

މިކަންކަން ހިނގާނީ އެންމެ

ޒިންމާދާރުޮގތުގައިކަމަށް އަޅުގަނޑު

ޤަބޫލުކުރަން."

ދުނިޔޭގެ ޔުނިވަރުސިޓީތަކުގައި، ހާއްސަޮކށް ޮކމަންވެލްތުގެ ގައުމުތަކުގެ ގިނަ

ޔުނިވަރުސިޓީތަކުގައި ޗާންސެލަރުގެ މަގާމަކީ އަމަލީ ޒިންމާއެއް ޯނންނަ، ހަމައެކަނި ރަމްޒީ މަގާމެއް ކަމަށް ވިޔަސް، ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގެ ޗާންސެލަރ

ކަމުގެ މަގާމު ޮއތީ އެޮގތަކަށް ނޫނެވެ. މިކަމާ ބެހޭޮގތުން ސުވާލު ދެންނެވުމުން ޑރ. މުޞްޠަފާ ވިދާޅުވެފައި ވެއެވެ.

"ދުނިޔޭގެ އެކި ޔުނިވަރސިޓީތަކުގައި މިކަން ޮއންނަނީ އެކި ޮގތަށް. ބައެއް ތަންތާގައި ތި ވިދާޅުވިޮގތަށްވެސް ޮއވޭ. ބައެއް ޔުނިވަރސިޓީގައި ޗާންސެލަރަކީ

ޔުނިވަރސިޓީގެ ހިންގުމުގެ އެންމެ އިސްފަރާތްކަމަށްވެފައި ވައިސްޗާންސެލަރަކީ ޢިލްމީ ކަންކަމުގެ އެންމެ އިސް މީހާކަމުގައި ވެސް ހުރޭ. ދައުލަތުގެ ޔުނިވަރސިޓީއާއި އަމިއްލަ ޔުނިވަރސިޓީތަކުގައި ކަންހިނގާޮގތްވެސް ވަރަށް ތަފާތު. އެހެންވީމާ،

މިކަމުގައި ކަނޑައެޅި ބަޔާންވެގެންވާ އެއްޮގތެއް ޯނންނަކަމަށް ޤަބުލުކުރަންޖެހޭ. ގިނަ ޔުނިވަރސިޓީތަކެއްގައި ޗާންސެލަރަކީ ޔުނިވަރސިޓީ ކައުންސިލްގެ ރައީސް. އޭނާގެ މަސްއޫލިއްޔަތުގެ ތެރޭގައި ޔުނިވަރސިޓީގެ ސިޔާސަތު ކަނޑައެޅުން، ޔުނިވަރސިޓީގެ

މުސްތަޤުބަލުގެ ތަރައްޤީގެ ކަންކަން ރޭވުން، ޔުނިވަރސިޓީ ރިޯފމްކުރުން ފަދަ ކަންކަން ހިމަނާފައި ހުރޭ. އެނގިގެންދަނީ އެކި ޤައުމުޤައުމުގައި

އަދި އެކި ޔުނިވަރސިޓީގައި މިކަން ޮއންނަ ޮގތް ތަފާތުވެފައި ހުންނަކަން. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކަންކަން ރޭވިފައިވަނީ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނާ އެއްޮގތްވާޮތތުގެ މަތިން. ޔުނިވަރސިޓީ

ހިނގަމުންދަނީ ޔުނިވަރސިޓީ ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި އެ ޤާނޫނުގެ ރޫޙާ އެއްޮގތްވާޮގތުގެ މަތިން."

ޑރ. މުޞްޠަފާ ލުޠުފީ އަކީ ސިޔާސީ ބޭފުޅެކެވެ. އޭނާ އަކީ މިހާރު ދިވެހި ރާއްޖޭގައި ޮއތް އެންމެ ޮބޑު ސިޔާސީ ޕާޓީ، އަދި މިހާރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި އަލްފާޟިލް

މުޙައްމަދު ނަޝީދު އެ ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ ޯމލްޑިވިއަން ޑިޮމކްރެޓިކް ޕާޓީ )އެމްޑީޕީ( ގެ ހަރަކާތްތަކުގައި ވަރަށް އިސްޮކށް ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. ރައީސް ނަޝީދުގެ އެންމެ

އަރިސް އެއް ބޭފުޅަކީ އޭނާއެވެ. ތައުލީމީ ދާއިރާގައި ޒަމާންތަކެއް ވަންދެން މަސައްކަތް ކުރެއްވި ނަމަވެސް، އޭނާ އަކީ ފަހަކަށް އައިސް

ސިޔާސީ ޕްލެޓްޯފމުން އެންމެ ފާހަގަ ޮކށްލެވުނު އެއް ބޭފުޅާއެވެ. ގައުމީ ޔުނިވަރުސިޓީގެ ޗާންސެލަރުކަމުގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާ

މުޙައްމަދު ނަޝީދު އޭނާ އައްޔަން ކުރެއްވީ ވެސް ސިޔާސީ ޕްލެޓްޯފމުގައި ހުންނަވަނިޮކށެވެ. އެހެންކަމުން ވަރަށް ގިނަ ބަޔަކު ދެކެނީ ގައުމީ

ޔުނިވަރުސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައި ޑރ. މުޞްޠަފާ ހުންނެވުމަކީ ވެސް ޔުނިވަރުސިޓީގެ މައްޗަށް ސިޔާސީ ނުފޫޒު ޯފރުވަން ސަރުކާރުން

މަސައްކަތް ކުރާ ކަމުގެ ހެއްކެއް ކަމަށެވެ. ގައުމީ ޔުނިވަރުސިޓީގެ މައްޗަށް ސިޔާސީ ނުފޫޒު ޯފރުވަން

މަސައްކަތް ކުރެވޭ ކަމަށް ބުނާ ފަރާތްތަކުން ހާއްސަޮކށް ފާހަގަކުރާ ކަމަކީ ދާދި ފަހުން ބޭއްވުނު، ޔުނިވަރުސިޓީގެ ވައިސް ޗާންސެލަރ ޮހވުމުގެ އިންތިހާބެވެ. މުއުތަބަރު ފަރާތްތަކުން "ސަން" މަޖައްލާއަށް މައުލޫމާތު

ލިބިފައި ވާ ޮގތުގައި ރައީސް ޮއފީހުގެ ތެރެއިންނާއި، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ ފަރާތްޕުޅުން އިންތިހާބުގައި ޯވޓު ލެއްވި،

ޔުނިވަރުސިޓީ ކައުންސިލުގެ ބޭފުޅުންނަށް ގުޅުއްވައި، އަދި އެސްއެމްއެސް ކުރައްވައި ވަކި ބޭފުޅަކަށް ޯވޓު ޯހއްދަވަން ކެމްޕޭން ކުރައްވާފައި ވެއެވެ. ނަމަވެސް މިޮގތުން ކުރެވުނު ކެމްޕޭން ވަރަށް ޮބޑު ނާކާމިޔާބަކާ އެކު

ނިމިގެން ދިޔުމަކީ ޔުނިވަރުސިޓީ ކައުންސިލުގެ މައްޗަށް ސިޔާސީ ނުފޫޒު ޯފރުވަން ކުރެވުނު މަސައްކަތަކަށް ލިބުނު ނާކާމިޔާބެއް ކަމަށް ވެސް ބަލަން

ޖެހެއެވެ. ޮކންމެއަކަސް، ސިޔާސީ ނުފޫޒެއް ޔުނިވަރުސިޓީގެ މައްޗަށް

ޯފރުމަކީ އޭގެ ނަތީޖާތައް ވަރަށް ހިތި ވާނެ ކަމެކެވެ. ދުނިޔޭގެ ކުރިއަރާފައި ވާ ގައުމުތަކުގައި ޔުނިވަރުސިޓީތައް ހިންގުމުގައި، އެތަންތަން ސިޔާސީ

މީހުންގެ ނުފޫޒުން އެއްކިބާ ކުރަން ވަރަށް ޮބޑަށް މަސައްކަތް ކުރެވެއެވެ. ސިޔާސީންގެ އޭޖެންޑާތަކުގެ އަމަލީ މައިދާނަކަށް އެތަންތަން ވިޔަ ނުދޭން

އެތައް ފިޔަވަޅުތަކެއް އެޅެއެވެ. ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރުސިޓީ، އެ މުއައްސަސާގެ ޅަފަތުގައި ސިޔާސީ "މަކުނުވާގަނޑުގައި" ހައްޔަރުވެގެން ދިޔުމަކީ

އަޅުގަނޑުމެންގެ ތެރެއިން އެކަކު ވެސް އެދޭނެ ޮގތެއް ނޫންކަން ޔަގީނެވެ. އެހެން ވެއްޖެ ނަމަ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރުސިޓީ، ދިވެހީންގެ

އިލްމީ ހަޔާތުގެ ދަންމަރަކަށް ވުމުގެ ބަދަލުގައި ދިވެހީންގެ އުއްމީދުތަކުގެ ހުޅުޮކޅުތަކަށް ފުމެ، އެ ހުޅުޮކޅުތައް ނިއްވާލާ "އިއްޒަތްތެރި މަޖިލީހަކަށް"

ވެގެން ހިނގައިދާނެއެވެ. ސިޔާސީ ބޭފުޅުން ގައުމީ ޔުނިވަރުސިޓީއާ ނިކަން ދުރުގައި ތިއްބަވަން ރައްޔިތުން އެދެނީ އެހެންވެގެންނެވެ.

20

ޯމލްޑިވްސް ޮކލެޖް ޮއފް ހަޔަރ އެޑިޔުކޭޝަން އުފެދި، ތޭރަ ވަރަކަށް އަހަރުގެ ތެރޭގައި އެތަން ދިވެހި ރާއްޖޭގެ ގައުމީ

ޔުނިވަރުސިޓީއަށް ބަދަލުވެގެން ދިޔަ އިރު، އެ މުއައްސަސާއާ އެންމެ ޮބޑަށް ގުޅިފައި ވާ އެއް ނަމަކީ ޑރ. ޙަސަން

ޙަމީދުގެ ނަންފުޅެވެ. ދިވެހި ރާއްޖޭގައި މިހާރު ތިއްބެވި އެންމެ ޢިލްމީ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ޙަސަން ޙަމީދަކީ

ޔުނިވަރުސިޓީއެއްގެ ހުންގާނުގައި ހުންނެވުމަށް ދިވެހި ގައުމުން ލިބޭނޭ އެންމެ ގާބިލު އެއް ބޭފުޅާ ކަމާ މެދަކު ޝައްކު ކުރާނެ ތަނެއް ނެތް ކަމަށް ގަބޫލު ކުރެވެއެވެ. އޭނާ އަކީ ކްރިޓިކަލް ތިންކިންގގެ ދާއިރާއިން ނިއު ޒިލޭންޑުގެ

ޔުނިވަރސިޓީ ޮއފް ވައިކަޯޓ އިން ޕީއެޗް.ޑީ. ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެ ބޭފުޅެއްގެ "އިންޓެލެކްޗުއަލް" ގާބިލިއްޔަތު ސާބިތު ވެފައި ވާ

ބޭފުޅެއް މެއެވެ.1 ޮއކްޯޓބަރ 1998 ގައި ޯމލްޑިވްސް ޮކލެޖް ޮއފް ހަޔަރ

އެޑިޔުކޭޝަން އުފެދުމާ އެކު، އެ މުއައްސަސާގެ ޕްރިންސިޕަލް ކަމުގެ މަގާމަށް ޑރ. ޙަސަން އައްޔަން ކުރެވުނެވެ. ފަހުން ޑރ. ޙަސަން ޯމލްޑިވްސް ޮކލެޖް

ޮއފް ހަޔަރ އެޑިޔުކޭޝަނުގައި ހުންނެވި މަގާމުގެ ނަން ވަނީ "ރެކްޓަރ" އަށް ބަދަލު ކުރެވިފައެވެ. މިހާރު އޭނާ އަކީ ގައުމީ ޔުނިވަރުސިޓީގެ ވައިސް ޗާންސެލަރެވެ. ވައިސް ޗާންސެލަރުގެ މަގާމަށް ހަސަން ވަޑައިގެންނެވީ މި

ހިނގާ ޖުލައި މަހުގެ 14 ވަނަ ދުވަހު ބޭއްވުނު އިންތިހާބުގައި، އެ މަގާމަށް ވާދަ ކުރެއްވި ޑރ. ޢަލީ ފަވާޒް ޝަރީފަށް ވުރެ ގިނަ ޯވޓު ކާމިޔާބު

ކުރައްވައިގެންނެވެ. ވައިސް ޗާންސެލަރ ކަމުގެ މަގާމަށް ވަޑައިގަންނަވާނެ ބޭފުޅަކު ޮހވުމަށް ޓަކައި ގައުމީ ޔުނިވަރުސިޓީގެ ސްޓާފުންގެ 60 އިން ސައްތަ އަށް ވުރެ ގިނަ ބޭފުޅުން ޑރ. ޙަސަނަށް ޯވޓު ދެއްވި އިރު،

ގައުމީ ޔުނިވަރުސިޓީގެ ކައުންސިލުގެ ސިއްރު ޯވޓުގައި، ކައުންސިލުގެ 16 މެންބަރުންގެ ތެރެއިން 12 ޯވޓު ހަސަން ކާމިޔާބު ކުރެއްވިއެވެ. ޑރ. ފަވާޒަށް

ލިބިވަޑައިގެންނެވީ 4 ޯވޓެވެ. ގައުމީ ޔުނިވަރުސިޓީއާ ބެހޭ ޮގތުން ޑރ. ޙަސަނާ ސުވާލުތަކެއް ޮކށްލީމެވެ. އޭގެ ތެރެއިން ބައެއް ސުވާލާއި، އެ ސުވާލުތަކަށް ޑރ. ޙަސަން

ދެއްވި ޖަވާބުތައް ތިރީގައި މިވަނީއެވެ.

ޯމލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ޢިލްމީ ޮގތުން ތަރައްޤީ ކުރެއްވުމަށް ޓަކައި އިލްމީ ދާއިރާތަކުން ރިސާރޗް އެކަޑަމީތަކެއް ޤާއިމު ކުރުމުގެ ވިސްނުމާ މެދު

ވިދާޅުވަނީ ކީކޭޯތ؟ އަޅުގަނޑުގެ ނަޒަރުގައި މިފަދަ އެކަޑެމީތައް ހެދުމަކީ ރާއްޖޭގެ އިޖްތިމާޢީ އާއި އެހެން ދާއިރާތަކުގެ ތަރައްޤީއަށް ވަރަށްބޭނުން ތެރި ކަމެކެވެ. ބައިނަލްއަޤްވާމީ އިދާރާތަކުން ޤައުމެއްގެ ޖީ.ޑީ.ޕީގެ %1 ރިސާރޗަށް ޚަރަދުކުރުމަށް ޮގވައެވެ.

އެއީ ރާއްޖޭގައި ނަމަ 120 މިލިއަން ރުފިޔާއެވެ. ނަމަވެސް ރާއްޖެއިން މިކަމަށް ޚަރަދުކުރާކަމަށް ލަފާ ކުރެވެނީ ކުރަންވާ ވަރުގެ ދިހަބައިކުޅަ އެއްބައެވެ.

