harish dhivehi

18
ް ނަ ޝޭކުޔިޑެ އީ ރަޑްނަކެރ ސަޔަ ރ ހޮރ ފަޓްނެ ސްޓްކެޖޮރް ޕުތާޔްއިބަދަ އުގި ދަކަހާ ވްށަ އްނުޔިކުޑާ ފްމަޔްރަމަ ވްނާމުޢު ނުތަޔާވި ރް މިހާރް ބި އްސިރާ : ހްނަ ނސްކެޑް ނި އ76941 ްސެ: އްސާލް ކިހެވި ދ8 ްނަޅަހަށު ހޭހެ ޖޚީ ރާ ތ71 ރަބޯޓޮކޮ އ4176 ް މިސާ ގުދަމްއަ ހު: މްނަ ނެގު ސިރްއަދު މ

Upload: mohamednazaal

Post on 01-Feb-2016

173 views

Category:

Documents


3 download

DESCRIPTION

dhivehi project based on harish

TRANSCRIPT

Page 1: Harish Dhivehi

ސެންޓަރ ފޮރ ަހޔަރ ސެކަންޑަީރ އެޑިޔުކޭަޝން

އަދަބިއްޔާތު ޕްރޮޖެކްޓް

ފާޑުކިޔުން އަށްވާހަކަދިގު

ރިވާޔަތު ނުޢުމާން ވަމަރްޔަމް

ނަން: ާހރިސް އިްބރާހިމް

76941އިްނޑެކްސް:

8ދިވެހި ކްލާސް: އެސް

4176އޮކޮޓޯބަރ 71ތާީރޚް: ޖެހޭ ހުށަހަޅަން

މުދައްރިުސގެ ަނން: މުަހއްމަދު ގާސިމް

Page 2: Harish Dhivehi

ޕްރޮޖެކްޓް އަދަބިއްޔާތު

1

e

ފެށުން

އަށެވެ. އަދި އާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި هللا ހަމްދާއި ޝުކުރު ހުރީ، ގަދަ ކީރިތިވަންތަ މާތް މިޞަލަވާތާއި ސަލާމުގައި، އެކަލޭގެފާނުގެ އިތުރު މުޙައްމަދުގެފާނަށް ސަލަވާތާއި ސަލާމް ހުށްޓެވެ.

އާލުންނާއި، ވަފާތެރި އަޞްޙާބުން ޝާމިލުކުރަމެވެ.

މިލުއިފޮތަކީ، ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަންގެ ދިވެހި ޑިޕާރޓްމެންޓަށް ދަރިވަރުން ނޑު ހާރިސް 8ސުވާލުތަކުގެ ޖަވާބެވެ. މިފޮތް ލިޔުއްވީ ދިވެހި އެސް ވާހަކައިންދިގު ގެ ދަރިވަރު، އަޅުގަ

އިބްރާހިމެވެ.

ކޮޅެއް ކަމުގައިވުމުން މަސައްކަތަކަށް މިމަސައްކަތް ހަވާލުކުރެވުނީ ސްކޫލުގެ ޔުނިޓް ޓެސްޓުތަކާ ގާތް ދުވަސް މާބޮޑު އަހައްމިއްޔަތު ކަމެއް ނުދެވުނެވެ. އެހެންނަމަވެސް ޓެސްޓުތައް ނިމުމުން މިޕްރޮޖެކްޓު ހެދުމައިގެން ނޑު އުޅުނީމެވެ. އަދި މިމަސައްކަތަށް އެކަށީގެންވާ ވަގުތު ލިބުން ކަންވެސް މި ނުކުތާގައި ފާހަގަ އަޅުގަ

ރޮޖެކްޓު ހެދުމުގައި ކުރިމަތިވި ހަމައެކަނި ދައްޗަކީ ޓައިޕް ކުރުމަށް ގިނަ ވަގުތު ކޮއްލަމެވެ. އަދި ޕްނޑަކީ އާންމު ގޮތެއްގައި ދިވެހި ޓައިޕް ކޮށްއުޅޭ މީހަކަށް ނުވާތީ އެކަމަށް ހޭދަވުމެވެ. އެއީ އަޅުގަ

ފަރިތަނޫނީއެވެ.