ރިސާރޗްވަނީ ރާއްޖޭގައި އިހުމާލު ކުރެވިފައެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގެ މިފަދަ ޔުނިވަރސިޓީތަކުގައި އެންމެ މުހިއްމު އެއް ފެކަލްޓީ އަކީ އާރޓްސް/ހިޔުމޭނިޓީޒް ފެކަލްޓީ ކަމަށް ވާ އިރު، ގައުމީ

ޔުނިވަރުސިޓީގައި އެންމެ "ނިކަމެތިޮކށް" ޮއތް ފެކަލްޓީއަކީ އެއީ ކަމަށް ދެންނެވިދާނެ. އެ ފެކަލްޓީ އިތުރަށް ތަރައްޤީ ކުރެއްވުމަށް ޓަކައި ގެންގުޅުއްވާ ވިސްނުންފުޅަކީ

ޮކބައިޯތ؟ވަސީލަތްތަކާއި މުވައްޒަފުންގެ ޮގތުން އެއީ އެންމެ ނިކަމެތި ފެކަލްޓީ. ނަމަވެސް އުއްމީދުތަކާއި ތަޞައްވުރުގެ ޮގތުން އެންމެ ޮމޅު ފެކަލްޓީ. އެންމެ ޮޕޓެންޝަލް ޮބޑު ފެކަލްޓީ. ކުރަންވެފައި ހުރި ކަންތައްތައް ވަރަށް ގިނަ. ޯހދަން ވެފައިހުރި

ވަސީލަތްތައް އެހާ ގިނަ. ވަރަށް ގިނަ ޔުނިވަރސިޓީ ތަކުގައި އާރޓްސް ފެކަލްޓީ އަކީ އެންމެ ދަރިވަރުން ގިނަ ފެކަލްޓީ. އެތަނަށް ވީ ދެއަހަރު ދުވަހަށް ބަލާއިރު، އަވަސް ކުރިއެރުންތަކެއް އެތަނުން ދަނީ ޯހދަމުން. އަޅުގަނޑަށް ޔަޤީން ކުރެވޭ ޮގތުގައި، ކުރިއަށް ދެތިން އަހަރު ދުވަހުގެ ތެރޭގައި އެތަން، ޔުނިވަރސިޓީގެ އެންމެ ޮބޑު އެއް ފެކަލްޓީ އަކަށް ވާނެ. މިހާރުވެސް، ތަނުގެ ތަރައްޤީއާ ބެހޭ

ވަރަށް ގިނަ މަސައްކަތްތަކެއްދަނީ ކުރެވެމުން. 2012 ވަނަ އަހަރުގެ ޖަނަވަރީގައި ފެށުމަށް މާސްޓަރޒް ޯކހަކަށް އެތަނުން އިޢުލާނު ކުރެވޭނެ. އަދި އެހެންމެ، ޕަބްލިކް

އެޑްމިނިސްޓްރޭޝަން އާއި ސައިޮކޮލޖީގެ ޮރނގުން، ޮޕލިޓިކަލް ސައިންސް އާއި އަދަބާއި ތާރީޚްގެ ޮރނގުން އައު ޯކސްތައް ފެށުމަށް ރޭވެމުންދޭ.

އަވަސް މުސްތަޤުބަލެއްގައި ޯމލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގައި އިތުރު ފެކަލްޓީތަކެއް އުފެދިދާނެޯތ؟

ޑރ. ޙަސަާނއި ގައުީމ ޔުނިވަރުސިީޓ ....އަލްއުސްާތޛު އަޙްމަދު ާމޖިދު

21

އެންމެ އަވަހަށް އުފެދިގެންދާނީ ފެކަލްޓީ ޮއފް

ސައިންސް. މިތަނުގެ އެއްބައި މިހާރުވަނީ ޢިމާރާތް ކުރެވިފައި.

މިއީ ހ.ޯސސަންގޭގައި ބިނާކުރަމުންދާ ތަނަކީ.

ޯމލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއަކީ

އިލްމީ މުޖުތަމައެއް ބިނާކުރުމަށްވުރެ

ޮބޑަށް، ޕްޮރފެޝަނަލް މީހުން ތައްޔާރުޮކށް،

ޮވކޭޝަނަލް ޓްރޭނިންގ

ޕްޮރގްރާމްތަކެއް ހިންގާ ތަނެއް ކަމަށް ބައެއް

ފަރާތްތަކުން ދެކޭ. ސަބަބަކީ މިހާރު

ހުރި ފެކަލްޓީތަކުގެ ތެރެއިން ގިނަ

ތަންތަނަކީ ޕްޮރފެޝަނަލް ދާއިރާތަކަށް އަމާޒުކުރެވިފައިވާ ފެކަލްޓީތަކަކަށް ވުން. މިކަމާ ބެހޭޮގތުން ވިދާޅުވަނީ ކީކޭޯތ؟

އެކި މީހުންގެ ނަޒަރު މިކަމުގައި ތަފާތު. ބައެއް މީހުން ދެކެނީ ޔުނިވަރސިޓީތަކަކީ ވަޒީފާތަކަށް މީހުން ތަމްރީނު ކުރާ ތަނެއްކަމަށް. އަނެއްބައި މީހުން ދެކެނީ

އެއީ ފިކުރާއި ޚިޔާލާތު އުފައްދާ، ވިސްނުން ތަރައްޤީ ކުރާ ތަނެއްކަމަށް. އައު ޯހދުންތައް ޯހދާ ތަނެއްކަމަށް. މުޖުތަމަޢުގެ މައްސަލަތަކަށް އައު ހައްލުތައް

އުފައްދާ ތަނެއްކަމަށް. އަޅުގަނޑުގެ ނަޒަރުގައި، ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މިދެބައިވެސް ޮއންނަން ވާނެ. ބައެއް ޔުނިވަރސިޓީތަކަކީ ޮވކޭޝަނަލް

ޔުނިވަރސިޓީތައް. ބައެއް ޔުނިވަރސިޓީތަކަކީ މިދެންނެނި "ޙަޤީޤީ" އެޑިޔުކޭޝަން ފަތުރާ ތަންތަން. ޙަޤީޤީ އެޑިޔުކޭޝަން އަކީ އޭގެ ބޭނުންތެރިކަން، ޒަމާންތައް

ބަދަލުވުމުން ކުޑަވާ އެއްޗެއްނޫން. މިބާވަތުގެ އެއް ޯކހަކީ "ދިވެހިބަހުގެ ޑިގްރީ." މިޯކހަކީ ވަކި ވަޒީފާއަކަށް އަމާޒުޮކށް ހަދާފައިވާ ޯކހެއްނޫން. މިއީ ޮއކްސްޯފރޑްގެ ފިޯލސަފީ، އިޮކޮނމިކްސް ޮޕލިޓިކަލް ސައިންސް ފަދަ ވަކިދާއިރާއަކުން ވިސްނުމަށް

ފިކުރުކުރުން ތަމްރީނު ކުރާ ޯކހެއް.

ޯމލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ކިޔަވާ ދަރިވަރުންނާއި، ބޭރުގެ ޔުނިވަރސިޓީތަކުން ގްރެޖުއޭޓްވެގެން އަންނަ ދަރިވަރުންނާ ދެމެދު ފެންވަރުގެ

ތަފާތު ވަރަށް ޮބޑަށް ހުންނަ ކަމަށާއި، އެމް.އެން.ޔޫ. އިން ގްރެޖުއޭޓްވާ ކުދީންގެ ފެންވަރު ދަށް ކަމަށް ބައެއް ފަރާތްތަކުން ބުނޭ. ވަޒީފާ ދިނުމުގައި ވެސް މިޮގތުން

ޑރ. ޙަސަާނއި ގައުީމ ޔުނިވަރުސިީޓ ....ތަފާތު ކުރެވޭތަން އެބަ އާދޭ ބައެއް ފަހަރު. މިކަމާ މެދު ވިދާޅުވަނީ ކީކޭޯތ؟

މިކަމުގައި އަޅުގަނޑު ދަންނަވާނީ، ޔުނިވަރސިޓީގެ ހުރިހާ ޯކހަކީ ބޭރުގެ ރަނގަޅު ޔުނިވަރސިޓީތަކުގެ ޯކސްތަކާ ބެންޗްމާރކް ޮކށް އެކުލަވާލާފައިވާ ޯކސްތައް ކަމަށް. މުޤައްރަރު މިހެން ޮއތް ކަމުގައި ވިއަސް، ދަރިވަރުންގެ

އުނގެނުމުގައި މުދައްރިސުންނަކީ ވަރަށް ޮބޑު ބަހާއެއް. އެހެންކަމުން، ޯކހުގެ ފެންވަރު ހިފެހެއްޓުމުގައި ރަނގަޅު މުދައްރިސުން ތަނަށް ގެނުވާ ވަޒީފާގައި ދެމެހެއްޓުމަކީ އެންމެ މުހިންމު އެއް ކަން. ކިތަންމެ ދަރިވަރުންނެއް މި

ޔުނިވަރސިޓީއިން ކިޔަވާ، އެހެން ޤައުމުތަކުގެ ޔުނިވަރސިޓީތަކުގައި މާސްޓަޒް ހެދުމަށްފަހު، ބުނެފައި އެބަހުރި "އެމް.އެން.ޔޫ" ގައި މިވެނި މާއްދާތަކެއް ކިޔަވައިދޭލެއް މާ ރަނގަޅޭ. ތިމަންނަމެން މާސްޓަރޒް ހެދިއިރު ކިޔެވީ

މުޅިންހެން ޤައުމީ ޔުނިވަރސިޓީއިން ކިޔެވި ތަކެއްޗޭ. އެހެންކަމުން، ތި ވިދާޅުވި ވާހަކައިގައި ދެޮކޅު އެބަޮއތް. މިއާއެކު ދިވެހިންނަކީ ފުރެއްދެ ތަކެއްޗަށް ރޭރުވާ ބައެއް. ޙަޤީޤަތް ނޭނގި މީހުން ވަރަށް ގިނަ ވާހަކަ ދައްކަފާނެ. މާގިނަ ދުވަހެއް

ނުވަނީސް، ރާއްޖެ ހިންގާނީ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިން. ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ކަންކަމުގައި ޤައުމުގެ އެންމެ ކުރީ ސަފުގައި

ޙަރަކާތްތެރިވާނީ މި ޔުނިވަރސިޓީގެ ދަރިވަރުންކަން ޔަޤީން.

މާލެއަކީ ޯމލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ގާއިމު ކުރަން އެންމެ ރަނގަޅު ތަން ކަމަށް ގަބޫލު ކުރައްވަންޯތ؟ އެ ތަނަކުން ދަރިވަރުންނަށް "ގުދުރަތްތެރިކަން" ނުވަތަ "ނޭޗަރ" ފެންނަ، މާއްދިއްޔަތާ ވީހާ ވެސް

ދުރު މާހައުލެއްގައި، ޮހސްޓެލަކާ ވެސް އެކީގައި ޯމލްޑިވްސް ޔުނިވަރސިޓީ ގާއިމުކުރުމާ މެދު ވިދާޅުވަނީ ކީކޭޯތ؟

ބައެއް ޤައުމުތަކުގައި ޔުނިވަރސިޓީ ޓައުންތައް ހުރޭ. އެ ޓައުނެއްގެ ކުރިއެރުން ޔުނިވަރސިޓީއަށް ނިސްބަތްވާ ތަންތަން ހުރޭ. ނަމަވެސް، ރާއްޖޭގެ ޙާލަތު މިހާރު ހުރި ޮގތުން، ވަކި ތަނެއްގައި، މިސާލަކަށް ލާމު އަޮތޅުގައި މުޅި ޔުނިވަރސިޓީ

ޤާއިމްކުރުމަކީ ދަތިކަމަކަށް ވާނެ. މާލޭގައި މިހާރު ހުރި ޔުނިވަރސިޓީގެ އެއްތަނުން އަނެއް ތަނަށް ނުގެންދެވޭ އެސެޓްތަކުގެ އަގު އެއް ބިލިއަން

ރުފިޔާއަށް ވުރެ ޮބޑުވާނެ. މިއާއެކު، އެފަދަ ފަޅު ތަނެއްގައި ޔުނިވަރސިޓީ ޤާއިމް ކުރާނަމަ، ދަރިވަރުންނާއި މުދައްރިސުންނަށް އެހެން ފަސޭހަތައް ލިބެން ހުންނަން ޖެހޭ. ރަނގަޅު ޮހސްޕިޓަލްތަކާއި ސްކޫލްތައް. އެޮކޮމޑޭޝަން އާއި

އެހެނިހެން ކަންކަން. ޔުނިވަރސިޓީ ލެކްޗަރަރއިން ދެތިން ޕްރައިވެޓް ތަނުގައި ކިޔަވާދީގެން ދެޮކޅު ޖެހޭ ވަރުގެ މުސާރަ ދެވޭ ކަމުގައި ވަނީ ނަމަ، މިކަން ކުރަން ދަތިވާނެ. މިއާއެކު، ވަޒީފާއަދާ ކުރަމުންދާ މީހުންނަކީ މިހާރުވެސް

ޔުނިވަރސިޓީގެ ވަރަށް ޮބޑު ނިސްބަތެއް. ދުވާލު ޮއފީހުގައި އުޅެފައި، ރޭނގަޑު ކިޔަވަން އަންނަ މީހުންނަކީ ގިނަ ބައެއް. މިމީހުންނަށް މިކިޔެވެނީ އެމީހުން ވަޒީފާ އަދާ ކުރާ ތަނާއި ކިޔަވާތަން ގާތްވުމުން. މިއީ މިކަމުގައި ވިސްނާލަން

ޖެހޭ ކަމެއް.

ދުނިޔޭގެ ފެންވަރުގެ ޔުނިވަރސިޓީއަކަށް ޯމލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ހަދަން ވިސްނާ އިރު، ހުރި ޮގންޖެހުންތަކަކީ ޮކބައިޯތ؟ އަދި އެ ޮގންޖެހުންތައް

ފަހަނައަޅައި ކުރިޔަށް ދެވޭނެ މަގަކީ ޮކބައިޯތ؟ މިކަމުގައި ޮއތް އެންމެ ޮބޑު މައްސަލައަކީ، ޔުނިވަރސިޓީއަށް އެކަށީގެންވާ

ވަރަށް ފައިސާނުލިބުން. ބޭރު ޤައުމުތަކުގައި، ޔުނިވަރސިޓީގެ ޕްޮރފެސަރެއްގެ މުސާރައަކީ އެ ޤައުމެއްގެ ޖީ.ޑީ.ޕީގެ ޕާރ ކެޕިޓާގެ ދެގުނަ ނުވަތަ އެއަށް ވުރެ، މަތީ ގުނައެއް. މިސާލަކަށް އިންޑިޔާގެ ޕްޮރފެސަރެއްގެ މުސާރައަކީ އެ ޤައުމުގެ ޖީ.ޑީ.ޕީގެ ޮބލަކަށް ޖެހޭ ނިސްބަތުގެ ގާތްގަނޑަކަށް 10 ގުނަ. ނަމަވެސް،

ރާއްޖޭގެ އެކެޑެމިކް މުވައްޒަފުންގެ މުސާރަތައް ވަރަށް ކުޑަ. އެހެންކަމުން، ޤާބިލް މީހުން ވަޒީފާގައި ބައިތިއްބަން ވަރަށް ދަތި. މިއާއެކު، ސަރުކާރުގެ ވަރަށް ޮބޑު އެހީތެރިކަމެއް ނެތި، ފެންވަރު ރަނގަޅު މުދައްރިސުން ތަމްރީނު ކުރުމަކީ ވަރަށް ދަތިކަމެއް. މި ޔުނިވަރސިޓީ، ދުނިޔޭގެ އެންމެ ރަނގަޅު އެއް ޔުނިވަރސިޓީއަށް

ހެދޭނީ ސަރުކާރުގެ ވަރަށް ޮބޑު އަޅާލުންތެރިކަން ލިބިގެން.

22

ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމް ދީން ގަބޫލު ކުރުމަކީ ދިވެހި ތާރީހުގެ މުޅިން އައު ބާބެއްގެ ފެށުމެވެ. ތާރީހުގެ މި މުހިއްމު ބާބަށް ބަލާލާއިރު، ދިވެހިރާއްޖެއަށް އިސްލާމް ދީން ގެންނެވި ބޭކަލަކާ މެދު ވަނީ ހިލާފު އުފެދިފައެވެ. މި ކަމުގައި ބުރަ ވާން ވީ ޮކން ޮކޅަކަށް ހެއްޔެވެ؟ މި ކަމާ މެދު ސުވާލު ކުރައްވަމުން، މަޝްހޫރު ތާރީހު އިލްމުވެރިޔާ އަލްއުސްތާޒު މުޙައްމަދު އިބްރާހީމް ލުޠްފީ ލިޔުއްވާފައި ވަނީ

]ދިވެހިރާއްޖެއަށް އިސްލާމް ދީން ގެންނެވި ބޭކަލަކާ މެދު، ހަމައެކަނި އަޅުގަނޑުމެން އަހައި ގަބޫލު ކުރަން ވީ ބޭރުގެ މުއައްރިހަކު އޭނާ ދުށް ކަމަށް ލިޔެ ބަޔާން ކުރާ

އެއްޗެއް ޯތއެވެ؟ އަދި އެ ބޭކަލަކަށް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ތާއީދު ޮކށްގެން މި ހައި ތަނަށް ލިޔަމުން އައި ލިޔުންތަކުގައި ވާ އެއްޗެއް ޯތއެވެ؟" މިހެންނެވެ. ދިވެހިރާއްޖެއަށް އިސްލާމް ދީން ގެންނެވީ ޮކން ބޭކަލެއްޯތ ކުރެވޭ

الرببرى ސުވާލަށް ތިން ޮގތަކަށް ޖަވާބު ދެވިފައި ވެއެވެ. ފުރަތަމަ ޮގތަކީ أبوالربكات املغرىب )އަބުލްބަރަކާތުލް ބަރްބަރީ އަލްމަޣްރިބީ( ނުވަތަ املغرب )އަލްމަޣްރިބް( މި ޮގތަށެވެ.

التربيزى )އަބުއްރިކާބް ޔޫސުފް އައްތަބްރޭޒީ( އެވެ. ތިންވަނަ يوسف ދެވަނަ ޮގތަކީ أبوالركاب التربيزى )މައުލާނާ އައްޝައިޚް ޔޫސުފް الدين شمس يوسف الّشيخ ޮގތަކީ مولنا

ޝަމްސުއްދީން އައްތަބްރޭޒީ( އެވެ. ފުރަތަމަ ޮގތަށް ވިދާޅުވަނީ މައުރިބު ކަރައިގެ މަޝްހޫރު އަރަބި ސައްޔާހު އިބްނު ބަޠޫޠާއެވެ. އަދި އޭނާގެ ބަހަށް ތާއީދު ކުރައްވާ ބޭފުޅުންނެވެ. ދެވަނަ ޖަވާބު

ލިބެނީ މާލޭ ހުކުރު މިސްކިތުގައި އައްސުލްޠާން އަޙްމަދު ޝިހާބުއްދީން )735ހ. އިން 742ހ. އަށް( އާއި އައްސުލްޠާން އިބްރާހީމް އިސްކަންދަރު )އެއްވަނަ( )1058ހ. އިން 1098ހ. އަށް( ބެހެއްޓެވި ލިޔުންތަކުގައި ޮއތީ އެ ޮގތަށް ކަމަށް ލިޔުއްވާ ބޭފުޅުންގެ ފަރާތްޕުޅުންނެވެ. ތިންވަނަ ޖަވާބު ދެއްވަނީ ދިވެހި ތާރީހުގެ ބައްޕަ

ކަމުގައި ބެލެވޭ އަލްޤާޟީ ޙަސަން ތާޖުއްދީނެވެ. އަލްޤާޟީ ޙަސަން ތާޖުއްދީން އެ ތަކުރުފާނުގެ ތާރީހު ޮފތް ލިޔުއްވި އިރު ވެސް އައްސުލްޠާން އަޙްމަދު ޝިހާބުއްދީން

އާއި އިސްކަންދަރު މަހާރަދުން ބެހެއްޓެވި ލިޔުންތައް ހުށްޓެވެ. އެހެން ހުށްޓައި ތާޖުއްދީން އެހެން ޮގތަކަށް ލިޔުއްވީޯތއެވެ؟ ދިވެހިންގެ ތެރޭގައި ތިބި ހަރު މީހުންގެ ދޫދޫމަތިން ވާރިދު ވަމުން އައިސްފައި ވަނީ ރާއްޖެ އިސްލާމް ކުރެއްވީ ތަބުރޭޒުގެފާނު التربيزى )ޔޫސުފް އައްތަބްރޭޒީ( ކަމަށެވެ. ދޫދޫމަތިން ވާރިދު ވަމުން ކަމަށެވެ. يوسف އައި ވާހަކަ ވެސް ތާޖުއްދީނުގެ ޒަމާނަށް ބަލާއިރު، އެ ތަކުރުފާނަށް މާ ރަނގަޅަށް

އިވިވަޑައިގެންފައި ޮއންނާނެއެވެ. ސުވާލަކީ އެހެންވީ އިރު ތާޖުއްދީނު އެހެން ލިޔުއްވީ ކީއްވެގެންޯތއެވެ؟

ދިވެހިރާއްޖޭގައި ދީނީ ކަންތައް ހިންގަވާން ތިއްބެވި ފަނޑިޔާރުންނަށް ވެސް ޝަމްސުއްދީން، މަޖްދުއްދީން، ބަހާއުއްދީން، ބަދްރުއްދީން، ޤުޠުބުއްދީން،

ޖަމާލުއްދީން، ޞަލާޙުއްދީން، ޖަލާލުއްދީން، ޢަފީފުއްދީން، ފަދަ ނަންނަން ކިޔާފައި ހުރި ކަން ތާރީހުން ސާބިތުވެއެވެ. އެހެން ކަމުން ދިވެހިން ދޫދޫ މަތިން ކިޔަމުން އަންނަ

ޔޫސުފް އައްތަބްރޭޒީގެ ނަންފުޅަށް ވެސް މާތްޮކށް ހިއްތެވުމުގެ ޮގތުން، މައުލާނާ އައްޝައިޚް ޔޫސުފް ޝަމްސުއްދީން އައްތަބްރޭޒީއޭ ވިދާޅުވެ ތާޖުއްދީން އެ ޮގތަށް އެ ނަން ލިޔުއްވީ ކަމަށް ވުން ވެސް އެކަށީގެން ވެއެވެ. ތާޖުއްދީން މި ޮގތަށް ލިޔުއްވާތީ، ބައެއް ބޭފުޅުން

ވިދާޅުވަނީ ޔޫސުފް ޝަމްސުއްދީން އައްތަބްރޭޒީ އަވަހާރަވީ އީރާނުގައި ކަމަށާއި، އެކަލޭގެފާނު ދިވެހިރާއްޖެއަށް ވަޑައި ނުގަންނަވާ ކަމަށާއި، އެއީ ވަރަށް މަޝްހޫރު ބޭކަލަކަށް ވާތީ

މިއީ ވަރަށް ސާފުޮކށް އެނގޭ ކަންކަން ކަމުގައެވެ. އެހެން ނަމަވެސް ވިސްނާލަން ޖެހޭ ނުކުތާއަކީ، މި ޔޫސުފް އައްތަބްރޭޒީއަކީ ނުވަތަ ތާޖުއްދީން ކިޔުއްވާ ޮގތަށް ނަމަ ޔޫސުފް

ޝަމްސުއްދީން އައްތަބްރޭޒީއަކީ، ތަބްރޭޒުގެ މަޝްހޫރު ޞޫފީ ވަލީވެރިޔާ ޝަމްސުއްދީން ކަމަށް ވުން ޮކންމެހެން ލާޒިމެއް ނޫން ކަމެވެ. ފާރިސް ކަރައިގެ )އީރާނުގެ( ތަބްރޭޒުގައި ހުންނާނީ ހަމައެކަނި އެންމެ ޔޫސުފެއް ކަމަށް ގަބޫލު ކުރުމަކީ ވެސް ހަމަ ޖެހޭ ކަމެއް

ނޫނެވެ.ދިވެހިރާއްޖެއަށް އިސްލާމް ދީން ގެންނެވި ބޭކަލަކާ މެދު ފެންނަން ހުރި ލިޔުންތަކުގެ ތެރެއިން 1834މ. ވަނަ އަހަރު ރާއްޖެ ސަރވޭ ކުރަން އައި ޓީމުގެ ދެ

ޮއފިސަރުން ކަމުގައި ވާ ލެފްޓިނެންޓް ވިލްމަޓް ކްރިސްޮޓފަރ އާއި ލެފްޓިނެންޓް ޔަންގ ދިވެހިރާއްޖޭގައި 2 އަހަރެއްހައި ދުވަހު ތިބުމަށް ފަހު އެނބުރި އިންޑިޔާގެ ބުންބާއަށް

ޮގސްފައި ޝާއިއު ކުރި ލިޔުމަކީ ވެސް މުހިއްމު ލިޔުމެކެވެ. އެ ލިޔުމުގައި ރާއްޖެ އިސްލާމް ވީ ޮގތާ ބެހޭ ޮގތުން ކްރިސްޮޓފަރ ލިޔުއްވަނީ ]އެބައިމީހުން ބުނާ ޮގތުގައި އެބައިމީހުން އިސްލާމް ދީނަށް ވަނީ ބޭރުން އައި މީހެއްގެ އަތް މައްޗަށެވެ. އޭނާގެ ނަމަކީ ތަބްރޭޒެވެ. އޭނާގެ ރަށުގެ ނަމަކީ ވެސް ހަމަ މިއެވެ. މި ބުނި ތަބްރޭޒުގެ ޒިޔާރަތް ހުރީ މާލޭގައެވެ. އެ ތަނަކީ މާލޭގެ މީހުން ކަމޭ ހިތައިގެން ރަނގަޅަށް ބަލަހައްޓާ ތަނެކެވެ. ދިވެހިން ބުނާ ޮގތުގައި ތަބްރޭޒް އެ ރަށަށް ވަޑައިގަތީ ޕާރޝިޔާ )އީރާން( އިންނެވެ. އޭނާ އަވަހާރަވީ

ތަބްރޭީޒތޯ؟ ނުވަތަ ބަރުބަީރތޯ؟ދިވެހިާރއްޖެ އިސްާލމް ކުރެއްީވ ކޮން ބޭކަލެއް؟

އިާޔޒު ނަީސމް

2323

މާލޭގައެވެ. އެއަށް ފަހު އޭނާގެ ރަށުގެ ބަޔަކު ތަބްރޭޒް ޯހދާން ދިވެހިރާއްޖެއަށް އައެވެ. ދެން އެބައިމީހުން ދިވެހިރާއްޖޭގައި އުޅެނިޮކށް އޭގެ ތެރެއިން މަރުވި މީހުން ވަޅުލީ

މާލޭގެ އިރުދެކުނު ކަނުގައެވެ. )އިހު ޮލނުޒިޔާރަތްޮކޅު ހުރި ސަރަހައްދުގައެވެ(. މިތާގައި 60 މަހާނަ ހުށްޓެވެ."

ދިވެހިންގެ ދޫދޫމަތިން ވާރިދު ވެގެން މުޅިން ވެސް އައިސްފައި ވަނީ ތަބްރޭޒީއެއްގެ ނަމެވެ. ޒަމާނުއްސުރެ ދިވެހިން ފާތިހާ ކިޔަވައި އަހަރުމަތިފުޅު ފާހަގަޮކށް އުޅުނީ ތަބްރޭޒުގެފާނުގެއެވެ. ރާއްޖޭގެ ރަށްރަށުން ފާހަގަ ކުރެވޭ މަގާމުފުޅުތައް ނިސްބަތް ކުރެވިފައި ވަނީ ތަބްރޭޒްގެފާނަށެވެ. ބަރްބަރީއަކަށް ނޫނެވެ. މި ނޫން ޮގތަކަށް ވިދާޅު ވަނީ، ބަރްބަރީ ސައްޔާހު އިބްނު ބަޠޫޠާއެވެ. ދެން އޭނާގެ ބަހަށް ބުރަވާ ބޭފުޅުންނެވެ. ދިވެހިރާއްޖެ އިސްލާމް ވި އިރު ހުންނެވި ރަސްގެފާނުގެ ނަމަކަށް ވެސް އިބްނު ބަޠޫޠާ ލިޔުއްވަނީ شنورازه އެވެ. ހުކުރު މިސްކިތުގައި ހުރި ލިޔުމުގައި ހުރި ކަމަށް އިބްނު املغرىب الرببرى ابوالربكات يد عىل شنورازه أحمد السلطان ބަޠޫޠާ ވިދާޅުވަނީ اسلم މިހެންނެވެ. އެހެން ނަމަވެސް ފާހަގަ ކުރަން ޖެހޭ ނުގުތާއަކީ ހުކުރު މިސްކިތުގައި

އެއްވެސް ޒަމާނެއްގައި އަލްމަޣްރިބީއޭ ލިޔެފައި ހުރި ލިޔުމެއް ހުރިކަން އެނގޭނޭ އެހެން އެއްވެސް ހެއްކެއް ނެތް ކަމެވެ.

ދިވެހިރާއްޖެ އިސްލާމް ކުރެއްވީ އަބުލްބަރަކާތު ޔޫސުފް އަލްބަރްބަރީއެއްގެ އަތްމައްޗަށް ކަމަށް ދިވެހިންގެ ތެރޭގައި އެންމެ ފުރަތަމަ ކިޔަން ފަށާފައި ވަނީ 23 ރަމަޟާން 1377ހ. ގައި އުފެއްދެވި ތާރީހު ޮކމިޓީން، އިބްނު ބަޠޫޠާގެ ލިޔުއްވުމަށް ބަލައިގެން އެ ޮގތަށް ބުރަވުމާ ހިސާބުންނެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގައި އެ ވަގުތު ހުރި ރަސްގެފާނުގެ ނަމަކަށް ވެސް އިބްނު ބަޠޫޠާގެ ލިޔުމުގައި ޮއތީ ރަނގަޅު ނަމެއް ނޫންކަން ސާބިތު ވާ އިރު، ފެންނަން ހުރި ހެކިތަކަށް ބެލުމެއް ނެތި ޯލ މަރާލާފައި އިބްނު ބަޠޫޠާގެ އެކަނި ބަހަށް ތަބާ ވުމަކީ ތާރީހީ މި ފަދަ ކަމެއްގައި އަމަލު

ޮކށްގެން ވާނެ ޮގތެއް ނޫނެވެ. ޝަނިވިރާޒާ އަކީ ރަސްގެފާނު ކަމަށް އިބްނު ބަޠޫޠާ ލިޔުއްވާފައި ޮއތް ނަމަވެސް ރަސްގެފާނުގެ ދިވެހި ނަންފުޅަކީ ޝްރީ ބުވަނާދީއްތަ މަހާރަދުން

ކަމާއި އެ ރަދުން އިސްލާމް ވެވަޑައިގަތުމަށް ފަހު ނަންފުޅަކީ މުޙައްމަދު

ބިން ޢަބްދިهللا ކަން ޮއޅުމެއް ނެތި އެނގެއެވެ. އަދި ޝަނިވިރާޒާއަކީ އެ ރަދުންގެ ވަޒީރެއްކަން

ވެސް ސާފުޮކށް އެނގެއެވެ.