Page 3: Harish Dhivehi

ޕްރޮޖެކްޓް އަދަބިއްޔާތު

2

ރުހީގެ ދަށުން ގުޅެއެވެ. އެގޮތުން މިސުމިވާހަކައިގެ ސުރުހީ ދަށުން ލިޔުންތެރިޔާ ދައްކާފައިވާ ވާހަކަތައް

ރެގްރާފްގައިވެސް ވަނީ ފިރިހެނުންގެ އެއްމަސައްކަތަކީ އަންހެނުންގެ ނުބައި ވާހަކަޔާއި ޕެއެންމެ ފުރަތަމަ

އަންހެނުންގެ ޅަފުރާ ދުވަސްކޮޅު ސް މިވާހަކަ ލިޔުއްވާފައިވެއެވެ. ކުގައިވެމަޒުމޫނުތަ މަރިޔަމް މަނިކެގެ ތަފާތު

މިރާއްޖޭގައި އެކަންތަކުގެ އިންސާނިއްޔަގޮތް މާކުޑަކަން ފާހަގަކޮށްފަވެއެވެ. އެކިއެކި އަންހެނުން ތިރީސް

ސާޅީސް ކާވެނިވެފައިވެސް އެބަހުއްޓެވެ. ސުރުހީގެ ދަށުން މިބަޔާން ކުރެވުނު ކަންކަމުން ދޭހަވަނީ

ބޭ އަނިޔާއެވެ.އަންހެނުންނަށް ލި

Page 4: Harish Dhivehi

ޕްރޮޖެކްޓް އަދަބިއްޔާތު

3

ވާހަކައިގައި ބަޔާންކުރި ޒަމާނުގައި ހުރި އެންމެ މަޤުބޫލު އަންހެން ޝަޚުސިއްޔަތުކަން އަންގައިދޭ މި

ހެކިތައް ބަޔާންކުރާށެވެ.

ލްމު ހާސިލް ކުރައްވަން އިންޑިޔާގައި އުޅުއްވިކަން އިލްމީ ރޮގުން ބަލާއިރު މަރިޔަމް މަނިކެ އި

. ކިޔަވާ ފާސްވެގެން މާލެއަށް ދުރުވުމުން މާލެއިން ކިޔެވި މަދަރްސާގައި މަރިޔަމް މަނިކެ ކައިގަވެއެވެމިވާހަ

މައެހެންމެ ހައެތަކެއް ކުދިންނަށް ޕްރައިވެޓް ޓިއުޝަންދީ ހެދިއެވެ. ޝަރުފުގައި ޖަލްސާވެސް ކުރިއެވެ.

ތާރީފުކުރެވި މީހުން މާލެއާއި ރާއްޖޭން ބޭރުގެ އެކި ނޫސްތަކަށް މަޒްމޫންތައް ލިޔެ އެމަޒުމޫންތަކަށް ވަރަށް

ހިންގުމާ ހަވާލުވުމަށްފަހު ކުރިއަށްވުރެ ފީރޯޒުގޭ ގެވެހިކަން އެގެނީ ކެމް މަނިމަރިޔަ ސާބަސްދެވެއެވެ.

އޭރު ބޮޑުކަމުގައިގޭތެރޭގައި ހިނގާ ހަރަދު ބަރަދު ކުޑަ ކަމާއިއެކު، ގޭތެރޭގެ އުޖާލާކަމާއި، ހަރްސާނާކަން މާ

ވެސް މަރިޔަމް ންފީރޯޒުގޭ ކައިވެނި މަޖިލީހަށް ހާޒިރުވި ގިނަ މީހުނެވެ. މުން ހުން ވާހަކަ ދައްކައި އުޅު މީ

މާލެއަށް ދުރުވުމުން އެތައް ފިރިހެނުން އެކަމަނާއި ކައިވެނި ބައްލަވައިގަތުމަށް ޝައުގުވެރިކަން ފާޅުކުރިއެވެ.

މީހުންގެ ފަރާތުން ލިބުނު ޓީތަކުގެ މައްޗަށް ލިޔުނު ފޮތަށްނު ސިޔެވުހަމައެހެންމެ ނުއުމާން ދީދީއާއި ދެމެދު ލި

ތަރުހީބުގެ ސަބަބުން ދޭހަވަނީ މަރިޔަމް މަނިކެއަކީ ލޯބިގެ މައިދާނުގައި މަޤްބޫލު އަންހެން

ޝަހްސިއްޔަތެއްކަމެވެ.

Page 5: Harish Dhivehi

ޕްރޮޖެކްޓް އަދަބިއްޔާތު

4

ިިވާހަކައިގައި ބަޔާންކޮށްފައިވާ ޒަމާނުގައި އިނދެވަރިކުރުމުގެ ކަންތައް އޮތްގޮތް ވާހަކައިން ހެކިދައްކައިގެން

ބަޔާންކުރާށެވެ.

ގެ ހެއްކަކީ އަންހެނުންނަށް އެމީހަކު ބޭނުން ފިރިހެނަކާ ކައިވެނި ކުރުމުގެ އިހްތިޔާރު ދީފައިވެއެވެ. މިކަމު

މަރިޔަމް މަނިކެއަށް އިބްރާހިމް މަނިކެ ކުރުމަށް އިހްތިޔާރުހެއް ކައިވެނި ކުރާނެ މީ މަރިޔަމް މަނިކެ

ވަތު އަރުވާ ސިޓީ އުއިއުލާން ކުރެ ރައްޓެހިންނަށް ދަ ނޫހުގައި ޖަހާ ހަވާލުކުރުމެވެ. ކައިވެނީގެ ވާހަކަ

އި މަރިޔަމް މަނިކެއާއި ނުއުމާން ދީދީއާ ހަމައެހެންމެ ކައިވެނި މަޖިލީހަށް ހާޒިރުވާ މީހުންނަށް ހަދިޔާދީ ހަދައެވެ.