ހުކުރު މިސްކިތުގައި ހުރި ފިލާތަކުގައި ވާ ލިޔުންތަކަށް ބަލައިފި ޮކންމެ މީހަކަށް ވެސް އިބްނު ބަޠޫޠާ އެ ވިދާޅުވާ ޮގތަކަށް އެ ފިލާތަކުގައި ނެތްކަން ކަށަވަރު

ވާނެއެވެ. ސުލްޠާން އަޙްމަދު ޝިހާބުއްދީން ބެހެއްޓެވި ފިލަޔާއި އިސްކަންދަރު މަހާރަދުން ބެހެއްޓެވި ފިލާގައި ވާ ލިޔުމަށް ބަލާއިރު މި ދެ ފިލާގައި ވެސް ރާއްޖެ އިސްލާމް ކުރެއްވި ބޭކަލެއްގެ ނަން ގެނެސްފައި ވަނީ އެއް ޮގތަކަށެވެ. ސުލްޠާން

އަޙްމަދު ޝިހާބުއްދީން ހުކުރު މިސްކިތުގައި ފިލާ ބަހައްޓަވައިފައި ވަނީ ދިވެހިރާއްޖެ އިސްލާމް ވިތާ އެންމެ 190 އަހަރު ތެރޭގައެވެ. ދިވެހިރާއްޖެ އިސްލާމް ވީ އިރު

ދުނިޔޭގައި ތިބި މީހުންގެ މުނިކާފަ ދަރިންނާއި ހޫރުކާފަ ދަރިންނާއި މި މީސްމީހުންގެ ދަރިން ވެސް ސުލްޠާން އަޙްމަދު ޝިހާބުއްދީނުގެ ދައުރުގައި ތިބޭނެއެވެ. އެހެން ކަމުން

ދައުލަތުގެ ފަރާތުން އެ ދުވަސްވަރު ބަހައްޓައިފައި ވާ ލިޔުމެއްގައި ތާރީހީ ޮގތުން އެ ފަދަ ޮއޅުމެއް ހުރުމަކީ ވަރަށް ދުރު ކަމެކެވެ. އަދި ހަމަ އެހެންމެ ފާހަގަކުރަން ޖެހޭ އަނެއް ނުކުތާއަކީ، އިބްނު ބަޠޫޠާއަށް ނިސްބަތް ކުރެވޭ ލިޔުންތަކަކީ، އޭނާގެ

ދަތުރު މަތީގައި ވަގުތުން ވަގުތަށް ލިޔުއްވަމުން ގެންދެވި ދަތުރުނާމާއެއް ނޫންކަމާއި، އެ ލިޔުއްވުންތަކަކީ އޭނާގެ ދަތުރުތަކަށް ފަހު މަޣުރިބު ކަރައަށް ވަޑައިގެން، އެތަނުގެ

ލިޔާ މީހަކަށް ވިދާޅުވެދެއްވުމުން، އެމީހާ ލިޔުނު ވާހަކަތަކެއް ކަމެވެ. މިއީ ސީދާ އިބްނު ބަޠޫޠާ އަމިއްލަފުޅަށް ލިޔުއްވި އެއްޗެއް ނޫންކަމުން އަދި ދަތުރުގެ އެތައް ދުވަހެއް ފަހުން ލިޔެވުނު ތަކެތި ކަމަށް ވާއިރު މި ލިޔުންތަކުގައިވާ ވާހަކަތަކުގައި ހަނދާނަށް ބުރާފައިވާ

ހިރަފުހުގެ އަސަރު ހުރުން ވެސް އެކަށީގެންވެއެވެ.ހައްތުން ދެކުނުގައި ޮއތް ފުވައްމުލަކާއި އައްޑުއަޮތޅުގައި ކިޔާ ޮގތުން އެ

ދެ އަޮތޅު އިސްލާމް ކުރެއްވީ އަލްފަޤީހް ސުލައިމާން ޤާދިރު ކަލޭގެފާނުގެ ފުތް ޞޫރަތު ޤާދިރު ކަލޭގެފާނުގެ ފުތް ޢީސާ ޤާދިރު ކަލޭގެފާނުގެ ފުތް އަލްފަޤީހް އަލްޙާފިޡް ޔޫސުފް ނާއިބް ކަލޭގެފާނެވެ. މި ބޭފުޅުންގެ ނަމާ ގުޅިފައި ޤާދިރު ނުވަތަ ޤާދިރީ ޮއތުމުން މިއީ ޞޫފީ، ޤާދިރީ ތަރީގާއަށް ތަބާވާ ބައެއް ކަމަށް ގަބޫލު ކުރާނެ ފުރުސަތު ލިބެއެވެ. އަދި

ޒަމާނުއްސުރެ އައްޑު އަޮތޅާއި ފުވައްމުލަކުގެ ފާތިހާ ޮފތްތަކުގައި ޢަބްދުލްޤާދިރު ޖީލާނީއަށް ފާތިހާ ކިޔުން ޮއވެފައި، ޢަބްދުލްޤާދިރު ޖީލާނީއަށް ފާތިހާ ކިޔަވަނީ ވެސް މި ސަބަބާ ހުރެ

ކަމަށް ގަބޫލު ކުރެވެއެވެ.އައްޑުއަޮތޅާއި ފުވައްމުލައް އިސްލާމް ވުމާ ބެހޭ ޮގތުން ފަޟީލަތުއްޝައިޚް

ޙުސައިން ޞަލާޙުއްދީން ]އަލްއިޞްލާޙު[ ގައި ލިޔުއްވާފައި ވަނީ މި ފަދައިންނެވެ. ]އައްޑޫ އަޮތޅު މީހުން އިސްލާމްވީ މާލެ އިސްލާމްވުމާއި ދާދި ގާތުގައި އެ އަޮތޅަށް

ފިލައެއްގެ މަތީގައި ލެއްގި ބެއިކަލަކުގެ އަތްޕުޅު މައްޗަށް ކަމަށް އެ އަޮތޅުގެ މީހުން އިހު ޒަމާނުއްސުރެ ތަވާތުރު ޮގތް މަތީން ވާހަކަ ދައްކަތެވެ. އެބެއިކަލަކަށް ނަމަކަށް ކިޔަނީ

ޔޫސުފް ނާއިބު ކަލޭގެފާނެވެ. މިބެއިކަލަކުގެ ނަސަބާއި ނަސަލު އެމީހުން ކިޔައި އުޅެތެވެ. މިބެއިކަލަކު ފަސްދާނު ލެވިގެންވަނީ އައްޑޫމީދޫ ޯކގަންނު މެދުޒިޔާރަތުގައެވެ. މިބެއިކަލަކުގެ

ދަރިކަލުން ޔަޙްޔާ ނާއިބު ކަލޭގެފާނުންގެ ޒިޔާރަތް އެހުރީ ފުވައްމުލަކު ގެމް މިސްކިތް ޮދށުގައެވެ. މިވާހަކައަކީ ވެސް ތާޖުއްދީނުގެ ތާރީޚުގައި ލިޔުއްވައިފައި ނެތެއް ކަމަކު ޒަމާނުއްސުރެ ޮދގު ނުކުރެވޭނޭ މަގުން ތަވާތުރުގެ ޮގތް މަތީން އަންނަ ޚަބަރެކެވެ.[އިބްނު ބަޠޫޠާ އެ ވިދާޅު ވާ ފަދައިން އަރަބީންގެ މީހަކު ދިވެހިރާއްޖެ

އިސްލާމް ކުރެއްވި ނަމަ ދިވެހިންގެ ދީނީ ކަންކަމުގެ އަސާސީ ބަސްޮކށާރު އައިސްފައި ހުންނަން ޖެހޭނީ އަރަބި ބަހުން ކަމީ މިފަދަ މަސްއަލާތަކުގައި ބަހަވީ ނަޒަރަކުން ކުރެވޭ

ތަހުގީގުތަކާ ގުޅިގެން ޮއންނަ އިލްމީ އުސޫލުތަކަށް ބަލާ އިރު ގަބޫލު ކުރަން ޖެހޭ ކަމެކެވެ. އަރަބި ބަހަކީ އިސްލާމީ ތައުލީމުގެ އެންމެ މުހިއްމު ބަސް ކަމުގައި ވާ އިރު، އަރަބީންގެ މީހަކު ދިވެހިރާއްޖެއަށް އިސްލާމްދީން ތައާރަފު ޮކށްފައި ވާ ނަމަ ދިވެހިންގެ ދީނީ ބަސްޮކށާރުގައި، އަދި ވަކީން ހާއްސަޮކށް ދީނުގެ އަސާސީ ކަންކަމަށް ބޭނުންކުރާ

ލަފްޒުތަކުގައި އަރަބި ނޫން އެހެން ބަހެއްގެ އަސަރު ހުރެގެން ނުވާނެއެވެ. އެހެން ނަމަވެސް ކަން ޮއތީ އެ ޮގތަކަށް ނޫނެވެ. މި ޮރނގުން ބަލާއިރު، މި ލަފްޒުތަކުގައި

ފާރިސީ ބަހުގެ އަސަރު މާ ޮބޑުކަން ފާހަގަކުރެވެއެވެ.ދިވެހިންގެ ދީނުގެ އަސާސީ ކަންކަމަށް ކިޔާ ނަންތަކަށް ބަލައިލަމާ

ހިނގާށެވެ. ޝަހާދަތަށް އަރަބި ބަހުން ވެސް، ފާރިސީ ބަހުން ވެސް ދިވެހި ބަހުން ވެސް ކިޔަނީ ޝަހާދަތެވެ. ބަންގިއަށް އަރަބިން އަޛާން ކިޔާއިރު ފާރިސީ ބަހުން މިފަދަ ޮގވައިލުންތަކަށް ކިޔަނީ ބާންގްއެވެ. ދިވެހިން ކިޔަނީ ބަންގިއެވެ. ނަމާދަށް އަރަބި ބަހުން

ޞަލާތު ކިޔާއިރު ފާރިސީ ބަހުން ކިޔަނީ ނަމާޒުއެވެ. ދިވެހިން ކިޔަނީ ނަމާދުއެވެ. ޒަކާތަށް އަރަބި ބަހުން ވެސް ފާރިސީ ބަހުން ވެސް އަދި ދިވެހި ބަހުން ވެސް ކިޔަނީ ޒަކާތެވެ. ޯރދައަށް އަރަބި ބަހުން ޞައުމް ކިޔާއިރު ފާރިސީ ބަހުން ކިޔަނީ ޯރޒާއެވެ. ދިވެހީން

ކިޔަނީ ޯރދައެވެ. ޙައްޖަށް އަރަބި ބަހުން ވެސް ފާރިސީ ބަހުން ވެސް އަދި ދިވެހި ބަހުން ވެސް ކިޔަނީ ޙައްޖެވެ. މި ލަފްޒުތަކުގައިވާ ޮބޑު ބަދަލަކީ /ޒ/ ގެ އަޑެވެ. އެ އަޑު

ބަދަލުވެފައިވަނީ /ދ/ ގެ އަޑަށެވެ. މިހާރު ވެސް ދިވެހިރާއްޖޭގެ ބައެއް ރަށްރަށުގައި /ޒ/ ގެ ބަދަލުގައި /ދ/ ގެ އަޑު ބޭނުން ކުރެއެވެ. އެހެން ކަމުން ދިވެހިންގެ ދީނާ ގުޅުން

ހުރި އަސާސީ ލަފްޒުތައް އައިސްފައި ވަނީ ފާރިސީ ބަހުން ކަން އެނގެއެވެ. ތަބްރޭޒަކީ އީރާނުގެ ރަށެކެވެ. އެތަނުގެ މީހުން ވާހަކަ ދައްކާ ބަހަކީ ފާރިސީ ބަހެވެ. އެހެން ކަމުން

މި ދެންނެވި ބަސްތައް ދިވެހީންނަށް އެންމެ ފުރަތަމަ ކިޔައިދިނީ ޢަރަތްބެއްޯތ ނުވަތަ ފާރިސީއެއްޯތ، މި ސުވާލުގެ ޖަވާބުގައި އެއީ ފާރިސީއެއް ކަމަށް ބުނާން ޖެހޭ ކަމަށް

އަޅުގަނޑަށް ގަބޫލު ކުރެވެއެވެ.

24

އަހުމަދު ޒާހިރު )ހިރިގާ( ފަސްމަންޒަރު

ތިންވެރިން ތަާފތެެވެ.

ރަސްކަމަކުން ޖުމުހޫރިއްޔަތަކަށް ބަދަލުވުމަށް ފަހު ފުރަތަމަ ވެރިކަން ކުރެއްވި މުހައްމަދު އަމީން ދީދީގެ ވެރިކަމުގެ ވައްޓަފާޅިއާ ބެހޭ ޮގތުން މާ ޮބޑު އެއްޗެއް ބުނާކަށް ނެތީމެވެ؛ ތަފާތު ސަބަބުތަކާ ހުރެ އެވެ. ނަމަވެސް

އޭގެ ފަހުގެ ތިން ވެރިންގެ ޮޕލިސީއާ ބެހޭ ޮގތުން ޮކންމެވެސް ވަރަކަށް ވާހަކަ ދައްކާލާނަމަވެ.

ފުރަތަމަ އިބްރާހީމް ނާސިރެވެ. ޯވރާ ވިޔަފާރިވެރިންގެ އަތުން ރާއްޖޭގެ އިގްތިސާދު ސަލާމަތްޮކށްދެއްވީ، 1965 ވަނަ އަހަރު އިނގިރޭސިންގެ

އަތުން ރާއްޖެ މިނިވަންޮކށްދެއްވި ނާސިރެވެ. ޮކންޓްޯރލް ކުރެވިފައިވާ މާހައުލެއްގައި އަދި ނާސިރު ވެސް ވިޔަފާރި ކުރައްވަމުން އޭނާ ގެންގުޅުއްވީ ވައްތަރެއްގެ ޯއޕަން މާކެޓް އެޮކނަމީއެއް ކަމަށް ބައެއް ފަރާތުން ބުނެފާނެ އެވެ. ނަމަވެސް އެއީ މުޅިން ފްރީމާކެޓް އެޮކނަމީއެއް ކަމަށް ބުނުމަކީ ހަމަ

ޔަގީނުން ވެސް ކުށް ބަހެކެވެ. އެކަމަކު ނާސިރަކީ ވިޔަފާރިއަށް ޯލބި ކުރައްވާ، ދިވެހިންގެ އިގްތިސާދު ދިވެހިންގެ ޮކންޓްޯރލްގެ ދަށުގައި ބޭއްވުމަށް ޯލބި

ކުރެއްވި ބޭފުޅެއްކަމާ މެދު ދެބަސްވާނެ މީހަކު ހުންނާނެ ހެނެއް ހިއެއް ނުވެ އެވެ. ޮބޑު ވަޒީރުކަމާއި ރައީސް ކަމާ އެކު ނާސިރު ރާއްޖޭގެ ވެރިކަން 20 އަހަރު ކުރެއްވުމަށް ފަހު ވެރިކަމުން ފައިބައިވަޑައިގަތް އިރު، ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރައްވައި، އިގްތިސާދީ މިނިވަންކަމުގެ ބިންގާ އަޅުއްވައި

ސިޔާސީ މިނިވަންކަން ޯހއްދަވައިދެއްވައިފައިވެ އެވެ. އެއަށް ފަހު ފެށުނީ މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމެވެ.

މައުމޫން ވެސް ރާއްޖޭގެ އިގްތިސާދު މައިގަނޑު ޮގތެއްގައި ޓޫރިޒަމްގެ މައްޗަށް ފުޅާކުރައްވައި ރާއްޖޭގެ އިގްތިސާދު ދިވެހިންގެ އަތްމަތީގައި ބޭއްވުމަށް ހަރުދަނާ

ފިޔަވަޅުތަކެއް އަޅުއްވައި ދިވެހި އިގްތިސާދުގެ ތެރެއަށް ޮކންޓްޯރލެއް ނެތް ވަރަކަށް ބޭރުގެ ނުފޫޒުތަކަށް ޮތރުފުމުގެ ފުރުސަތެއް ނުދެއްވި އެވެ. ނާސިރުގެ

ވެރިކަން ނިމުނު އިރު ރާއްޖޭގެ އަމިއްލަ ބަހަށް ލިބިފައިވާ ހީނަރުކަން އަނބުރާ އިޔާދަ ކުރެއްވުމަށް މަސައްކަތްތަކެއްކުރައްވައި ގައުމިއްޔަތު ދިރުވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި އެވެ. އަދި އިސްލާމީ ތަރަހައެއްގެ ތެރޭގައި

ޯސޝަލިޒަމާއި ފްރީމާކެޓް އެޮކނަމީގެ މަސްހުނި ނިޒާމެއްގެ ތެރެއިން ރާއްޖެއަކީ ފަގީރު ގައުމުތަކުގެ ލިސްޓުން ތަރައްގީވެފައިވާ ގައުމެއްގެ އުސްމިނަށް ރާއްޖެ އުފުލާލެއްވި އެވެ. މައުމޫންގެ 30 އަހަރުގެ ވެރިކަން ނިމުނު އިރު، ރާއްޖޭގެ

ރައްޔިތުންގެ އަތުން ސިޔާސީ އަދި އިގްތިސާދީ މިނިވަން ކަމެއް ނުގެއްލެ އެވެ. އަދި އެ މިނިވަންކަމަށް ބޭރުބަޔަކަށް އަރައިގަތުމުގެ ފުރުސަތެއް ވެސް ނުދެއްވި

އެވެ. މައުމޫންގެ ވެރިކަން ނިމުނު އިރު އާ ގާނޫނު އަސާސީ އަކާ އެކު، ދިވެހިންނަށް ވަނީ ފުރިހަމަ އަށް ފަރުދީ މިނިވަންކަން ޯހދައިދީފަ އެވެ. މީގެ ދޭއްބައި އަހަރު ކުރިން މުހައްމަދު ނަޝީދުގެ ވެރިކަން

ފަށައިގަތީ ޑިޮމކްރަޓިކް ވެރިކަމެއްގައި ހުރި ޮފނި މީރުކަން ދިވެހިންނަށް ދައްކުވައިދެއްވާނެ ކަމުގެ ޮފނި ވައުދާ އެކު އެވެ. ނަމަވެސް އެކަން އަދި

ޖެހޭނީ ތަޖުރިބާ ކުރާށެވެ. ނަޝީދުގެ އިގްތިސާދީ ސިޔާސަތަކީ ސެންޓަރައިޓް ސިޔާސަތެއް ކަމަށް ފާޅުގައި އިއުލާން ކުރެއްވި އެވެ؛ މާނައަކީ ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސްގެ މައްޗަށް، އެކަމަކު ސަރުކާރުން ވިޔަފާރިނުޮކށް، ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ސިޔާސަތެއް ބިނާ ކުރުމެވެ. ނަޝީދުގެ ކެމްޕެއިން ސުޕީޗެއްގައި އެމަނިކުފާނުގެ ވެރިކަމެއްގައި، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީޯއ ޯނންނާނެ ކަމަށް ވިދާޅުވި އެވެ. ނަޝީދުގެ ސިޔާސަތަކީ ޯސޝަލިޒްމްގެ އުސޫލުން ހިންގާ ވެރިކަމެއްޯތ ނޫނީ އެކިޔާ ސެންޓަރައިޓް

ސިޔާސަތެއްޯތ އަދި ޮއޅުން ފިލާވަރެއް ނުވެ އެވެ. ޮބޑަށް ވައްތަރީ މައުމޫން ގެންގުޅުއްވި މަސްހުނި، އަދި ޯސޝަލިސްޓް އުސޫލަކާ އެއްޮގތަށް ހިންގާ

ނިޒާމަކާ އެވެ. ރަނގަޅު ވާހަކަ އެކެވެ. ނަޝީދުގެ ވެރިކަމަށް އަދި މާ ގިނަ

ދުވަހެއް ނުވެ އެވެ. ނަމަވެސް ވަރަށް ފާޅުކަން ޮބޑު ޮގތެއްގައި އެއްކަމެއް ވަރަށް ރަނގަޅަށް އެބަ ސާބިތުވެ އެވެ. އެއީ ނާސިރު ޯހއްދަވައިދެއްވި އަދި މައުމޫންގެ 30 އަހަރުގެ ތެރޭގައި ވެސް ދިވެހިންގެ ފުރިހަމަ ޮކންޓްޯރލްގެ ދަށުގައި ޮއތް ވިޔަފާރި ސިޔާސަތު- ހަރުދަނާ ފިޔަވަޅެއް ނޭޅިއްޖެ ނަމަ-

ޮބލާ ޮފށާއެޅި ދިވެހިންގެ ޮކންޓްޯރލް ގެއްލުމުގެ ހުރިހާ ޮކޅުމައްޗެއް އެބަފެނެ އެވެ.

ސަރުކާރަކަށް ރައްޔިތުންނަކަށް ޮކންމެ ފަހަރަކު ކާންޯބންދޭން ވިސްނުމަކީ ޮމޔަ ވިސްނުމެއް ކަމަށް އިގްތިސާދީ ތަޖުރިބާކާރުން ބުނެ އެވެ. އަދި ސުނާމީ ފަދަ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އަބަދު ކާން

ދިނުމުގެ ބަދަލުގައި އެފަދަ ފަރާތްތަކަށް، މަހަށް ދިޔުމަށް ޮދއްޓެއް ދިނުން ވެސް އެ އަށްވުރެ ޮބޑަށް ރަނގަޅުވާނެ ކަމަށް އިގްތިސާދީ މާހިރުން ބުނަނީ

އެހެންވެގެންނެވެ. އެ ސަބަބުތަކާ ހުރެ ރާއްޖޭގެ ރައްޔިތުންނަށް ދުޅަހެޮޔ މުސްތަގުބަލެއް ޯހދައި ދިނުމަށް، މިނިވަން ވިޔަފާރިއެއް އެކަމަކު އެ ވިޔަފާރި

ދިވެހިންގެ އަތްމަތީގައި ބޭއްވުމަށް ބާރު އަޅަން ޖެހެ އެވެ. އަދި އެ ސިޔާސަތު ކުރިއަށް ނެރޭ ފަރާތްތަކަށް އިސްކަންދޭން ޖެހެ އެވެ. ސަރުކާރުގެ އިގްތިސާދީ ސިޔާސަތަކީ ވަކި ބަޔަކަށް މަންފާވާ ޮގތަށް ބައްޓަންޮކށްފައިވާ

ސިޔާސަތެއް ނަމަ އޭގެ ހިތި ރަހަ އެންމެންގެ ކަރުބުޑުގައި ލާނެކަން ގައުމުގެ އިގްތިސާދީ ސިޔާސަތަކީ ކުޅޭކުޅޭ ހަނދާން ކުރަން ޖެހެ އެވެ. އެއްޗެއް ނޫނެވެ؛ އެ އަށް ޓެސްޓް ކުރުމަށް ޖާގަދެވޭކަށް ނެތެވެ. އަނގަޔާއި އަތާ ދިމާނުވެ ޑިޮމކްރަސީއެއް އަށަނުގަންނާނެކަން ހަނދާން ކުރަން ޖެހެ

އެވެ.

26

ސިއްކަ

އެންމެ ފަހުން ކަނޮދޅުދޫގައި ކީ ޮބޑު މާލޫދު

ސިއްކަގޭ މުހައްމަދު ނަސީމް

އާދެ އެއީ 1977 ވަނަ އަހަރެވެ. އަޅުގަނޑު ކަނޮދޅުދުއަށް ދިޔައީ އެވަގުތު ރ. އަޮތޅުގެ އަޮތޅު ޮއފީހާ ހަވާލު ވެހުންނެވި އަލްފާޟިލް

މަންދު ޢަބްދުهللا ވަޙީދާ އެކުގައެވެ.ކަނޮދޅުދޫގައި މި ފަހަރު މި ކިޔާ މާލޫދު ކިޔަނީ، މާލޫދު

ކިޔުމުގެ މުސްކުޅި ޮގތަށެވެ. މާލޫދަށް ޓަކައި ރަށް ޒީނަތްތެރިކުރުމަށް 2886 އަކަ ފޫޓުގެ މަގުފާރު ރޭނުނެވެ. އަދި ފާލަމެއް އަޅައި، ވަގުތީ ފާހާނާތައް

ވެސް ހެދުނެވެ. ދައުވަތު ދެވުނީ ރ. އަޮތޅުގެ ރައިއްޔަތަށާއި، މާލޭގެ ބައެއް އިއްޒަތްތެރީންނަށެވެ. މި ދައުވަތަށް

މީހުން އަންނަން ފެށީ 30 ޮއކްޯޓބަރު 1977 ގައެވެ. މީދޫ ރައްޔިތުންނާއި،

މަޑުއްވަރީ ރައްޔިތުންނާއި، އަދި ރަސްމާދޫގެ ރައްޔިތުން އައީ އެމީހުން އައި

ޯދނިފަހަރުގައި ކުޅިވަރު ކުޅެމުންނެވެ. މާލޫދު ފައްޓަވައިދެއްވުމަށް ޓަކައި ވަޑައިގެން ހުންނެވީ އައްޝައިޚް މުޙައްމަދު ޖަމީލް ދީދީ އެވެ. އަދިވެސް މާލޭގެ އިއްޒަތްތެރި ދިހަވަރަކަށް ބޭފުޅުން

ވަޑައިގަތެވެ.އަޮތޅުތެރެއިން އައި މީހުންގެ ޖުމުލައަކީ 3455 ފިރިހެނުންނާއި 3291 އަންހެނުންނެވެ. ޖުމުލަ 6746 މީހުންނެވެ. ރަށުން ބޭރުން އައި ފުރާދުއްވާ އުޅަނދުފަހަރުގެ އަދަދަކީ 142 ގަނޑެއްޗެވެ. ކެއުން ބޭއްވޭ ހަރުގެއެއްގެ ޮގތުގައި ތިން ހަރުގެ އެޅުނެވެ. އެއީ 2430 އަކަފޫޓުގެ

ހަރުގެއަކާއި، 2990 އަކަފޫޓުގެ ހަރުގެއަކާއި، 2914 އަކަފޫޓުގެ ހަރުގެއެކެވެ. މި ހުރިހާ ހަރުގެއެއްވެސް ހެދީ ނުހަނު ރީއްޗަށް ދަނޑިފަނުންނެވެ.

މާލޫދަށް ކެއުން ތައްޔާރުކުރީ 204 ގެއިންނެވެ. ކެއުން ތައްޔާރުކުރާނެ ހުރިހާ ތަކެއްޗެއް ރަށު ޮއފީހުން ދިނެވެ. އަދި ގޭގޭގެ ވެރީން އެއަށްވުރެ މާގިނަ ތަކެތި ރަށަށް އެތެރެޮކށްފައި ވެއެވެ. ތައްޔާރުކުރަން ޖެހެނީ ޖުމުލަ ހަތް ކޭމެކެވެ. އެއީ ނަނުފުރި ކޭމާއި، އިރާ ކޭމާއި، ސައި ކޭމާއި، ދަމު

ކޭމާއި، ރިހަބަތް ކޭމާއި، ސައި ކޭމާއި، ދަތުރު ކޭމެވެ. ނަނުފުރި ކޭމުގައި ހުންނަނީ ބަތާއި ރިހަޔާއި ޮބނޑިބަތެވެ. ދެން

ޮއންނަނީ އިރާ ކޭމެވެ. މި ކޭމުގައި ބަތާއި، ހަކުރުގަނޑާއި، މަސްޮރށިގަނޑާއި،

ޮފޅިގަނޑާއި، މެޓަޔާއި، ހަލުވިދާއާއި، ސާގު ޮބނޑިބަތާއި، ޮދންކޭލާއި، ކުކުޅާއި، ކުކުޅު ބިހާއި، ދެ ވައްތަރުގެ ސަޓަންޏާއި، ދެ ވައްތަރުގެ ރިހަޔާއި ޯހބެލިހެއްޯޔ ކިޔާ މަހުން ހަދާފައި، ހަރުޮކށް ހުންނަ އެއްޗަކާއި، ފަނި ހުރެއެވެ. އެއަށްފަހު

ދެން ޮއންނަނީ ސައި ކޭމެވެ. މިއީ ހެނދުނު ސައި ކޭމެވެ. މި ކޭމުގައި ހުންނަނީ އަވެއްޔާއި، ސަޔާއި، ދެ ވައްތަރުގެ ޯބކިބަލާއި ހަދިޔާއެވެ. އެއަށްފަހު

ޮއންނަނީ ދަމު ކޭމެވެ. ދަމު ކޭމުގައި

ކުކުޅު ފިޔަވައި އިރާ ކޭމުގެ ހުރިހާ

ބާވަތެއް ހިމެނޭނެއެވެ. އެއަށްފަހު

ދެން ޮއންނަނީ ރިހަބަތް ކޭމެވެ. މީގައި ހިމެނެނީ ބަތާއި ރިހަޔާއި ދެ ވައްތަރުގެ ޮބނޑިބަތެވެ. އެއަށްފަހު

އަނެއްކާވެސް ސައި ކޭމެއް ޮއވެފައި، ދެން

ޮއންނަނީ ދަތުރު ކޭމެވެ. ދަތުރު ކޭމުގައި އިރާ ކޭމުގެ ހުރިހާ ވައްތަރެއް ހިމެނޭނެއެވެ.

މި ޮބޑު މާލޫދު ފެއްޓީ 30 ޮއކްޯޓބަރު 1971 ދުވަހުގެ ރޭ 9:30 ގައެވެ. މާލޫދު ފެއްޓުމުގެ ކުރީން އައްޝައިޚް މުޙައްމަދު ޖަމީލު ދީދީގެ ދީނީ

ތަގުރީރެއް ޮއތެވެ. މާލޫދު ފައްޓަވައިދެއްވީ ވެސް މުޙައްމަދު ޖަމީލު ދީދީ އެވެ. މުސްކުޅި ޮގތަށް މާލޫދު ކިޔުއްވީ މީދޫ މާލޫދުބައިގެ ފަރާތުންނެވެ. ފެއްޓެވީ މީދޫ ކަތީބު އަލްފާޟިލް އަޙުމަދު އިސްމާޢީލެވެ. މި މާލޫދު ދެރޭ

ދެދުވާ ވަންދެން ދެމިޮއތެވެ. މީދޫގެ އިތުރުން މާލޫދު ކީ އަލިފުށި، އުނގޫފާރު، އަދި މަޑުއްވަރި މި ރަށްރަށުގެ މީހުންނެވެ. ރަށުގެ ދެ އަވަށުގައި ވަރަށް ރަނގަޅު ފެންވަރުގެ ދެ ކެންޓީނު ވެސް ހިނގަމުން ދިޔައެވެ. މިހާ ގިނަ

އަދަދެއްގެ މީހުން އުޅޭ އިރު، ބޭނުންވާނޭ ފުރިހަމަ ސިއްހީ ހިދުމަތް ދިނުމަށް ޓަކައި އެފަދަ މަރުކަޒެއް އެކަށީގެންވާ ހިދުމަތްތަކާއެކު ތައްޔާރުކުރެވިފައި

ވެއެވެ. މި ޮބޑު މާލޫދު ނިމި، ކަނޮދޅުދޫން މީހުން ފުރީ 1 ޮނވެމްބަރު 1977 ގައެވެ.

މީގެ ތިން ހަތަރު ދުވަހެއް ކުރީން އެމެރިކާގެ ޮވޝިންގޓަނުގައި ހުންނަ ޔޫ.އެސް. އިންޓަރނޭޝަނަލް ޓްރޭޑް ޮކމިޝަނުގެ ފަނޑިޔާރަކު އެޕަލް ކުންފުނީގެ ދައުވާއެއް ނަގަހައްޓައި، އެޗްޓީސީ އާ ދެޮކޅަށް ކުރި ހުކުމުގެ

ސަބަބުން އެޗްޓީސީއަށް ވަރުގަދަ ޮޝކެއް ލިބި، ކުންފުންޏަށް އެތައް ސަތޭކަ މިލިއަން ޮޑލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހުމުގެ ބިރު ކުރިމަތިވެފައި

ވާ އިރު، މި ހުކުމުގެ ސަބަބުން ގޫގްލްގެ އެންޑްޮރއިޑަށް ވެސް ވަރުގަދަ އިންޒާރެއް ލިބިގެން ހިނގައްޖެއެވެ.

އެންޑްޮރއިޑް ޕްލެޓްޯފރމް ބޭނުންޮކށްގެން އެޗްޓީސީން އުފައްދާފައިވާ ސްމާރޓްޯފނުގައި އެޕަލްގެ ދެ ޕޭޓެންޓް ބޭނުންޮކށްފައިވާ ކަމަށް ބުނެ، އެއީ

ޮކޕީރައިޓް ހައްގުތަކަށް އަރައިގަތުމެއް ކަމަށް ފަނޑިޔާރު ނިންމާފައި ވާ އިރު، މީގެ ސަބަބުން އެޕަލް ކުންފުންޏަށް އެ ކުންފުނީގެ ވާދަވެރީންނާ ދެޮކޅަށް

ޮބޑު ކާމިޔާބެއް ވަނީ ލިބިފައެވެ. މި ހުކުމުގެ ދަށުން ބަލާއިރު، އެންޑްޮރއިޑް ޮކންމެ ޑިވައިސްއެއްގައި

އެ ދެ ޕޭޓެންޓް ބޭނުންކުރެވިފައިވާ ކަމަށް ގަބޫލު ކުރެވެއެވެ. އެ ދެ ޕޭޓެންޓަކީ ޔޫއެސް ޕޭޓެންޓް ނަމްބަރ 5946647 އާއި ޔޫއެސް ޕޭޓެންޓް

ނަމްބަރ 6343263 އެވެ. އައިޓީސީ ފަނޑިޔާރުގެ ނިންމުމުގެ މުހިއްމުކަން ޮބޑުވާ އަނެއް

ސަބަބަކީ މައްސަލަ ޖެހުނު ދެ ޕޭޓެންޓަކީ އެ އެއްޗިއްސާ މެދު ޮމޮޓޯރލާއާއި ޮނކިއާ ވެސް އެޕަލް ކުންފުންޏާ އަރައިރުންވާ ދެ ޕޭޓެންޓް ކަމަށް ވުމެވެ.