ރި ފޮތްވަނީ ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ބަހާފައެވެ.ދެމެދު ލިޔުއްވި ސިޓީތަކުގެ މައްޗަށް ތައްޔާރު ކު

ކައިވެނީގެ ލިޔެ ކިޔުމާއި ރަސީދު ދިނުން އަދި ދަފްތަރުގައި ލުޔުން ފަދަ އެތައް ކަމެއް ކުރެއެވެ.

Page 6: Harish Dhivehi

ޕްރޮޖެކްޓް އަދަބިއްޔާތު

5

އަހަރު ކުރިން ފަޟީލަތުއްޝެއިޚް ޙުސައިން ސަލާޙުއްދީން ދިވެހިރާއްޖެ މިހާރު 84ިި ވާހަކައަކި މީގެ

މިފޮތުގައި ރާއްޖޭގެ އަމިއްލަ މީހުންގެ ވިޔަފާރި އޮންނާނެކަމަށް އޭރު ކުރައްވާފައިވާ ތަޞައްވުރެކެވެ.

ށް މިހާރު ކުރިއަރައިގެން ގޮސްފައިވޭހެއްޔެވެ؟ ވާހަކައިގައި އޭރު ތަޞައްވުރު ކޮށްފައިވާ ވަރަ ނެކަމަށް ކުރިއަރާ

ފަހު ހެއްކާއެކު ބަޔާންކުރާށެވެ.ކަންހިނގާފައިވާ ގޮތަށާއި މުޖުތަމަޢުގެ މިހާރުގެ ޙާލަތަށް ބެލުމަށް

މިހާރު ކޮށްފައިވާ ވަރަށް ކުރިއަރާނެކަމަށް އޭރު ތަޞައްވަރުމިފޮތުގައި ރާއްޖޭގެ އަމިއްލަ މީހުންގެ ވިޔަފާރި

ވެއެވެ. މަރިޔަމް މަނިކެގެ ބައްޕަ ދޮންމަނިކުގެ ވިޔަފާރިތައް ސިންގަޕޫރުގައާއި ކުރިއަރައިގެން ގޮސްފައެއްނު

ކޮއްޗޭގައާއި ކޮޅުބުގައި ހުންނަކަން ވާހަކައިން އެގެއެވެ. ނިޒާރު މަނިކެ ހަތަރު ހާސްޓަނުގެ އާގު ބޯޓެއް

އައިސްފައިވެއެވެ. ހަދީޖާ މަނިކެއާއި މުސާކަލޭގެފާނު ދެމެދު ދެއްކި ވާހަކައިގައި ބައްލަވައިގެންކަންވެސް

ނުއުމާން ދީދީވެސް އޭނާގެ ބައްޕައާއި އެކު ވިޔަފާރި ކުރުމަށް ޖަޕާންފަދަ ގައުމުތަކަށް ދަތުރުކުރާކަމުން

ދޭހަވަނީ ރާއްޖެގެ ވިޔަފާރި ވާހަކައިގައި ކުރިއަރާފައިވާ މިންވަރެވެ. އެހެންނަމަވެސް މިހާރުގެ މުޖުތަމައުގެ

ހިންގާ ވިޔަފާރި ހާލަތަށް ބަލާއިރު ރާއްޖޭގެ ވިޔަފާރިވެރިން މިހާ ކުރިއަރާފައެއްނުވެއެވެ. ރާއްޖޭގައި ރިސޯޓުތައް

ޕާން ފަދަ ގައިމުތަކުން ޖަ ،ކުރަނީ ބޭރުމީހުންނެވެ. ރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިއެއްގެ ވިޔަފާރި ސިންގަޕޯރ

ނުފެނެއެވެ. ރާއްޖޭގެ ޝިޕިން ކޮންޓެއިނަރ ތަކާއި ތެލުގެ ވިޔަފާރި ފަދަ އެތައް ވިޔަފާރިއެއް ހިންގަނީ

ކުންފުނިތަކުންނެވެ. އޮންނަ ހިއްސާ ގެއެސްޓީއޯ ފަދަ ސަރުކާރު

Page 7: Harish Dhivehi

ޕްރޮޖެކްޓް އަދަބިއްޔާތު

6

ސަލަ ހައްލުކުރުމަށް ދައުލަތުގެ ފަރާތުން މަސައްކަތް ކޮށްފައި ވޭހެއްޔެވެ؟ ވާހަކައިގައި ކަންހިނގާފައިވާ މައް

ގޮތަށާއި އަދި މިހާރުގެ ޙާލަތަށް ރިޢާޔަތްކުރުމަށްފަހު ހެއްކާއެކު ބަޔާންކުރާށެވެ.