މި މައްސަލައިގެ ސަބަބުން އެންމެ ފުރަތަމަ ފަހަރަށް އެންޑްޮރއިޑްގައި ތިންވަނަ ފަރާތެއްގެ ޮކޕީރައިޓް ބޭނުންކުރެވުނު ކަމަށް ކުރެވުނު ދައުވާއެއް

ކާމިޔާބުވީއެވެ. މީގެ ނަތީޖާއަކަށް ވާނީ ޮކން ކަމެއް ހެއްޔެވެ؟ ފަހަރެއްގައި އެޗްޓީސީގެ އެންޑްޮރއިޑް ހުރިހާ ޑިވައިސްތަކެއް އެމެރިކާއަށް އެތެރެކުރުން މަނާވެސް ވެދާނެއެވެ. އެފަދަ ނަތީޖާއެއް ވާނީ އެޗްޓީސީއަށް ތަހައްމަލު ނުކުރެވޭ ފަދަ ޮބޑު ބުރައަކަށެވެ. ޓައިވާނުގެ

ކުންފުންޏެއް ކަމަށް ވާ އެޗްޓީސީ ޯކރޕަރޭޝަނަކީ އޭޝިއާގެ ދެވަނައަށް އެންމެ ޮބޑު ސްމާރޓްޯފން އުފައްދާ ކުންފުންޏެވެ.

ން ބު ބަ ސަ ގެ މު މު ން ނި ީސ ީޓ އި އައް ރެ ާޒ ން އި ށް ޑަ އި ރޮ ޑް ން އެ ، އް ކެ ޝޮ ށް އަ ީސ ީޓ ޗް އެ

ހަމާ ގުޅޭ ރަނގަޅު ފައުންޑޭޝަން ޯހދުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. ގިނަފަހަރު އަވަހަށް ގެއިން ނުކުންނަން ލިޕްސްޓިކް ހާކައިގެން މަސްކަރާ އުނގުޅައިގެން ދަނީއެވެ. އެކަމަކު ޮބޑު ޕާޓީ އަކަށް ނުވަތަ

ހަފުލާއަކަށް ދާ އިރު، މޫނު ރީތި ޮކށް ބަހައްޓަން އެންމެންވެސް ބޭނުންވެ އެވެ. ފައުންޑޭޝަން އަކީ މޭކަޕްގެ ފެށުމެވެ. ފައުންޑޭޝަން ހޭކޭޮގތަކުން ނުވަތަ ހަމާ އެއްކުލަ ނުވުމުގެ ސަބަބުން މޫނުގެ ރީތިކަން ގެއްލެ އެވެ.

މޭކަޕް ޮކށްފައި ހުންނައިރު ވެސް ހީވާނީ ބައިވަރު ކުލަ މޫނުގައި ހާކައިގެން

ހުންނަހެނެވެ. ނުވަތަ ގަނޑުގަނޑަށް ފުށްޖަހައިގެން ހުންނަހެނެވެ. ނެޗުރަލް މޭކަޕެއް ކުރުމަކީ ގިނަމީހުން ބޭނުންވާ ޮގތެކެވެ. މޭކަޕް

ކުރަނީ މޫނުގެ ރީތިކަން އިތުރު ކުރުމަށާއި މޫނުގައި ހުންނަ އައިބުތައް ފިލުވައިލުމަށެވެ. މި ކަންތައްތަކަށް އެއްމެ ފުރަތަމަ އިޚުތިޔާރު ކުރާ

ފައުންޑޭޝަނަކީ ރަނގަޅު އެއްޗަކަށްވުން މުހިންމެވެ.

ފައުންޑޭޝަނެއް އިޚުތިޔާރު ކުރާއިރު

ފައުންޑޭޝަނެއް ގަންނަ އިރު އެންމެ ފުރަތަމަ ކަމަކަށް ބަލަންޖެހޭނީ އެ ފައުންޑޭޝަނަކީ މޫނާއި ގުޅޭ ފައުންޑޭޝަނަކަށް ވުމެވެ.

ޯނމަލް އަދި ޑްރައި ހަމަށް ލިކުއިޑް ނުވަތަ ކްރީމް ބޭސް ފައުންޑޭޝަނެއް ޚިޔާރު ކުރާށެވެ. އަދި ލޭބަލް ގަ ޮމއިސްޗަރައިޒިން

ނުވަތަ އެންޓި-އޭޖިން ބައި ހިމެނޭޯތ ބެލުން ރަނގަޅެވެ. މި ވައްތަރުގެ ފައުންޑޭޝަނުގައި ގްލިސަރިން އަދި ވިޓަމިން އީ ހިމެނެއެވެ. އެއީ މޫނުގެ

ހަން މަޑުޮކށް ޮއމާންޮކށް ހުރުމަށް އެހީވެދޭ މާއްދާތަކެކެވެ. ތެޮޔޮކށް ހުންނަ މޫނެއް ނަމަ ލިކުއިޑް ޮއއިލް-ފްރީ ފައުންޑޭޝަނެއް

ޚިޔާރު ކުރާށެވެ. ނޫނީ މިނެރަލް ޕައުޑަރ ފައުންޑޭޝަނެއް ޯހދާށެވެ. ތެޮޔ ހަމަށް މި ފައުންޑޭޝަންސް ބޭނުން ކުރުމުން މޫނުގެ ތެޮޔކަން ފިލައި މޭކަޕް ރީތިކަން

އިތުރު ޮކށްދެ އެވެ.ނާޒުކު ހަމެއް ލިބިފައިވާ މޫނެއް ނަމަ ނުވަތަ ލަކުނު ގިނަ މޫނެއްނަމަ، ހެވީ ފައުންޑޭޝަނެއް ބޭނުން ކުރަންޖެހެ އެވެ. އެއީ ލަކުނުތައް ޮފރުވައިލަން ޖެހޭތީ

އެވެ. މިކަހަލަ މޫނަކަށް ސްޓިކް ފައުންޑޭޝަނެއް ރަނގަޅުވާނެ އެވެ.

ހަމާ ގުޅޭ ކުލައިގެ ފައުންޑޭޝަން ޯހދުން

ވަރަށް ގިނަ ކުލައިގެ ފައުންޑޭޝަން ހުރެ އެވެ. ހަމާ ގުޅޭ ކުލައިގެ ފައުންޑޭޝަނެއް ގަންނައިރު ދޭއް ނުވަތަ ތިން ކުލަ ހަމުގައި ޖައްސައި ޓެސްޓް

ޮކށްލުން ރަނގަޅު ވާނެ އެވެ. ގިނަ މީހުންނަށް ހީވެފައި ޮއންނަ ޮގތުގައި ފައުންޑޭޝަންގެ ކުލަ

ޓެސްޓު ކުރުމަށް ޓަކައި އަތުގެ ޮކންމެ ތަނެއް ވެސް ބޭނުން ކުރެވިދާނެ އެވެ. އެހެން ހީވާ ސަބަބަކީ އަތުގެ ހަމުގެ ކުލަ މޫނުގެ ކުލަޔާ އެއްޮގތް ކަމަށް ހީވާތީ އެވެ. އެކަމު މިއީ ފައުންޑޭޝަން ކުލަ ޓެސްޓް ކުރަން އެންމެ ރަނގަޅު ޮގތެއް

ނޫނެވެ. ކުލަ ޓެސްޓް ކުރަން ކަރުދަށް ނުވަތަ ދަތް ޮދޅީގައި ފައުންޑޭޝަން ހާކާށެވެ. ޓެސްޓް ކުރެވެން ނެތް ހާލަތުގައި ފައުންޑޭޝަން ފުޅި މޫނާ ކައިރި

މިންނު

28

މޫނު ީރތި ކުރަން ބޭނުން ނަމަ! ވޭ ޝަނެއް ބޭނުން ޑޭ ރަނގަޅު ފައުން

ޮކށްލާފައި މޫނުގެ ހަމާ އެންމެ ގާތް ކުލަ ގަންނާށެވެ. އަތުގައި ހާކައިގެން ކުލަ ފާހަގަ ކުރުމަށް ވުރެ މި ޮގތް ވެސް ޮމޅު ވާނެ އެވެ.

ފައުންޑޭޝަން ހާކާނެޮގތް

ފައުންޑޭޝަނުގެ ބާވަތާއި ކުލަ އަށް ބަލާފައި ފައުންޑޭޝަން ގަތުމަށް ފަހު ދެން ޮއތީ ފައުންޑޭޝަން ހޭކުމެވެ. އެހެނީ ހޭކޭ ޮގތަކުން މޫނު ރީތި ވުމުގެ ބަދަލުގައި ހުތުރު ވެސް ވެދާނެ އެވެ. ނުވަތަ ޯޖކަރެއްގެ ސިފަ ވެސް އަތުވެދާނެ

އެވެ. އެހެން ކަމުން ފައުންޑޭޝަން ހާކާއިރު ތިރީގައި އެވާ ކަންތައްތަކަށް އިސްކަން ދޭން އާދަ ކުރާށެވެ.

• އެންމެ ފުރަތަމަ ކަމަކަށް މޫނު ރީތި ޮކށް ޮދވެ ޮމއިސްޗަރައިޒް ކުރާށެވެ. މޫނުގައި ހާކާ ޮމއިސްޗަރައިޒިން ކްރީމް ހޭކުމަށްފަހު އެއް މިނިޓް މަޑުޮކށްލާށެވެ. އޭރުން ހަމުގެ ތެރެއަށް ކްރީމް ހުންނާނީ ވަދެފައެވެ. ކްރީމް އަކީ އެސްފީއެފް ހިމެނޭ ކްރީމް އެއް ނޫން ނަމަ ޮމއިސްޗަރައިޒިން ކްރީމްގެ އިތުރުން ސަން

ކްރީމެއް ވެސް ހާކާށެވެ.

• ލިކުއިޑް އަދި ސްޓިކް ފައުންޑޭޝަން ހާކާ އިރު މޫނުގައި ހުންނަ އައިބުތައް ނުވަތަ ލަކުނުތަކުގައި ފުރަތަމަ ހާކާށެވެ. ޕައުޑަރު ފައުންޑޭޝަނެއް ނަމަ

މޫނުގެ ކުލަ އެއްވަރު ނުވެ ހުންނަ ތަންތަނުގައި ހާކާލާށެވެ. އެންމެ ގިނައިން ފައުންޑޭޝަން ހާކަން ޖެހޭނީ ޮކލުގަޔާއި ނޭފަތް ކައިރި އަދި ދަތް ޮދޅީގައެވެ.

މޫނުގައި ލަކުނު ނުހުންނަ ތަންތަނުގައި ޮކންމެހެން ފައުންޑޭޝަން ހާކާނެ ކަމެއް ނެތެވެ.

• ލިކުއިޑް އަދި ސްޓިކް ފައުންޑޭޝަން މޫނުގައި ހާކަން އަތް ބޭނުން ކުރެވިދާނެއެވެ. ލައިޓް މޭކަޕެއް ބޭނުން ނަމަ ސްޮޕންޖެއް ތެންމާލައިގެން އޭގެން

ލިކުއިޑް އަދި ސްޓިކް ފައުންޑޭޝަން މޫނުގައި ހާކާށެވެ. • ޕައުޑަރު ފައުންޑޭޝަނެއް ނަމަ "ކަބުކީ ބްރަޝް" އެއް ބޭނުން ކުރާށެވެ.

"ކަބުކީ ބްރަޝް" އަކީ ޮބޑުޮކށް ވަރަށް މަޑު )ފިރިހެނުން ޝޭވިން ކްރީމް ހާކަން ބޭނުންކުރާ ބްރަޝް ކަހަލަ( ބްރަޝް އެކެވެ. ބްރަޝް މޫނުގައި ހާކާނީ ވަށް

)ސަރކިއުލަރ( ޮގތަށެވެ. • އެއް ފަހަރާ ގިނަ ފައުންޑޭޝަން ހޭކުމުގެ ބަދަލުގައި، ފުރަތަމަ ހާކާނީ

މަދުންނެވެ. އެވަރުން ނުފުދިއްޖެ ނަމަ އިތުރަށް ހާކާނީ އެވެ. އޭރުން ނެޗުރަލްޮކށް ފައުންޑޭޝަން ބަހައްޓަން ވެސް ފަސޭހަވާނެއެވެ.

ފައުންޑޭޝަން ހޭކުމަށް ފަހު "ޓްރާންސްލޫސަންޓް ޕައުޑަރ" އެއް

29

)މިއީ ވަރަށް ލައިޓް ފުށެއް( ހާކާށެވެ. އެކަމަކު، މޫނަކީ ވަރަށް ޑްރައި މޫނެއް ނަމަ ނުވަތަ ޕައުޑަރ ފައުންޑޭޝަން ބޭނުން ޮކށްފައިވާ ނަމަ ފުށް ނުޖެހިޔަސް

ރަނގަޅު ވާނެ އެވެ. މިހާރު ތިހުރީ މޭކަޕް ކުރުމުގެ ފުރަތަމަ ބައި ނިމިފަ އެވެ. ދެން

ހަދަންވީ ޮގތް އަންނަ އަދަދުގައި ކިޔައިދޭނަމެވެ. އިންތިޒާރު ޮކށްލާށެވެ.

)ކުރީގެ އަދަދާ ގުޅޭ( "ރަޝާދެކެ އަހަރެން ވާ ޯލބި ރަޝާއަށް ވަޒަން ނުކުރެވޭނެއެކޭ މަށެއް ނުބުނަންތަ؟" އިހުސާން އައިސް

ރަޝާޤާގެ ކުރިމަތީގައި ހުއްޓުނެވެ. "ތިޮގތަށް ފިރިހެނުންނާ ދިމާއަށް ބެލީމަ މި ހިތުގަ ހާދަ ވޭނެއް އަޅައޭ." އިހުސާނު

މޭގައި އަތުން ޖަހާލި އެވެ. "މި ހިތް ޯރ ރުއިން ރަޝާއަކަށް އިހުސާސެއް ނުކުރެވެއެއްނު."

"ސާބަހޭ އިހޫ!" ރަޝާގާގެ އަޑުގައި ނުރުހުމުގެ ކުލަ ހިފި އެވެ. "އަހަރެން މި ބަލަނީ އަހަރެންގެ އެއްބަނޑު އެއްބަފާ ޮކއްޮކއާ ދިމާއަށޭ!" ރަޝާޤާގެ ދެޯލ ފެންކަޅިވެގެން

ދިޔަ އެވެ."ޮކއްޮކއާ ދިމާއަށް ބެލިއެއްކަމަކު އެތަނުގައި ދެން އެ ހުރި މީހާވެސް ފެންނާނެއެއްނު. އެއީ ހިލޭ ފިރިހެނެކޭ.

އެކަމެއް ނޭނގޭތަ؟""އެކަމަކު ތީ ޮބޑުވަރު." ރަޝްފާއަކަށް ނުހުރެވުނެވެ.

"ރަޝާ ޮގވައިގެން އެހެން ދުނިޔެއަކަށް ދާންވީނު." )ނުނިމޭ("ބުނަން ރަނގަޅު ވާހަކައެއް." ރަޝްފާއާ ދިމާއަށް

އިހުސާން ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. "ކަލެއާ ރަޝާޤާއާ ކިތަންމެ ގާތަސް، މި ދެމެދަށް ވަދެވޭހާ ގާތެއް ނުވެވޭނެ. އެކަން ހަނދާން ބަހައްޓާތި! ބުނަން ރަޝާ! ޮކންމެ މީހަކު

ޮކންމެ އެއްޗެއް ކިޔަސް، ހިލޭ ފިރިހެނުންނާ ދިމާއަށް ބެލުމަކީ ކުރެވޭ ޮބޑު ފާފައެއް."

ރަޝާޤާގެ އަތުގައި ހިފައިގެން އިހުސާން

30

ވަކި ނުވިނަމަ

މުހައްމަދު ާގސިމް، އއ. މަތިވެރި

ހިނގައިގަތެވެ. ދަނޑުގެ އަނެއް ފަރާތުން އަތިރިމައްޗާ ދިމާއަށް ޮއންނަ މަގުންނެވެ. ރަޝްފާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ.

ރަޝާޤާގެ އެހާލުގެ މައްޗަށް ހަމްދަރުދީގެ ޮލލަކުން ބަލާށެވެ. އަނެއްޮކޅުން ދަނޑުމަތީގައި ހުރި ޒައިދަށް ވެސް އެ މަންޒަރު ފެންނަމުން ދިޔައެވެ.އެރޭގެ އިރާޮކޅުގެ ވަގުތެވެ. ޒައިދު އިނީ ރަޝާޤާމެންގޭ ސިޓިންރޫމުގަ

އެވެ. އެކަނިމާ އެކަންޏެވެ. ނަޒަރު ހުއްޓިފައި ހުރީ ފާރުގައި ހަރުޮކށްފައި ހުރި ރަޝާޤާގެ ޮފޯޓއަށެވެ. އެޮފޯޓގައި ރަޝާޤާ އިނީ، ޮދންވެލި ތުނޑިއެއް މަތީގައި ވެއްޔާ ކުޅޭށެވެ. ތުންފަތް މަތީގައި ދުވެލަ ދުވެލާ ހުރީ ލުއި ލުއި

ހިނިތުންވުމެކެވެ. ނިތްމައްޗަށް ވެއްޓިފައި ޮއތް އިސްތަށިޮކޅު، ރަޝާޤާގެ އެއްޮލލާ ކުރަމުން ދިޔަ ސަމާސާއަށް ގެއްލިފައި ޒައިދަށް އިނދެވުނީ

އެސްފިޔަ ޖަހާލަން ވެސް ހަނދާންނެތިފަ އެވެ. އިރުޮކޅަކުން ފެނުނީ ރަޝާޤާ އައިސް ވަންތަނެވެ. ޒައިދު އަވަސް އަވަހަށް

އިސް ޮއބައިލި އެވެ. ހަމަ އެ ސިކުންތުގައި ރަޝާޤާގެ މޫނަށް ނަޒަރު ހުއްޓާލަމުން ހިނިތުންވެލި އެވެ.

"މަންމަ އުޅުނު ރަޝާޤާ ޯހދަން." "ޮކބާ؟" ޒައިދާ ދިމާއަށް ބަލައިލަމުން ރަޝާޤާވެސް ހިނިތުންވެލި

އެވެ."ވެއްޖެ ބަދިގެ ފަރާތުގައި."

"ޮކންތާކަށް ޮކންމެ ރެއަކު މިގަޑީގައި ތިދަނީ؟" ރަޝާޤާ ހިނގައިގަތުމުން ޒައިދު އަހައިލި އެވެ.

"ކިހިނެއްވީ؟" ރަޝާޤާ ހުއްޓުނެވެ. "ކަމެއް ނުވޭ! ހަމަ އަހައިލީ."

"ނުބުނެފިއްޔާ..."

31

"އެންމެ ރަނގަޅު. އެކަމަކު ބައްޕަ ބުންޏެއްނު ރޭގަނޑު ބޭރަށް ނުދާށޭ!"

"އެހާ ގިނައިރެއް ނުވަމެއްނު." ރަޝާޤާ އަނެއްކައިވެސް ހިނގައިގަތެވެ.

"ވާހަކައެއް އަހާލަންތަ؟" "ހޫނ..." ރަޝާޤާ އެނބުރި ޒައިދާ ދިމާއަށް ބަލައިލި

އެވެ."މިއަދު ހަވީރު ކާކު ރަޝާޤާގެ އަތުގައި ހިފައިގެން ގެންދިޔައީ." ޒައިދުގެ ސުވާލުން ރަޝާޤާ ސިހުނެވެ. ކުއްލިއަކަށް ދޭނެ ޖަވާބެއް

ހިތަކަށް ނައެވެ."ރައްޓެއްސަކު ސަމާސާއެއް ޮކށްލީ ޯދ!" އާދައިގެ ޮގތަކަށް ޒައިދު ހިނިތުންވެލި އެވެ. ދޭނެ ޖަވާބެއް ރަޝާޤާއަށް

ނޭނގުމުން އެހީވި ކަހަލަ އެވެ. "އާނ،" ރަޝާޤާ އަވަސް އަވަހަށް ހިނގައިގަތެވެ. ޒައިދުގެ ކިބައިން އިތުރު ސުވާލެއް އައުމުގެ ކުރިން، ފިލަން އުޅުނު ކަހަލަ

އެވެ. ޒައިދު ކަޅި ޖަހާނުލައި ބަލަން އިނެވެ.ހެނދުނުގެ ސައިގެ ކަންތަކުން އަވަދިވެގެން ސިތާރާ

ވަނީ ގިފިއްޔަށެވެ. ދާވެފައި ހުރި އެއްޗެހިތައް ޮދވެލުމުގެ ގަސްދުގަ އެވެ. މަސައްކަތް ރަނގަޅަށް ނުފެށިގެން އުޅެނިޮކށް ޯފނު ރިންގުވާން

ފަށައިފި އެވެ. ސިތާރާ ޮގސް ޯފނަށް ބަލައިލި އެވެ. ނުދަންނަ ނަންބަރެކެވެ. ސިތާރާ ޯފނުނެގި އެވެ.

ސިޓިންރޫމުގައި އަހުމަދަށް ކިޔައިވައިދޭން ރަޝާޤާ އިނެވެ. ކިޔެވުމުގެ މޫޑެއް މިވަގުތު އަހުމަދުގެ ހުރިހެނެއް ހިއެއް ނުވެއެވެ.

އިރުއިރުޮކޅުން ރަޝާޤާއަށް ޖެހެނީ ހަނދާން ޮކށްދޭށެވެ. އިރުޮކޅަކުން ފެނުނީ ސިތާރާ ފާޑަކަށް ޮރއިފައި ކަހަލަ ޮގތަކަށް ހުރެ އައިސް ސިޓިންރޫމަށް ވަންތަނެވެ. މަންމަ ހުރި ޮގތް ފެނިފައި ރަޝާޤާއަށް

ފުންމައިގެން ކަހަލަ ޮގތަކަށް ތެދުވެވުނެވެ."ކިހިނެއްވީ؟" ކަމެއް ޯގސްވެއްޖެކަން ރަޝާޤާއަށް

ކަށަވެރެވެ."ބައްޕަގެ ފައިގައި ފުޮރއަކުން ޖެހުނީޯޔ!" ސިތާރާގެ އަޑު

ތުރުތުރު އަޅައިގަތެވެ."ފުޮރއަކުން ޖެހުނީއޭ؟" ރަޝާޤާއަށް ވެސް ލިބުނީ

ސިހުމެކެވެ. "މިހާރު މާލެ ގެންދަން އެބައުޅޭ! މަންމަވެސް

މާލެދާންވީޯޔ! ކިހިނެއް ހަދާނީ؟" ސިތާރާ ހުރީ ޮގތް ހުސްވެފައި އެވެ.

"ވަރަށް ޮބޑަށްތަ ކަފައިގެން ދިޔައީ؟" "މާލެ ގެންދަން އުޅޭނީ ވަރަށް ޮބޑަށް ކަފައިގެން

ދިޔާމައެއްނު.""ދެން ކިހިނެއް ހަދާނީ؟"

ޒައިދަށް އައިސް ގެއަށް ވަދެވުނީ އެވަގުތު އެވެ. ރަޝާޤާގެ ދެމައިން ތިބިޮގތް ފެނިފައި، ކަމެއް ޯގސްވެއްޖެކަން ޒައިދަށް ޔަގީން ކުރެވުނެވެ. ވެގެން އުޅޭޮގތް

ސިތާރާ ކިޔައިދިނެވެ."ކީއްކުރަން މާލެ ގެންދަނީ؟"

"އެރަށަކުން ނެޯތ ފަރުވާއެއް ދެވޭކަށް." ސިތާރާގެ ޮލލަކުން ތެތް ކަމެއް ނުކެނޑެ އެވެ.

"ރަށަށް ގެނެސް ދިވެހިބޭސްގަނޑެއް އަޅާލަނިޮކށް އެއްފަހަރުން ރަނގަޅުވެދާނެ." ޒައިދު މާޮބޑަކަށް ހާސްވެފައި ހުރިހެނެއް ހިއެއް ނުވެ އެވެ.

"މިރަށަކު ނޫޅޭނެ ދިވެހިބޭސް ކުރަން ދަންނަ މީހަކު." "އެކަމަކަށް އިތުރު މީހަކު ބޭނުމެއް ނުވާނެ. ދައްތަ ޮގސް އަވަހަށް އެރަށަށް ގުޅާފަ ބުނޭ ވަހީދުބޭ މާލެ ގެންދާނެކަމެއް ނެތޭ. ރަށަށް ގެންނާށޭ! އެންމެ ބޭސްގަނޑަކުން ތިކަން ރަނގަޅުޮކށްލާނަން. ވަރިހަމަ ކިތަންމެ ޮބޑަށް

ކަނޑައިގެން ޮގސްފައި ހުއްޓަސް.""ޒައިދު ދަންނަންތަ ދިވެހި ބޭސް ކުރަންވެސް."

"ތިވާހަކަ މިވަގުތު ބާއްވާ. ފަހުން ތިވާހަކަ ދެއްކިދާނެ. މިހާރު އެންމެ މުހިންމީ އެރަށަށް ގުޅައިގެން ވީ އެންމެ އަވަހަކަށް ވަހީދުބޭ މިރަށަށް

ގެނައުން."ސިތާރާ ޯފނު ނަގައިގެން ގުޅަންފެށި އެވެ.

ފައިގައި އަޅާ ވޭނަކަށް ވަހީދަކަށް ކެތެއް ނުކުރެވެ އެވެ. އޭނާ އެނބުރެނީ އެވެ. އައްސާފައި ޮއތް ހުދު ޮފތިގަނޑު ވަނީ ލެއިން ޯފވެފަ

އެވެ. މިމަންޒަރު ފެނުމާއެކު ސިތާރާއަށް ޮރއިގަނެވުނެވެ. ރަޝާޤާއަށް ވެސް ޮރވިއްޖެ އެވެ. އަހުމަދުވެސް ހުރީ ޮރވިފަ އެވެ. ރަށުގެ އެތައް ބަޔަކު

އެގޭޮދށަށް ޖަމާވަމުން ދިޔައިރު، ޒައިދު އުޅުނީ ފަތްޕިލާވެލީގެ ބޭސްގަނޑެއް ތައްޔާރުކުރުމުގެ މަސައްކަތުގަ އެވެ.

މާ ގިނައިރުތަކެއް ނުވެ ބޭސްގަނޑު ތައްޔާރުޮކށްގެން ޒައިދު އަތުވެއްޖެ އެވެ. ވަހީދުގެ ފައިގައި އައްސާފައި ޮއތް ޮފތިގަނޑު ޮމހާލުމާއެކު

ދުނި ޖަހާފައި ލޭއަންނަންފެށި އެވެ. ކަފައިގެން ޮގސްފައި ހުރީ ވަރަށް ޮބޑަށެވެ. ފުންމިން ނޭނގުނަސް ދިގުމިނުގައި ހަތަރު ފަސް އިންޗިވަރު

ހުންނާނެ އެވެ. މިތަން ފެނިފައި އެތަނުގައި ތިބި ބައެއް މީހުން އެތަނުން ދުރަށް ޖެހުނެވެ. ބަލަން ނުކެރިގެންނެވެ. މޭ ޮބޑުވާޮގތް ވީ އެވެ. ސިތާރާއާއި

ރަޝާޤާއަށް ވެސް ޖެހެވުނީ ދުރަށެވެ. ޒައިދު ބަލާކަށް ނުހުރެއެވެ. ލޭ އައިސް އައިސް ހުއްޓާ ލޭމަތީގައި

ބޭސްގަނޑު ބާއްވައިފި އެވެ. ވަހީދަށް ތެޅެގަނެވުނެވެ. ހީވީ ޮލނުމިރުސްގަނޑެއް ބޭއްވިހެންނެވެ. ނަގައިގަތް ދިލައެއްގެ ތޫނުކަމުން ވަހީދުގެ ހެއަށް ޮގތްވާވަރުވި

އެވެ. "ދިހަވަރަކަށް މިނެޓްގެ ތެރޭގައި ދިލަ ކެނޑޭނެ." ޮފތިގަނޑަކުން ބަންނަމުން ޒައިދު ބުންޏެވެ. "ފަސްދުވަސް ބޭނުންވާނީ. ހުންނާނީ މުޅިން

ރަނގަޅުވެފަ." ޮފތިގަނޑު ރަނގަޅަށް ބަނދެލުމަށްފަހު ޒައިދު ހިންދެމިލި އެވެ. )ނުނިމޭ(

ަ

32

ފުރަތަމަ ފަހަރަށް ބޭއްވި އެފް.އޭ.އެމުގެ އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް އަލީ އާޒިމެވެ. ކުރީގެ ގައުމީ ކެޕްޓަން އަދި އެފް.

އޭ.އެމުގެ ރައީސް މުހައްމަދު ކަލީމާ ވާދަކުރެއްވުމަށް ފަހު އާޒިމް ޯހއްދެވީ

ވަރަށް ފުރިހަމަ ކާމިޔާބީއެކެވެ. އޭނާ އަށް ހަތް ޯވޓު ލިބިވަޑައިގަތް އިރު ކަލީމަށް ލިބިވަޑައިގަތީ ހަތަރު

ޯވޓެވެ. ފުރަތަމަ ޑިވިޝަނުގެ ހަ ކުލަބާއި ދެވަނަ ޑިވިޝަނުގެ ތިން ކުލަބަކުންނާއި ތިންވަނަ

ޑިވިޝަނުގެ ދެ ކުލަބަކުން ޯވޓު ދިން އިންތިހާބުގައި އާޒިމަށް ޯވޓު ދެއްވީ އޭނާގެ ކުލަބު ނިއު ރޭޑިއަންޓާއި، ވެލެންސިއާ އާއި، އީގަލްސް އާއި

މެކާޯނ އާއި ބީޖީގެ އިތުރުން ވިޔަންސާ އަދި ގުރައިދޫ އެވެ.

އާޒިމަށް ޯވޓު ނުދެނީ ވިކްޓަރީ އާއި ވީބީ އާއި މާޒިޔާ އާއި ހުއްރިއްޔާ އެވެ. މި އިންތިހާބަށް ފަހު އަންނަ އަހަރު ކުރީޮކޅު ބާއްވާ އިންތިހާބު

ކައިރިވަމުން އަންނަ އިރު އެފް.އޭ.އެމުގެ މަތިފަޑި ބަދަލުވުން ގާތީ "އެތެރޭގައި" ތިއްބެވި ބޭފުޅުން ކުޅުއްވާ ގޭމަކުން ކަމަށް މިހާރު ވަނީ ގަބޫލު ކުރެވެން

ފަށައިފައެވެ.

އާޒިމް ހިންގާ ޮކމިޓީ ޮހވީ ކިހިނެތް؟

ހިންގާ ޮކމިޓީ އަށް ބޭފުޅުން އިންތިހާބު ކުރުމުގައި ވެސް އާޒިމް އަށް ޯވޓު ދެއްވި ކުލަބުތަކަށް އިސްކަންދީފައިވެއެވެ. ބީޖީ ފަދަ ކުލަބުތަކުން އެފް.