އް ކޮށްފައިވެއެވެ. އެގޮތުން މިމައްސަލަ ހައްލު ކުރުމަށް ދައުލަތުގެ ފަރާތުން އެކަށީގެންވާ މަސައްކަތްތަކެ

ދައުލަތުގައި ކައިވެނި ރަޖިސްޓްރީވެސް ކުރެވެއެވެ. ކައިވެނީގެ ކަންތަކާމެދު ގާނޫނެއް ހަދާފައިވެއެވެ.

އަންހެންމީހާގެ ކުށަކާނުލައި މިހާރުވެސް ގަވައިދުތަކުގެ ދަށުން އަންހެނުންގެ ހައްގުތައް ރައްކާ ކުރެވެއެވެ.

ހިފި، އެކަން މައްޗަށް މުގައި ކުށްވެރިވެ އެއިގެ ބަދަލުވަރިކޮށްފިނަމަ އަންހެނާގެ އަބުރު ނަގައިލައިފި ކަ

ނޑައަޅާ ގާޒީއެއްގެ ކައިވެނި މިހާރުގަ ޝަރީއަތްވެސް ހިންގެއެވެ. ކުރިމަތީގައެވެ. ކުރެވެނީ ކޯޓުތަކުން ކަ

ނި ކޮށްފައި ރަސީދު ދިނުމާއި، ވަރިކޮށްފިއްޔާ އެންގުން ފަދަ އެތައް ކަމެއް ކުރެއެވެ. ލިޔުމާއި، ކިޔުމާއި ކައިވެ

މިކަންކަމުންވެސް ދޭހަވަނީ ދައުލަތުން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކޮށްފައިވާކަމެވެ.

Page 8: Harish Dhivehi

ޕްރޮޖެކްޓް އަދަބިއްޔާތު

7

މާލެ ދިޔަ ދަތުރުމަތީގައި، ިަތުމަސައްކަތާއި އަތްތެރި މަސައްކަތުގެ މައުރަޒަށްފަހު މަރިޔަމްމަނިކެއާއި ރަޒީނާ

ހެޔޮވާވަރުގެ ނުބައި ބައެއްކަމަށް ބުނެ ރަޒީނާ މިރާއްޖޭގެ އަންހެނުންނަކީ އެމީހުންގެ ވާހަކަ ދައްކަންވެސް

ދެއްކި ވާހަކަތަކަށް މަރިޔަމްމަނިކެ އިންކާރުކުރި މައިގަނޑު ސަބަބު ވާހަކައިން ހެކިދައްކައިގެން

ބަޔާންކުރާށެވެ.

އަންހެނުން ސީދާ ކުރާނެ އި ލަދުނުގަންނަ ކަމުގެ ސަބަބުންވާ ކަމަކަށް ނުވާތީއެވެ.އަންހެނުންގެ ނުބައިކަމާ

އްޗެއް ހޯދައިދޭނެއެވެ. މިހެންގޮސް އަންހެން ކުއްޖާ އެއްފަހަރު ދެފަހަރު ވިހައި، ކުއްޖާގެ އެދޭހާ އެ

ރީތިކަމުގެ ހަނދު އޮއްސޭން ފެށުމުން އެކުއްޖާ ހިތުގައި ޖައްސާ، ރުޅިއަރުވައި، ކުށްތައް ހޯދާ

އެއް އޮއްސައި ވަރިކޮށްލައެވެ. އެކުއްޖާގެ ގެއްލިދިޔަ އަބުރާއި އިއްަޒތުގެ މައްޗަށް އެތައް ކަރުނަ

ހަމަޖެހޭއިރު މިދެރަ ދިންމީހާގެ މައްޗަށް ރުޅީގެ އަލިފާން ރޯވެ އަދައިގެންދެއެވެ. ދެންހަމަ ދުރުތިބީންގެ

ކިބައިންވެސް އިވޭނީ އަންހެން ކުއްޖާގެ ގޯސްކަމާއި ނުބައިކަމުގެ އަޑެވެ. މިހެންވީމާ އެކުއްޖާއަށްވެސް

ށެވެ.ތްކަމަށް ކަށަވަރުކޮށް ގެއްލިގަންނާ ޖެހޭނީ އެއީ ހަމަ ތެދޭ ހީކޮށްގެން ސަލާމަތް ނެ

Page 9: Harish Dhivehi

ޕްރޮޖެކްޓް އަދަބިއްޔާތު

8

ރަށް ކުރެއްވި ދަތުރުފުޅުގައި، ވަޑައިގެންނެވި ޤައުމުތަކުގެ މީހުން، ކަންކަމަށް ރާއްޖޭން ބޭ ިުޢުމާން ދީދީ

ފާގަތިވެ ކުޅަދާނަވާކަމަށް އެވިދާޅުވާ މައިގަނޑު ސަބަބު، ނުޢުމާންދީދީއާއި ޖަޔަސިންހާއާ ދެމެދު ދެކެވުނު

ވާހަކަތަކުން ހެކިދައްކައިގެން ބަޔާންކުރާށެވެ.

ގައުމުތަކުގެ މީހުން ކަންކަމަށް ފާގަތިވެ ކުޅަދާނަވާ ސަބަބަކީ އެތަނެއްގައި އަދުލުވެރިކަން ގާއިމްވެފައި

ހުރުމުގެ ސަބަބުންނެވެ. އަދުލުވެރިކަން ގާއިމް ކުރަނީ އެތަނެއްގައި ހުންނަ ވެރިކަމާއި ސަރުކާރުންނެވެ.

އުންމަތްތަކުގެ މައްޗަށް އެމީހުންގެ ކަރުގައި އެޅިފައިވާ މަސްއޫލިއްޔަތުގެ ހައްގުތައް ވަރަށް އެމީހުންގެ

ރަނގަޅަށް ދަނެއެވެ. އެހެންކަމުން އެމީހުންގެ އުއްމަތްތަކުގެ ހައްގުތަކަށް ވަރަށް ރައްކާތެރިވެއެވެ. ކުށަކީ

ވެނި މީހަކަށް ބަލައި ހުކުމް ހުކުމް ކުރުމުގައި ވަކި މިހަމަ ކިތަންމެ މޮޅު މީހަކު ކުރިޔަސް ކުށެކެވެ.

މިކަންކަމުގެ ސަބަބުން އެގައުމުތައް ފާގަތިވެ ލުއި ކޮށްދިނުން ފަދަ ކަންކަމެއް ނުކުރެއެވެ.

ކުރިއަރައިދެއެވެ.

Page 10: Harish Dhivehi

ޕްރޮޖެކްޓް އަދަބިއްޔާތު

9

ިޮޅުނބުގައި ބޭއްވުނު މުސްލިމުންގެ ޖަލްސާއަށްފަހު ނުޢުމާންދީދީއާއި ޖަޔަސިންހާ ދެއްކި ވާހަކައިގައި

ނުޢުމާންދީދީ ދުނިޔޭގެ އެކި ޤައުމުތަކަށް ކުރެއްވި ދަތުރުތަކުގެ ތަޖުރިބާތަށް ހިއްސާކޮށްފައިވެއެވެ. އެ

ކޮބައިކަން ވާހަކައިގެ އަލީގައި ބަޔާންކުރާށެވެ.ތަޖުރިބާތަކަކީ

ނުއުމާން ދީދީއަށް ކުރެވުނު ތަޖުރިބާގައި އެތަންތަނުގެ އުޑާއި ބިންގަނޑު ވަކި ތަފާތެއް ނޫނެވެ.

އެހެންނަމަވެސް އެތަންތާގައި އެންމެންކުރާ ކޮންމެ ކަމެއް ކުރަނީ އެތަނަކަށާއި އެއުންމަތެއްގެ އާންމު

ދެރަމީހަކު މިހެންވީމާ މާއި އެކުގައި ތިމާގެ މަސްލަހަތުވެސް ކުރިއެރުވަމެށެވެ.މަސްލަހަތު ކުރިއެވު

ސް އެމީހަކު އެދަންނަ ކަމެއް ކުރިއެރުވުމަށް ހިއްވަރު ލިބެއެވެ. އުންމަތަށް ބޭނުންވާ އެންމެހައި ވިޔަކަމުގައި

އް ހުރި ަރނގަޅުކަމެއް މީހަކު ހުންނަނީ ކުރިއަރައެވެ. މަންފައެ މަސައްކަތްތަކާއި އިލްމުތަކާއި، ހުނަރުތައް

ދަތުރުތަކުން ގެ ވެ. މިއީ ނުއުމާން ދީދީކެހުރި މީހެ ލިބިއެމީހަކީ، އިއްޒަތާއި ޝަރަފުލިބި މަކޮށްފިނަ

ވެ.ތަކެ ކުރެވުނު ތަޖުރިބާ

Page 11: Harish Dhivehi

ޕްރޮޖެކްޓް އަދަބިއްޔާތު

10

ިުޢުމާންދީދީގެ ޝަޚުޞިއްޔަތު ވާހަކައިން ހެކި ދައްކައިގެން ބަޔާންކުރާށެވެ.