އޭ.އެމުގެ ހިންގާ ޮކމިޓީން ޖާގަ ޯހދުމަކީ މީގެ ހެއްކެކެވެ. އާޒިމަށް ޯވޓު ނުދެއްވާ

ކުލަބަކުން ހިންގާ ޮކމިޓީ އަށް އިންތިހާބު ކުރީ ވިކްޓަރީގެ ޕެރިސް އަހުމަދު ނަސީމެވެ. އެއީ ފުޓްޯބޅައިގެ އެންމެ ކާމިޔާބު އަދި އެންމެ ބަސްވިކޭ ތިން ކުލަބު ހިންގާ

ޮކމިޓީގައި ހިމަނަންވެގެން އާޒިމާއި އޭނާގެ ޓީމުން ބޭނުންވުމުންނެވެ. އިންތިހާބާ ދެޮކޅަށް ވީބީ އާއި

ވިކްޓަރީ ފަދަ ކުލަބުތަކުން މުޒާހަރާ ކުރަމުންދަނިޮކށް، ވިކްޓަރީގެ

ފަރާތުން ޕެރިސް ހިންގާ ޮކމިޓީ އަށް ވާދަ ނުކުރައްވާނެ ކަމަށް ނިންމައި އިންތިހާބު ޮއތް ދުވަހު ހެނދުނު ސިޓީ އެއް އިންތިހާބުގެ

ކަންކަން ބަލަހައްޓަވަން އޭ.އެފްސީން ވަޑައިގެންނެވި ޮކމިޓީ

އަށް ހުށަހަޅަން ތައްޔާރުވިއެވެ. އެއީ އާޒިމް އިންތިހާބު ކާމިޔާބު ކުރައްވާނެކަން ކަށަވަރުވުމުން، ވިކްޓަރީން ހިންގާ ޮކމިޓީގައި

ބައިވެރިވާން ބޭނުންނުވުމުންނެވެ. އެކަމަކު އެކަން ކާމިޔާބުނުވީ

ވިކްޓަރީގެ ފަރާތުން ސިޓީ ހިފައިގެން ވަޑައިގެންނެވި ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގަށް ޮކންގްރެސް ފަށަންވާއިރަށް އިންތިހާބު

ބޭއްވި ތަނަށް ނުދެވުމުންނެވެ. މި ސިޓީ ވިކްޓަރީން ޮފނުވަން އުޅުނުކަން ނުވަތަ ނޫންކަން މިހާރު އާޒިމާ ވަރަށް ގާތުން މަސައްކަތްކުރައްވާ ޕެރިސް އަށް އެނގިވަޑައިގަންނަވާކަމެއް މިހާތަނަށް ވެސް ޔަގީނެއ

ްނޫނެވެ. ހިންގާ ޮކމިޓީގައި މާޒިޔާ ވެސް ބައިވެރިކުރަން އާޒިމްގެ ޓީމުން ނިންމިއެވެ. އެކަމަކު މާޒިޔާ އަށް ދޭން ޮއތް ޖާގަ ގުރައިދޫގެ ފަރާތުން

ކުރިމަތިލެއްވި ވެލެންސިއާގެ އަހުމަދު މުހައްމަދު )ޮދނާ( އަށް އެންމެ ފަހު ވަގުތު ދެއްވީ މާޒިޔާއިން އާޒިމަށް ޯވޓު ދޭން އެއްބަސްވެ، ޯވޓު ނުދޭކަން

ކަށަވަރުވުމުންނެވެ.

ީބ ތި ހު ާޝ އި ާއ ީލ ޔަ ހި

؟ ތް ނެ ހި ކި؟ މަ ނަ ޖެ އް ވެ އި ބަ އި ބަ ރެ ތެ މް ީޓ ީތ ނެ ާދ ލި އް ގެ ން ކަ ން ޓަ ޕް ކެ ށް މަ ޒި ާއ

ަ

33

މިހާރުގެ ވާދަވެރިންނަކީ ޮކބާ؟

އާޒިމަށް އިންތިހާބު ކާމިޔާބު ޮކށްދެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ އެފް.އޭ.އެމުގެ ނާއިބް ރައީސް ހިޔަލީ މުހައްމަދު ރަޝީދާއި ޝާހު އިސްމާއީލެވެ. އިންތިހާބަށް ފަހު ޝާހަށް ޖެނެރަލް

ސެކްރެޓަރީކަން ލިބުނީ މިހެންވެއެވެ. ބީޖީގެ ޯވޓު އާޒިމަށް ޯހއްދައިދެއްވީ ޝާހެވެ. ވެލެންސިއާ އާއި އީގަލްސް އަދި ގުރައިދޫގެ ޯވޓުގެ އިތުރުން

އެހެން ބައެއް ކުލަބުތައް ވެސް ހިޔަލީ ޮކންޓްޯރލް ކުރެއްވިއެވެ. ވިކްޓަރީ އާއި ވީބީ އަދި މާޒިޔާ ފަދަ ކުލަބުތަކުން އާޒިމަށް ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާއިރު އަންނަ އަހަރު ޮއންނަ އިންތިހާބުގައި ވެސް ހިޔަލީ

އާއި ޝާހުގެ އެހީތެރިކަން އާޒިމަށް ނުހަނު ބޭނުންވާނެއެވެ.

ޝާހު އިސްމާއީލް

އެކަމަކު މިހާރު ކަންހިނގަމުންދާ ޮގތަށް ބަލާއިރު ޝާހު ރައީސް ކަމަށް ކުރިމަތިލެއްވުމަކީ ދުރު ކަމެއްނޫނެވެ. ސަބަބަކީ އާޒިމްއަކީ ސިޔާސީ

ބޭފުޅަކަށްވުމުން އޭނާއާ މެދު އޭ.އެފްސީ އާއި ފީފާ އަދި ދިވެހި ބައެއް ކުލަބުތަކުން ވެސް ހިތްހަމަ ނުޖެހުމެވެ. އެންމެ ފަހުގެ އޭ.އެފްސީ

އިންތިހާބުގައި އެ ޖަމާއަތުގެ މިހާރުގެ ރައީސް ގަތަރުގެ މުހައްމަދު ބިން ހައްމާމަށް ޯވޓު ދެއްވާނެކަމަށް ވިދާޅުވެމެ، ފަހު ވަގުތު އާޒިމް ޯވޓު ނުދެއްވުމުން ހައްމާމް އާއި އާޒިމްގެ ގުޅުން އެހާ ރަނގަޅެއްނޫނެވެ.

އޭ.އެފްސީގެ ހިންގާ ޮކމިޓީގެ

ޮގނޑިއެއް އާޒިމަށް ލިބިވަޑައިގެންނެވި

ނަމަވެސް ހަގީގަތުގައި

އެއީ ފީފާ އާއި އޭއެފްސީގެ ވެރިންގެ ޯކޅުމުގެ ތެރެއިން ޝާހު އިސްމާއީލް

"ކާމިޔާބު ކުރެއްވި" ޮގނޑިއެކެވެ.

އެކިއެކި ގައުމުތަކާއި ގުޅުން ބަދަހިޮކށް، މަޝްވަރާޮކށް ޯވޓު

ކާމިޔާބު ކުރެއްވުމުގެ އިސް ދައުރު

އަދާޮކށް ޝާހު ވެސް ވަނީ އޭ.އެފްސީގެ

މުހިންމު ޮކމިޓީތަކުން ޖާގަ ޯހއްދައިފައެވެ. މިހެންވެ އާޒިމަށްވުރެ އެތެރެ އާއި ބޭރުގައި ވެސް

ޝާހުގެ މަގުބޫލުކަން ޮބޑުކަމަށް ބެލެވެ އެވެ.އެފް.އޭ.އެމުގެ ރައީސް ކަމަށް ވަޑައިގަތުމަކީ ޝާހު

ބޭނުންފުޅުވާ ކަމެކެވެ. މިހެންވުމާވެސް އެކު ކުރިއަށް ޮއތް އިންތިހާބުގައި އޭނާ އިތުރު ޯވޓެއް ޮކންޓްޯރލް ކުރައްވާނެއެވެ. ވެލެންސިއާ އާއި ނިއު

ރޭޑިއަންޓްގައި ގިނަ ދުވަސްތަކެއްވަންދެން ކުޅުއްވައި ވިކްޓަރީ ދެ މުބާރާތެއް ކުޅުނު ކުރީގެ ޯފވަޑް މި އަހަރުގެ ވެޓަރަންސް ފުޓުޯބޅަ މުބާރާތުގައި ވީބީގެ ޖާޒީގައި ފެނިގެންދާނެ ކަމީ މީގެ ހެއްކެކެވެ.

ބީޖީގެ ކުރީގެ ކުޅުންތެރިންނާއެކު ވީބީ ޓީމުގައި ޝާހު ފެނިގެންދާނެއިރު

އޭނާ ވަނީ ނިއު އަށް ކުޅުނު ބައެއް ކުޅުންތެރިން ވެސް ވިބީ އަށް ކުޅުވަން އެއްބަސްކުރުވާފައެވެ. މިއީ އިންތިހާބީ އުކުޅެއް ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ.

ހިޔަލީ

ހިޔަލީ އަކީ ވަރަށް ވިސްނުންތޫނު ބޭފުޅެކެވެ. މި ފަހަރުގެ އިންތިހާބުގައި ވެސް އޭނާ ނަންގަވާ ޮކޅަކީ ކާމިޔާބުވުމުގެ ފުރުސަތު އެންމެ ޮބޑުވާނެ ފަރާތެވެ.

ސަބަބަކީ ގިނަ ކުލަބުތަކެއް އޭނާ ޮކންޓްޯރލް ކުރެއްވުމާއި މީހުންނާ ބާއްވާ ހިކުމަތްތެރި ގާތް ގުޅުމެވެ. އާޒިމަށް ހުސްވި އިންތިހާބުގައި ކާމިޔާބު ޮކށްދެއްވުމަށް އެއްބަސްވެވަޑައިގަތުމުގެ ކުރީން ހިޔަލީ އިހްތިޔާރުކުރައްވަން ބޭނުންފުޅުވީ ކަލީމެވެ.

އޭނާ އާޒިމާ ގުޅިވަޑައިގަތީ އެފް.އޭ.އެމަށް ޝައުގުވެރިކަން ނެތް ކަމަށް ކަލީމް ވިދާޅުވުމުންނެވެ. އެކަމަކު ފަހުން ކަލީމް ހިޔަލީގެ އެހީއަށް އެދިވަޑައިގަތްއިރު ވަގުތު

ޮއތީ ފާއިތުވެފައެވެ. ހިޔަލީގެ އެހީއަށް އެދިވަޑައިގަތީ ކަލީމް އެކަންޏެއް ވެސް ނޫނެވެ. މޫސާ މަނިކު )ކުޑަމޫސަ( އާއި އަލީ ސުޒޭން އަދި މަރުޒޫގާއި މައުރޫފް އަހުމަދު

)މާއްޓޭ( ވެސް އޭނާގެ ތާއީދަށް އެދުނެވެ.

އާޒިމަށް ކުރިއަށް ޮއތް އިންތިހާބުގައި ހިޔަލީ ތާއީދު ނުކުރައްވާނެނަމަ އެކަން ވާނީ ސިޔާސީ ސަބަބަކަށެވެ. ކުރިން އެއް ފިކުރެއް ގެންގުޅުއްވި ނަމަވެސް

ހިޔަލީއަކީ ޕީއޭގެ ބޭފުޅެކެވެ. ޔާމީން އަބުދުލްގައްޔޫމް އެންމެ އަރިސް އެއް ބޭފުޅާއެވެ. އާޒިމަކީ ޕީއޭ އެންމެ ހަތުރުވެރި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީލް އަލީގެ އެންމެ ގާތް އަދި އޭނާގެ ވިޔަފާރީގައި ވެސް އެންމެ އިތުބާރު ކުރައްވާ ބޭފުޅާއެވެ. މިހެންވެ ސިޔާސީ ޮގތުން އިންތިހާބުގެ

ވާދަވެރިކަން ނުކުންނަ ވަގުތެއްގައި އަދި އާޒިމަށް

ނާކާމިޔާބުވާނެ ކަން ކަށަވަރުވާ ދަނޑިވަޅެއްގައި ހިޔަލީ އެހެން ބޭފުޅަކަށް މޫނު އަނބުރާލުމަކީ

ވަރަށް ގާތްކަމެކެވެ.

މުހައްމަދު ހާނިމް

ޔޫތު މިނިސްޓްރީގެ އިސް މަގާމެއްގައި ހުންނެވުމަށް ފަހު

ހާނިމް ދާދި ފަހުން އެފް.އޭއެމަށް ބަދަލުވެވަޑައިގަތީ ރެފްރީޒް ޑިޕާޓްމަންޓްގެ

އިސްބޭފުޅަކަށެވެ. ނަމަވެސް ރެފްރީންގެ ތާއީދު އޭނާއަށް

ނެތުމުން އެފް.އޭ.އެމުގައި އޭނާއާ އެންމެ ރައްޓެހި މަގާމަކަށްވާނީ ޖެނެރަލް ސެކްރެޓަރީގެ މަގާމެވެ. އެޑްމިން ބޭފުޅަކަށްވުމުން އޭނާ ވެސް މިހާރު އެފަދަ ޮގތަކަށް ވިސްނަވާނެ ކަމަށް ގަބޫލުކުރެވެއެވެ. އަންނަ އަހަރު ޮއންނަ އިންތިހާބު ޝާހު ކާމިޔާބު ކުރައްވައިފިނަމަ ހާނިމް އަށް ޖެނެރަލް ސެކްރެޓަރީކަން ލިބުމަކީ ވަރަށް ގާތް ކަމެކެވެ.

ޝާހާއި އާޒިމް ކުރިމަތިލައްވައިގެން ޮކންމެ ބޭފުޅަކު ޮހވުނަސް ހާނިމަށް ފުރުސަތު އެބަޮއތެވެ. މިހެންވެ މިހާ ކުރީގައި އެތެރޭގެ ގޭމް ޕްލޭނަށް އަންނަމުންދާ ބަދަލަކީ

ވެސް އިންތިހާބާ ގުޅުން ހުރި ކަންތައްތައް ކަމަށް ގަބޫލު ކުރެވެއެވެ. މިހެންވެ އާޒިމަށް މަގާމު ގެއްލޭނީ އެތެރޭގައި ތިއްބެވި ބޭފުޅުން ފަހު ވަގުތު ކުޅުއްވާ ކުޅުމަކުންކަން

ޔަގީނެވެ.

34

"މަދަރުސާއެއްގެ ޮދރު

ހުޅުވައިދޭ މީހާއީ ޖަލެއްގެ

ޮދރު ބަންދުޮކށްދޭ މީހާ

އެވެ."

ފްރައިޑް ޮޓމާޯޓ ޕާސްޓާ ބޭނުންވާ ތަކެތި

4 ޯޖޑު ފެނުކައްކާފައިހުރި ޕާސްޓާ5 ޮޓމާޯޓ ) ހަނިދިގަށް ޮކށާފައި(

1 ޯޖޑި މިންސްޑް ޗިކަން2 /1 ސައިސަމުސާ އޖިނަޮމޯޓ2 ފިޔާ ) ހިމުންޮކށް ޮކށާފައި(1 ޯރމިރުސް ) ހިމުންޮކށް

ޮކށާފައި(3 ޮލނުމެދު ) ގާނާފައި(

1 ސައިސަމުސާ އިނގުރު ) ގާނާފައިހުރި(

2 /1 ސައިސަމުސާ މުގުރި އަސޭމިރުސް

1 ޯޖޑު ޕީލްޑް ޮޓމާޯޓ5 / 1 ސައިސަމުސާ ބޭސިލް

ޮލނުޮކޅެއްތައްޔާރުކުރާނެ ޮގތް

ތަވާ އުނދުންމައްޗަށް އދާލާފައި ކުޑަ ތެޮޔ ޮފދެއް އަޅާލާފައި ހޫނުވީމާ ފިޔާ، ޮލނުމެދު، އިނގުރު، މިރުސް، އަޅާފައި ފިޔާޮކޅު ޯމޅިވީމާ ޕާސްޓާ ފިޔަވައި ބާކީހުރި ހުރިހާ ބާވަތްތައް އެއްޮކށް އަޅާލާފައި ޯރފިލުމުން ޕާސްޓާޮކޅު އެއްޮކށްލާށެވެ

-- ޖުވޭރިޔާ ވަޖުދީ

ން ވަ ނި ރި މި ވެ ފާ އުއި މާ ދު ޮޔ އެ ގެ ހެ ހު ަ ވ ދު

ތި ވެ ުބ ގެ ޮލ ޖޭ އް ޔާ ރާ ނި ހު ތަސް ރި ށް އަ ނަ ން ތު ޔި އް ރަ

. ވެ މެ ރަ ކު