ނުއުމާން ދީދީއަކީ ތައުލީމީ ބޭފުޅެކެވެ. މިކަމުގެ ހެއްކަކީ، ތަފާތު ނޫސްތަކަށް މަޒުމޫނު ލިޔުއްވާ ވާހަކަ

މަރިޔަމް މަނިކެ އާއި އައިސާފުޅާ ދެމެދު ދެއްކި ވާހަކައިގައި ބުނުމެވެ. އަދި ދިޔޯގެ ރައިވަރަށް

ނޑުކިޔުއްވުމުގައި ދިވެހި ތާރީހުގެ އިލްމު މުއްސަދި ބޭފުޅެއްކަން ވެ. ވަންދޫގައި ދިވެހި އަތު އެ ދޭހަވި ފާ

މަސައްކަތުގެ ތާރީހުގެ މައްޗަށް ދެއްވި ލެކްޗަރުންވެސް ނުއުމާން ދީދީއަކީ އިލްމީ ތާރީހް ދަންނަ

ބޭރު ދުނިޔެއަށް ލޯހުޅުވިފައިވާ މީހެކެވެ. މިކަން އިގެނީ ނުއުމާން ދީދީއާއި ބޭކަލެއްކަން ހާމަވެއެވެ.

ޖަޔަސިންއާ ދެމެދު ދެކެވުނު ވާހަކަތަކުގައި އެހެން ގައުމުތަކުގެ ތަޖްރިބާތައް ހާމަ ކުރެއްވުމުންނެވެ.

ނޑުދަށުގައި ހާލުގައި ޖެހި ލައްގާފައި ބޭސްވެރިކަމުގައި ފުންނާބު އުސްބޭފުޅެއްކަން އެގެނީ ހިންމަފުށީ ގޮ

ނުމުގައި ދިނީ މަރިޔަމް މަނިކެއަށް ފަރުވާ އެގެ އޯގާތެރި ބޭފުޅެއްކަން ބި މީހުންނަށް އެހީވެދިނުމުންނެވެ. ތި

ގެންގުޅުއްވި ގޮތްތަކުގެ ސަބަބުންނެވެ.

Page 12: Harish Dhivehi

ޕްރޮޖެކްޓް އަދަބިއްޔާތު

11

ިީރޯޒުގޭ ކައިވެނި މަޖިލީހުގައި ހިނގައިދިޔަ ކަންކަމުގެ ތެރޭގައި ހިމެނޭ މިޒަމާނުގެ ކައިވެނީގެ

ރަސްމިއްޔާތެއްގައި ހިނގާ ކަންކަމާއި އެއްގޮތް އަދި ތަފާތު ކަންކަން ވާހަކައިގެ އަލީގައި ބަޔާންކުރާށެވެ.

މަޖިލީހުގައި ހިނގައިދިޔަ ކަންކަމުގެ ތެރޭގައި ހިމެނޭ މިޒަމާނުގެ ކައިވެނީގެ ފީރޯޒުގޭ ކައިވެނި

ގެ ތެރޭގައި ބޮކިތަކާއި ކުރެހުންތަކުން ކައިވެނި މައިޒާން ޖަރީކުރުން ކަމު ރަސްމިއްޔާތެއްގައި ހިނގާ ކަން

ރުދާހުން މާމެލާމެލި ހިމެނެއެވެ. ހަމައެހެންމެ ފޮތި ދެމުމާއި، ކާޕެޓު އެޅުމާއި، މޭޒުތައް އެތުރުން އަދި ކަ

ހެދުމަކީވެސް ޒީނަތްތެރި ކުރުމަށް މިހާރުވެސް ކުރަމުން އަންނަ ކަންކަމެވެ. ކައިވެނި ހަފްލާގައި މިއުސިކް

ނޑިޔާރު ހުތުބާ ވިދާޅުވުމުގެ އިތުރުން ދެފަރާތުން ލިޔާތަކެތި ލިޔުމާއި ކައިވެނި އަގުދުކުރުމާއި ކުޅުމާއި، ފަ

ސް ކަންކަން ހިނގާ ގޮތެވެ. އެހެންނަމަވެސް ކާވެނީގެ މައްޗަށް އެކިއެކި ރަސީދު ލިއުއްވުމަކީވެސް މިހާރުވެ

އާލިމުން ހުތުބާ ކިއުއްވާ އުފާވެރިކަމުގެ ޅެންތައް ކިޔައި ނޫޅެއެވެ. ދުން މުޖުމަރާގެނެސް ފާތިހާ ސަލަވާތް

ކިޔައި ނޫޅެއެވެ.

Page 13: Harish Dhivehi

ޕްރޮޖެކްޓް އަދަބިއްޔާތު

12

މަރިޔަމް މަނިކެ ބުނެފައި ވެއެވެ. ފީރޯޒުގޭ ނިޒާރުމަނިކު" މި ސުރުޚީގެ ދަށުން ގެނެސްފައިވާ ބައިގައި

ނަމަވެސް މަރިޔަމްމަނިކެގެ މި ޢަޒުމަށް "އަޅުގަނޑު ދުވަހަކުވެސް މީހަކާ އިންނަހިތަކުނެތޭ......"

ބަދަލުއައިސްފައިވާކަން ވާހަކައިން އެނގެއެވެ. މިގޮތުން މަރިޔަމް މަނިކެއަށް އައި ބަދަލުތަކަކީ ކޮބައިކަން

ވާހަކައިން ހެކި ދައްކައިގެން ބަޔާންކުރާށެވެ.

މަރިޔަމް މަނިކެގެ އިލްމާއި މުދާވެރިކަމާއި، ހިތްވަރާއި މޮޅުކަން ހުރިހައި ފިރިހެނުންނަށް

ހިތްނުބައިކޮށްގެން އުޅުނު އުޅުން ބަދަލް ކުރަންޖެހުނީ މަރިޔަމް މަނިކެ ހާލުގައި ޖެހުނު ވަގުތު ނުއުމާން

ސަބަބުންނެވެ. ހުރުހާ ފިރިހެނުންނަކީ އެއްގޮތް ބައެއް ނޫންކަން ވިސްނުނެވެ. ދީދީ ވެދެއްވި އެހީގެ

މަރިޔަމް މަނިކެގެ ހިތުން ނުއުމާން ދީދީއަށް ޝުކުރު ކުރުމީ ވާޖިބު ކަމެއް ކަމުގައި ދެކުނެވެ. ކުރިންނުވާ

ކަކީ މަރިޔަމް މަނިކެގެ އަޖައިބު ގޮތްތަށް ވާންފެށިއެވެ. އެކަމާ ބެހޭގޮތުން ޒުބައިދާ ބުނެފައިވަނީ އެބަދަލް ތަ

ޒުބައިދާ ފަދަ އާދައިގެ އަންހެނެކަށް ވާން އުޅޭކަމުގެ ނިޝާންތަކެވެ.

Page 14: Harish Dhivehi

ޕްރޮޖެކްޓް އަދަބިއްޔާތު

13

ޝަޚްޞިއްޔަތު ގެނެސްދީފައިވާގޮތް ވާހަކައިން ހެކި މަރިޔަމްމަނިކެގެ ިުޢުމާން ވަމަރިޔަމް ވާހަކައިގައި

ދައްކައިގެން ބަޔާންކުރާށެވެ.

ތައުލީމް ހާސިލް ކުރެއްވި ކަމުންނެވެ. ގައިކެވެ. މިކަން އިގެނީ އިންޑިޔާބޭކަބުލެއަކީ އިލްމީ މަރިޔަމްމަނިކެ

ލެކްޗަރުތައް ދެއްވައި ކުދިންނަށް ޕްރައިވޭޓް ކްލާސްތައް އަދި އެކި ނޫސްތަކަށް މަޒުމޫނުތައް ލިޔުއްވައި،

Page 15: Harish Dhivehi

ޕްރޮޖެކްޓް އަދަބިއްޔާތު

14

ިިވާހަކައިގައި މަރިޔަމް މަނިކެ އައިސާފުޅު ގާތު ދެއްކި ވާހަކައެއްގައި ދިޔޯގެ ރައިވަރާ ބެހޭގޮތުން ވަރަށް

ނޑު ބޭނުމަކީ ތަފުޞީލުކޮށް އޮޅުންފިލުވައިދީފައިވެއެވެ. މި ބައި މި ވާހަކައިގައި ގެނައުމުގެ މައިގަ

ކުރިއެރުމެއް ލިބުނު ހެއްޔެވެ؟ ވާހަކައިން ހެކި ދައްކައިގެން ކޮބައިހެއްޔެވެ؟ އަދި މީގެ ސަބަބުން ވާހަކައަށް

ބަޔާންކުރާށެވެ!

ދިޔޯގެ ރައިވަރު ތަފްސީލްކޮށް ގެނެސްދިނުމުގެ މައިގަނޑު ބޭނުމަކީ ނުއުމާންދީދީގެ އިލްމުގެ ތަނަވަސްކަން

ކަން ދެއްކުމަށެވެ. އަދި ދެއްކުމަށެވެ. ދިވެހި ބަހުގެ ތާރީހީ ގޮތްތައް ވަރަށް ރަނގަޅަށް އެގިލައްވާ ބޭފުޅެއް

ކިތަކުގެ ސަބަބުން އެ މިހެއޭނާ ދިވެހި ރާއްޖޭގެ އަދަބިއްޔާތު ކުރިއަރުވަން މަސައްކަތް ކުރާކަން ދެއްކުމެވެ.

ފުރިހަމަ ކަމުން ނޫމާން ދީދީގެ ގާބިލިއްޔަތުކަން ހާލަތު އޮންނާނެ ގޮތް ބަޔާން ކޮއްދެއްވާފައި ރައިވަރުގެ

ވާހަކައިގައަ ގެނުމުގެ ސަބަބުން ވާހަކައަށް ކުރިއެރުމެއް ލިބުނެވެ.ހާމަވެގެން ދެއެވެ. މިބައި މި

Page 16: Harish Dhivehi

ޕްރޮޖެކްޓް އަދަބިއްޔާތު

15

ިިހުގައި މެހެނާނުން އެއްވެ އުޅޭ މަހެފިލްތަކުގައި މުނިފޫހިފިލުވުމަށް ކޮށްއުޅުނު މައިގަނޑު ކަމަކީ ކޮބައިކަން

ހެކިދައްކައިގެން ބަޔާންކުރާށެވެ!ވާހަކައިން

ނޑު ކަމަކީ އިހުގައި މެހެނާނުން އެއްވެ އުޅޭ މަހެފިލްތަކުގައި މުނިފޫހިފިލުވުމަށް ކޮށްއުޅުނު މައިގަ

މިއުސިކް ކުޅުމެވެ. އެގޮތުން މުނިފޫހު ފިލުވުމަށް އެންމެން ޕިޔާނާ ޖައްސަވައެވެ. މިކަން އިގެނީ އައިސާ

އަބްދުލް ކަރީމް ދީދީއާއި ބައްދަލަ ކުރެއްވި ދުވަހު އެގެއިން މެހުމާނުންނަށް ދީދީމެން ބޮޑުބޭބެ

ވުމަށް ކޮންމެ ބޭފުޅެއް ލަވައެއް ޖެއްސެވިއެވެ. ހަމައެހެންމެ ރަދުން ވަންދޫއަށް ރީކުޅައްވައި މުނިފޫހި ފިލު ފަ

ކުރެއްވި ޒިޔާރަތުގައި އެކިއެކި ގޭގޭގައި ޕިޔާނާ ޖެހުމާއި، ހަރުމަނިޔާ ޖެހުމާއި މާލެއިން އައި

ވާހަކައިގައި ލިޔެފައިވެއެވެ. ބެރުދުންމާރިވެރީންގެ އަޑުފަށެއް ނުއިއްވާ ވަގުތެއް ނުދާކަމަށް

Page 17: Harish Dhivehi

ޕްރޮޖެކްޓް އަދަބިއްޔާތު

16

އަށް ކުރިމަތިވި ޢަޞަބިއްޔަ ހުންގަނޑުގެ އަސްލަކީ ކޮބައިހެއްޔެވެ؟ ވާހަކައިން ހެކި ޔަމް މަނިކެ ިަރި

ދައްކައިގެން ބަޔާންކުރާށެވެ!

ނޑުގެ މިޒާޖަށާއި ތަބީއަތަށް އައި ބަދަލްތަކެއްގެ އަސަބިއްޔަ ހުންގަނޑުގެ އަސްލަކީ ކުއްލިއަކަށް ނާޒުކް ހަށިގަ

ހިތުގެ ހަރަކާތްތައް ގިނަވެ ލޭ މައްޗަށް ދިއުމުގެ ސަބަބުންނެވެ. ސަބަބުންނެވެ. ލިބުނު ކެކުޅުމެއްގެ ސަބަބުން

ނޑު ސަބަބަކީ ޑަކްޓަރު ދެއްވި ފަރުވާގެ ސަބަބުންނެވެ. އެގޮތުން ބަލިން ރަނގަޅުވުމަށް މެދުވެރިވި މައިގަ

Page 18: Harish Dhivehi

ޕްރޮޖެކްޓް އަދަބިއްޔާތު

17

ނިންމުން

ވަމަރިޔަމް މިވާހަކައަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ފުރިހަމަ ރިވާޔަތުއް ނުއުމާންއެކި ވައްތަރު ދީފައިވަނީ ވަރަށް ތަނަވަސް ހިޔާލުތަކެކެވެ. ވާހަކައެކެވެ. ވާހަކައިގައި ގެނެސް

ނޑު ވައްތަރުގެ ތަފާތު މައުލޫމާތުތައް އައިސްފައިވެއެވެ. މިމަސައްކަތް ކުރެވުނު ގޮތާމެދު އަޅުގަ

ވަރަށް ގިނަ ކަންތައްތައް ހާސިލްވިއެވެ. މިމަސައްކަތުގެ ނިމުމާ ހަމައަށް އައިރު، މިމަސައްކަތުން އެގޮތުން ވާހަކައަށް ފާޑު ކިޔުމުގެ ހުނަރު އިތުރަށް ކުރިއެރުމާއި ސުވާލުތަކަށް ޖަވާބުދިނުމުގައި ފަރިތަވިއެވެ. ސުވާލުތަކަށް ޖަވާބު ދިނުމުގައި ގާތް އެކުވެރިންގެ އެހީތެރިކަން ލިބުނެވެ. އެގޮތުން

ކެ ދަރިވަރުންގެ ނަޒަރުގައި ފާޅުކޮށް އެއަށް ފާޑު ކިޔުނެވެ. އެކިސުވާލުތަކުގެ ޖާވާބުތައް އެއެހެންކަމުން އަޅުގަނޑު އެފަރާތްތަކަށް ޝުކުރު ދަންނަވަން ބޭނުންވެއެވެ. އަދި ޕްރޮޖެކްޓު

ހެދުމުގައި ދިވެހި މުދައްރިސް ވެދެއްވި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރަމެވެ. ވައްސަލާމް